ހާރިޖީ ހިދުމަތުގެ އެންމެ މަތީ ދަރަޖަ އެރުވި ފޮރިން ސެކްޓަރީ އަހުމަދު ލަތީފް --
13 ނޮވެމްބަރ 2023 - 14:16
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފަށް މިއަދު އަރުވައިފި އެވެ.
ހާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށް ފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް މި ޝަރަފު ދެއްވާ މިއީ ފުރަތަމަ ފަހަރެވެ.
މިއަދު މި ޝަރަފު އެރުވި ބޭފުޅުންގެ ތެރެއިން ހަލީލަކީ ފޮރިން ސާވިސް ދާއިރާގައި 41 އަހަރު ހިދުމަތް ކުރެއްވުމަށް މަގާމުން ވަކިވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ހާރިޖީ ހިދުމަތާ ގުޅިވަޑައިގަތީ 22 ޑިސެންބަރު 1981 ގަ އެވެ.
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ މަގާމުން ފެއްޓެވި ހިދުމަތް، އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވަނީ އދ.ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގަ އެވެ. އޭނާ ވަނީ ނިއު ޔޯކުގައި 17 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށް ފަހު، ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު ހަތް އަހަރު ދުވަހު ފުރުއްވި އެވެ. އަދި އޭގެ ފަހުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ، ބައިލެޓްރަލްގެ މަގާމު ވަނީ ފުރުއްވައިފަ އެވެ.
އޭގެ ފަހުން 2018 ގައި މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު، ހަލީލް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓުގެ މަގާމުގަ އެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވުމާއި، ދިވެހިރާއްޖޭގެ ހައްގުގައި ވަކާލާތު ކުރެއްވުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް، ވަކިން ހާއްސަކޮށް، އެކި ކަންކަމާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ރާއްޖެއަށް ހޯދުމުގައި، އަހްމަދު ހަލީލް ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައި،" ހަލީލްގެ ހިދުމަތް ފާހަގަކުރައްވައި ރައީސް މިއަދު ވިދާޅުވި އެވެ.
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާ ހަވާލުކުރައްވަނީ -
ޝަރަފު ހާސިލް ކުރެއްވި ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފް ދާއިރާގައި ހިދުމަތް ކުރައްވަން ފެއްޓެވީ 26 ނޮވެންބަރު 1981 ގަ އެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑަ ސެކްރެޓެރީ ކަމުގެ މަގާމެވެ.
އޭގެ ފަހުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވާފައިވެ އެވެ.
އަހްމަދު ލަތީފަކީ، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ. އަދި، ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމާއި 2004 ވަނަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި ދިވެހިރާއްޖޭގެ ރެޒިޑެންޓް މިޝަނެއް ގާއިމުކުރި، ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވި އެވެ.
"ލަތީފްގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައި، ދިވެހިރާއްޖެ އާއި ދޭދޭ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާ ދެމެދު ގުޅުން ބަދަހިކުރެއްވުމުގައި، ލަތީފްގެ ދައުރު ވަރަށް ބޮޑު، ވަކިން ހާއްސަ ގޮތެއްގައި، ސަރަޙައްދީ ޖަމިއްޔާއެއް ކަމަށްވާ "ސާރކް" އުފެއްދުމުގެ ކަންކަމުގައި، ރާއްޖޭގެ ފަރާތުން އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އަހުމަދު ލަތީފް،" ރައީސް މިއަދު ވިދާޅުވި އެވެ.
މި ދެ ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މެޑަލް އަކާއި އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެއް ވަނީ އަރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތޮންބެ
14 November 2023
ކުރިއައް ދެންއޮތީ ބަރާބަރު ތިންދުވަސް ދެވެންހުރިއްުޔާ ހުރި ހުރިހާ އެވޯރޑަކާ ޝަރަފަކާ އިއްޒަތެއް އަރިސްހުރިހާ ބޭފުޅުންނަށް ދެއްވާ ނިންމާލައްވާ ތިޔައްކިޔާއުޅެނީ އަމިއްލަ ބާލީހަށް ބަންޑާރަ ކަފަލެއްވުން.
ނޫސް ވެރިންނަށް
14 November 2023
ޤައުމުގެ ހައްޤުގަ މައުލޫމާތު ފޯރުކޮށްދީބަލަ ވެންޓިލޭޓަރ ކަންތައް ގޮސްއޮތް ހިސާބެއް މިހާރު.
އ އަހްމަދު
13 November 2023
ދެންފައިބައިގެންދަމުން ބަފާބެއައްވެސް ބޮޑުލަގަބެއްދީފަ ފައިބަންވީނު
އަބްޑޫޅް +
13 November 2023
ހަލީލު ރަނގަޅުވާނެ، ރާއްޖޭގެ ފަރާތުން، އ.ދ. ގެ ސެކެއްޓެރީ ޖަނަރަލްގެ މަގާމަށް ހުށަހަޅަން. ކުރު ގޮތަކަށް ބުނާނަމަ، ދުނިޔޭގެ އިނގިރޭސި ސެކެއްޓެރީ.
ބައްޕި
13 November 2023
ސީވީޑު ހާދަ ވައްތަރޭ ޗެއާޕާސަން ހަސަނާއާ. އެއްގޯތި ދެމީހުންތަ؟
އަބްޑޫޅް +
13 November 2023
ހޫނ، ދެބޭއިން.