ވިޔަފާރި / ދައުލަތުގެ ބަޖެޓް 2024

ބިން ވިއްކައިގެން އެޗްޑީސީން ލަފާކުރި އާމްދަނީ ނުލިބޭ: އަމީރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހި: ބިން ވިއްކައިގެން ލިބޭނެ ކަމަށް އެޗްޑީސީންް ލަފާކުރި އާމްދަނީ ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ބިން ވިއްކައިގެން ލިބޭނެ ކަމަށް އެޗްޑީސީންް ލަފާކުރި އާމްދަނީ ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިދެއްވަމުން އަމީރު ވިދާޅުވީ، ބަޖެޓުން އިތުރަށް ހަރަދު ކުރާ އެންމެ ބޮޑު އަދަދެއް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭން ޖެހުނު އެއް ސަބަބަކީ ބިން ވިއްކައިގެން ހޯދަން އެޗްޑީސީން ލަފާކުރި އާމްދަނީ ނުލިބުމުން ކަމަށެވެ.

"ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމުންނާއި އެޗްޑީސީގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުން އެ ކުންފުންޏަށް ކެޕިޓަލް ދޭން ޖެހިފައި ވެސް ވޭ. ކެޕިޓަލް ދޫކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 611.7 މިލިއަން ރުފިޔާ ހިމަނާފައިވާނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.2 ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުން ހަރަދު ކުރަން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ފިއުލް ސަބްސިޑީއަށެވެ. ފިއުލް ސަބްސިޑީއަށް ފެނަކަ އާއި ސްޓެލްކޯއަށް 530 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އަމީރު ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރަން ބަޖެޓުން ޓްރެޝަރީ ލޯނަށް އާރުޑީސީއަށް 291.3 މިލިއަން ރުފިޔާ، ދޭން ވަނީ ކަނޑައަޅައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރު ފިއުލް ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރާނެ ކަމަށެވެ. ތެލުގެ ސަބްސިޑީ އެހާ ބޮޑުވީ ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުން ބޮޑު ބައެއް އާސަންދައަށް ހޭދަކުރަން ޖެހޭ އިރު އާސަންދައިގެ ހަރަދު އެހާ ބޮޑުވީ، ކޮވިޑް-19 އަށް ފަހު ބޭސްފަރުވާގެ ހިދުމަތް ހޯދުން މަޑުޖެހިފައިވުމަށް ފަހު، މި އަހަރު ރައްޔިތުން ބޭސްފަރުވާގެ އެކިއެކި ހިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާތީ އެވެ.

"ދެމެހެއްޓިނިވި ގޮތެއްގައި އާސަންދަ ނިޒާމް ހިންގުމަށްޓަކައި ބޮޑެތި ރިފޯމްތަކެއް ގެންނަން ޖެހޭ. ނަމަވެސް، ބޭސްފަރުވާގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް މިއީ މުހިއްމު ދައުރެއް އަދާކުރާ ނިޒާމެއް. މި ނިޒާމުގައި ހިމެނޭ ލީކޭޖްތައް ރަނގަޅުކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ބޭސް ހޯދުމުގެ ސިޔާސަތު ފެށުމަށް ރޭވި، ޔޫއެންޑީޕީ އާއެކު ވަނީ ގަނޑުކޮށް ބޭސް ގަތުމުގެ އިންތިޒާމް ހިމެނޭ އެއްބަސްވުމެއް ހަދާފައި،" އޭނާ ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓުން އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް އަށް އިތުރުކުރުމަށް ހުށަހަޅާފައިވަނީ މި އަހަރު ކްރޮސް ސަބްސިޑީގެ އުސޫލުގެ ތެރެއިން ދައުލަތަށް ލިބުނު ފައިސާ ކަމަށް އަމީރު ވިދާޅުވި އެވެ.

މިދިޔަ އަހަރު 2023 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސް ކުރީ 42.8 ބިލިއަން ރުފިޔާ އެވެ. ބަޖެޓަށް އިތުރު ކުރި އަދަދާ އެކު ޖުމްލަ މި އަހަރުގެ ބަޖެޓު 49.4 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

16 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 14%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެޗްޑީސީ

14 November 2023

ކިހާ ބޮޑުވެއްޖެ ކަމެއް، ސަރުކާރު ތަކުން އެކި ނަންނަމުގަ ކުންފުނި ހަދާ ވިޔަފާރި ކުރަމުން ދާތީ، އެމްޑަބްލިޔުއެސްސީ، ސްޓެލްކޯ، އެސްޓީއޯ، މިހެންގޮސް އެޗްޑީސީ، އާރްޑީސީ، ދިރާގު. ޢެކަމަކު ، ދިވެހިން ބިލުތައް ދައްކަނީ، އެންމެހާ ޓެކްސެއް ދައްކަނީ.. މިތަންތަނަށް ލިބޭހާ ފައިސާއެއް އަހަރީ ބޯނަސް ނަމުގަ 40000 ބަހާލަނި، މުސާރަ 18000 މަަހަކަށް ނަގަމުން . ބިންހިއްކަނީ ސަރުކާރުން ރައްޔިތުންގެ ޓެކްސްއިން ބިންވިއްކާފަ ލާރިއެއް ލިބުނިއްޔާ އަހރީ ބޯނަސް އަށް ..

The name is already taken The name is available. Register?

އިހްސާސް

14 November 2023

ސަރުކާރުން ވިއްކާ އެއްވެސް ބިމެއް ދެން އާންމު ރައްޔިތުނަކަށް ވިއްކިގެން ނުވާނެ. ހިލޭ ދޭންޖެހޭނީ. އެހެންނޫނީ ޖެހޭނީ ފުލެޓުއަޅާފައި ވިއްކަން.

The name is already taken The name is available. Register?

ރައްޔިތުންގެ ޝުއޫރު

14 November 2023

ހުޅުމާލެ ފޭސް 2 ގެ ބިންތައް ނުބަހާ ބަހައްޓާފަ ގުޅިފަޅާ ގިރާވަރު ފަޅުން ބިން ބެހިނަމަ ތިކަން ތިހެން ދިމާނުވީސް. މާލޭ އެންމެންނަށް ހިލޭ ބިންބެހީމަ ބިން ގަންނާނެ މީހަކު ނެތް. ހުޅުމާލެ ފޭންސް 2 އިން ބިން ނުބެހިނަމަ އާބަންކޯއަށް ބޭނުންވާ ވަރަށް ފައިސާ ލިބުނީސް. އެތަނުން ބިންގަންނާނެ މީހުން ވީސް. އެކަމަކަު ވަގުތު ފާއިތުވެއްޖެ

The name is already taken The name is available. Register?

ސީތާ

14 November 2023

ކީއްކުރަން ވިއްކަނީ. ދިވެހި ކޮންމެ ރައްޔިތަކަށް އެމީހަކު ބޭނުން ކޮންމެ ތަނަކުން ހިލޭ ބިން ލިބެންޖެހޭނެ. މާލޭ ސަރަޙައްދެކޭ ފޯއްމުލަކު ސަރަޙައްދެކޭ ކިޔާނެކަމެއްނެތް. އެމީހަކު ބޭނުންތަނަކުން އެމީހަކަށް ބިން ދޭންޖެހޭނީ ހިލޭ. އެއީ ކޮންމެ ދިވެއްސަކަށްވެސް ލިބެންޖެހޭ އަސާސީ ޙައްޤެއް. ދިވެހި އައިޑީ ކާޑް އޮތިއްޔާ ބަންގާޅީންނަށްވެސް ދޭންޖެހޭނީ. ބިމުން އާމްދަނީ ހޯދަން ސަރުކާރުން ވިސްނާނެކަމެއްނެތް.

The name is already taken The name is available. Register?

ބާބް

14 November 2023

ތިތާގައި ހުރި ހުރިހާ ބިންތަކެއް އިބުރޭގެ ގާތްތިމާގެ މީހުންނަށް ބަހާލައިފައި ދެން ކޮންވާހަކަ އެއް ތިދައްކަނީ.

The name is already taken The name is available. Register?

‫ތުއްތޮންބެ

14 November 2023

ހ‫ުރިއްޔާ ހުރިހާ ބިމެއް ވިއްކާ ހުސްކޮއްލާ ކާފަގެ ފޮށަޔާ މާމަގެ ލިބާހާ ބައްޕަގެ މުންޑާ މަންމަގެ ކަނޑިއްކާ އަންހެނުނުންގެ ފައްޓަރުބަޔާ އަދި ފިރީންގެ ގަމީހާ ދަރީންގެ ޖީންސްތަކާ އަދި ހެނދުންތައްވެސް ވިއްކާލާ.

The name is already taken The name is available. Register?

‫ތުއްތޮންބެ

14 November 2023

ހ‫ުރިއްޔާ ހުރިހާ ބިމެއް ވިއްކާ ހުސްކޮއްލާ ކާފަގެ ފޮށަޔާ މާމަގެ ލިބާހާ ބައްޕަގެ މުންޑާ މަންމަގެ ކަނޑިއްކާ އަންހެނުނުންގެ ފައްޓަރުބަޔާ އަދި ފިރީންގެ ގަމީހާ ދަރީންގެ ޖީންސްތަކާ އަދި ހެނދުންތައްވެސް ވިއްކާލާ.

The name is already taken The name is available. Register?

ކައުންސެލަރު.

14 November 2023

ބޯކޮށްޕާތި ތަނެއް އޮތިއްޔާ އަދިވެސް. އެންމެ ދަށްފަންތީގެ މަސައްކަތް ކުރާމީހުންވެސް މިއަށްވުރެ ރަނގަޅަށް މިކަންކުރާނެ.

The name is already taken The name is available. Register?

ދޯޕައްޓާ

14 November 2023

ވިއްކާ ބިމާ ޖެހިގެން އޮންނަބިން ދެނީ ހިލޭ، ދެން ބިންވިއްކައިގެން ފައިސާލިބޭތަ.

The name is already taken The name is available. Register?

ކުޅަނދު ހަމަނުވާ ރާއްޖެތެރޭ މީހާ

14 November 2023

އެހެންމަ އެންމެ ބުއްދިވެރި ގޮތަކީ ބިން ބެހުން، ލައިކް އޭޒް ހައު ޔޫ ޑިޑް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454