ފިނޭންސް މިނިސްޓަރު އަމީރު މިއަދު ބަޖެޓް ހުށަހަޅުއްވައިދެއްވަނީ
14 ނޮވެމްބަރ 2023 - 10:49
ބަޖެޓުގެ ޑެފިސިޓް ކުޑަނުކޮށް އިގްތިސާދު ކުރިއަށް ގެންދެވޭނެ މަގު ހަނި ކަމަށް ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ހަލަބޮލިވެފައިވާ، އަދި އިދިކޮޅު ފަރާތްތަކުގެ ހަޅޭކުގެ ތެރޭގައި 2024 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން އަމީރު މިއަދު ވިދާޅުވީ، މެދުރާސްތާގައި ޑެފިސިޓް ދަށްކުރުމަކީ ފިސްކަލް ދެމެހެއްޓިނިވި ކަމަށް ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.
"ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ދިމާވި ބޮޑެތި ކްރައިސިސްތަކާ އެކު، ފިސްކަލް ހާލަތު ވަނީ ހީނަރުވެފައި. ކޮވިޑް-19 އަށް ފަހު އިސްލާހީ ފިޔަވަޅު އަޅަން ފެށި އަހަރު، ތެލުގެ އަގު މައްޗަށް ދިއުމުން ބަޖެޓަށް ބުރަބޮޑުވި. ނަމަވެސް، ދެން ކުރިއަށް ދިއުމުގައި ޑެފިސިޓް ކުޑަނުކޮށް ކުރިއަށް ދެވޭނެ މަގު ހަނި ކަމުގައި ދެކެން،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، 2026 ވަނަ އަހަރަކީ ބޮޑު އަދަދަކުން ރާއްޖެއިން ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހޭ އިރު ދަރަނި އަދާކުރަން އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށެވެ.
"ދައުލަތުގެ ދަރަނީގެ ހިރާސްތައް ކުޑަކޮށް، ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުން. ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަށް މަސައްކަތްކުރަމުން. ރޭވިފައިވާގޮތަށް ކަންކަން ކުރިއަށް ގެންގޮސްފި ނަމަ، 2026 ގައި އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް ނުވަތަ ރީފައިނޭންސްކުރުމަށް ނުވަތަ އެނޫންވެސް ސްޓްރެޓެޖީއެއްގައި ކުރިއަށް ދިއުމުގެ ގާބިލުކަން ދައުލަތުގައި އޭރު ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިމްތިޔާޒަށް އަމީރު އަރާވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ޑިމޮކްރެޓްސްގެ މެމްބަރުން އޭނާ އިންނެވި މޭޒު ވަށާލައިގެން ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ހުރަސްއަޅުއްވަނީ. --
އަމީރު ވިދާޅުވީ 2026 ވަނަ އަހަރަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ސައިޒު ނުވަ ބިލިއަން ރުފިޔާ ފަހަނައަޅައިދާނެ ކަމަށާއި އެ ފަންޑުގައި ޑޮލަރުގެ ގޮތުގައި 250 މިލިއަން ޑޮލަރު ބެހެއްޓުމަށް ރޭވިފައިވާ ކަމަށެވެ.
މި ވަގުތު އެސްޑީއެފްގެ ޖުމްލަ އަދަދަކީ 7.5 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހުރީ 124.7 މިލިއަން ޑޮލަރެވެ.
- ޖުމްލަ ބަޖެޓު : 49.5 ބިލިއަން ރުފިޔާ
- ޖުމްލަ ހަރަދު : 47.3 ބިލިއަން ރުފިޔާ
- ޖުމްލަ އާމްދަނީ : 33.5 ބިލިއަން ރުފިޔާ
- ޑެފިސިޓް: 13.7 ބިލިއަން ރުފިޔާ
- ސީދާ ދަރަނި: 105 ބިލިއަން ރުފިޔާ
- ޖީޑީޕީ 114.6 ބިލިއަން ރުފިޔާ އަށް އެރުވުން
- އިގްތިސާދީ ދުވެލި 5.5 ޕަސެންޓުގައި ބެހެއްޓުން
- ޓޫރިސްޓުން: 2.01 މިލިއަން ޓޫރިސްޓުން
- ރިޒާވް: 606 މިލިއަން ޑޮލަރު
- އިންފްލޭޝަން: 3.9 ޕަސެންޓް
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރުގަސް
14 November 2023
މިއިންކޮންމެ މިނިސްޓަރެއްގެ މޫނުމަތިން ފާޑެއްގެ ހިނިތުންވުމެއް ފެންނައިރު ރައްޔިތުން ދެލޮލުން ފެންނަނީ މާޔޫސްކަން. އެހެންނުވާނީ މިމީހުންނަށް ރިސޯޓާ ބިމާ ފްލެޓާ މުއްސަދިކަމާ ހުރިހާ އެއްޗެއް ލިބިގެންވިއްޔާ އެދަނީ.
އަސްމާ 33
14 November 2023
ކޮވިޑްތެރޭ ލިބުނުހާ އެހީތައްކޮބާހޭ. ޖީބަށްހޭ އެޅީ. ނެވާހޮޅިތައް ކޮބާހޭ.
ބާބް
14 November 2023
5 އަހަރުގެ ދައުރު ނިމުނުއިރު ތިހިރީ ރިސޯޓް އޯނަރަކަށްވެފައި. ދެން ކޮން ޑެފިސިޓެއް ހަނދާން ހުންނާނީ؟
ކައުންސެލަރު.
14 November 2023
ތިމާމެން ޑެފިސިޓް ކުޑަނުކުރީ ކީއްވެބާ. ކޮންމެ މިނިސްޓަރީ އަކަށް ވިހިތިރީސް ސްުޓޭތު މިނިސްޓަރުންނާ ނައިބުން ލައިގެން. ލާރިފެލުން ފިޔަވާ ކުރިކަމެއް ދައްކަބަލަ
ހށނ
14 November 2023
ދެކުނު ބްރިޖް ސާރވޭއަށް ޖެހި 30 މިލިއަން އުނިކޮށްލަން ފެނޭ. އެވެސް ބޭކާރު ސިޔާސީ އަދަދެއް.
ސަސި.
14 November 2023
ތިޔަ ހުރިހާ ވާހަކައެއް ބަދަލުވީސް ދެވަނަ ދައުރަކަށް ހޮވުނުނަމަ
ތަންކޮޅެއްއަވަސްއަދި
14 November 2023
ޑެފިސިޓްބޮޑުކަމައް ބުނެލަންވެސް އެނގެނީ މިހާރުދޯ. ހޮވުނުނަމަ ހަމަ ކުރީގެ ބަނދިވަރުދެމީހީ.