ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ: އެފްކޮންސްގެ 69 މިލިއަން ރުފިޔާގެ ބޮޑު ޖޫރިމަނާ މާފު ނުކޮށްދޭން މިނިސްޓަރު މިހާރު ވަނީ ނިންމައިފައި.-- ފޮޓޯ: ނެކްޓަން
14 ނޮވެމްބަރ 2023 - 16:58
ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ 69 މިލިއަން ރުފިޔާގެ ބޮޑު ޖޫރިމަނާ މާފުކޮށްނުދޭން ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ނިންމަވައިފި އެވެ.
އެ މައްސަލަ ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި އޮންނަތާ އަހަރެއްހާ ދުވަސްވީ ފަހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރި އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ސާވޭ އަށް ފަހު، އެ ކުންފުނި 69 މިލިއަން ކޮށްފައިވާ ޖޫރިމަނާ އަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީން އެގޮތަށް ނިންމީ ބޯޓުގެ ވެރިފަރާތުން މިދިޔަ އަހަރު ޑިސެމްބަރު ހަތެއްގައި އީޕީއޭގެ ނިންމުން މިނިސްޓަރަށް އިސްތިއުނާފުކުރުމާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް ފަހުގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި، މި މައްސަލަ ދިރާސާކޮށް މިނިސްޓްރީގެ ގާނޫނީ ޓީމުން ތައްޔާރުކުރި ރިޕޯޓް ނިމުނީ މިދިޔަ ޖެނުއަރީ މަހު 23 ގަ އެވެ. މި މައްސަލާގައި ގޮތެއް ނިންމުމުގައި މެރިޓައިމް ދާއިރާގެ ފަންނީ ލަފާ ހޯދަން އެ ރިޕޯޓުގައި ބުނެފައި ވާތީ، ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސް އަށް މިދިޔަ މެއި މަހު 11 ގައި ފޮނުވި އެވެ.
ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރުމަތީގައި: އެ ޕްލެޓްފޯމް އެތަނުން ފުންނުކުރެވި އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޔުނިވާސިޓީން މި މައްސަލަ ދިރާސާކުރުމަށް ފަހު މިނިސްޓްރީ އަށް ފޮނުވީ މިދިޔަ ޖުލައި މަހު 23 ގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"އިސްވެ ދެންނެވުނު ގޮތަށް މި މައްސަލަ މިނިސްޓްރީން ބެލުމުން ފާހަގަކުރެވުނު ގޮތުގައި، ނަގަން ޖެހޭ ކޮންޓްރޯލް މެޝާތަކާ އެކު އުޅަނދު ފަރަށް އެރި ހާދިސާ އިން ރައްކާތެރިވުމުގެ ފުރުސަތު މަސައްކަތުގެ ކޮންޓްރެކްޓަރަށް އޮތެވެ. އެހެންކަމުން، މި މައްސަލާގައި އީޕީއޭ އިން ކަނޑައަޅާފައިވާ ޖޫރިމަނާ މުރާޖައާކޮށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަން ފާހަގަވެފައިވެ އެވެ،" އެ ބަޔާނުގައިވެ އެވެ.
ޖޫރިމަނާގެ ގޮތުގައި މިގޮތަށް ދައުލަތަށް ލިބޭ ފައިސާ ނުވަތަ އެ ފައިސާ އިން ބައެއް ތިމާވެއްޓަށް ލިބޭ ގެއްލުން އިއާދަކުރުމަށް ހޭދަކުރުމަށް އީޕީއޭ އަށް ލިބުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކޭތީ، އެފްކޮންސްގެ ޖޫރިމަނާ އިން ލިބޭ ފައިސާއިން 15 މިލިއަން ރުފިޔާ އީޕީއޭގެ އެންވަޔަރަމެންޓަލް ރެސްޓްރޯޝަން ފަންޑަށް ޖަމާކުރަން ވެސް މިނިސްޓްރީން ނިންމާފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ފައިސާ ބޭނުންކުރާނީ ވިލިމާލެ ފަރަށް ލިބުނު ގެއްލުން އިއާދަކުރުމަށް ކަމަށެވެ.
އެފްކޮންސް 69 މިލިއަން ރުފިޔާ އިން ޖޫރިނަމާ ކުރަން އީޕީއޭ އިން ނިންމީ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް މިދިޔަ އަހަރުގެ އޮގަސްޓް 16 ގައި އެރުމާ ގުޅިގެންނެވެ. އެ ހާދިސާގައި ވިލިމާލޭގެ ފަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަން އީޕީއޭ އިން ހެދި ސާވޭ އިން އެނގުނެވެ.
ނަމަވެސް، އެ ކުންފުނިން ވަނީ މިނިސްޓަރަށް ސިޓީ ހުށަހަޅައި، މިދިޔަ އަހަރު ޑިސެމްބަރުގައި އެ ޖޫރިމަނާ އިސްތިއުނާފު ކޮށްފަ އެވެ. މިދިޔަ އެޕްރީލް މަހު މިނިސްޓަރު ޝައުނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، އެ ޖޫރިމަނާއާ ގުޅޭ ގޮތުން ސުވާލު ވެސް ކޮށްފައިވެ އެވެ. އެ ދުވަހު ވެސް މިނިސްޓަރު ވިދާޅުވީ އެފްކޮންސް ކުންފުނިން ޖޫރިމަނާ އިސްތިއުނާފުކޮށްފައި ވިޔަސް ޖޫރިމަނާ މާފުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
15 November 2023
އިންޑިޔާ މީހުން ނަމަވެސް ދެރަވާން ދާ ބުރުގަ، އެމީހުންގެ ފައިސާކޮޅު ޓެކިގެން ނުވާނެ. ކަލޭމެން ތިޔަ އަދާ ކުރީ، ދިވެހިންގެ ލަދުވެތި ސަގާފަތުގެ، މައިގަނޑު އެއް ރުކުން. އިންޑިޔާ އަކަސް އެ މީހުންގެ މުދަލެއް ނުހައްގުން ފޭރިގަނެގެން ނުވާނެ. ދިވެހިރާއްޖެ އައުޓު! އަހުރެންނަކީ އާންމުގޮތެއްގައި، އިންތިހާ އަށް، އިންޑިއާ އާއި ދެކޮޅު މީހެއް. އެ ކަމަކު މިކަމުގަ، އަހުރެން މިހުރީ އިންޑިޔާ އާއި އެއްކޮޅުގަ. ޖޭ ހިންދު.
ނެތްހިތްވަރު
15 November 2023
އިންޑިއާ މީހުން ޝައުނާއާ ތިކަމާ ގުޅާނެހާ ދުވަހެއް ދެން ނެތް. ކުރިއަށް އޮތް 2 ދުވަސް ބަލިވެ މަޖްލިހުގަ އެއުޅޭ ކަހަލަ ޑެންގޫއެއް ޖެހުނީމަ އެމީހުން ގުޅިއަސް ޖަވާބުދޭކަށް ނުޖެހޭނެ. އަންނަ ހަފްތާގަ އޮންނާނީ އާ ސަރުކާރެއް.
ޓެރޭސް
14 November 2023
ތިޔަ ބަޔަކާއި ތިމަސައްކަތް ހަވާލު ކުރީ ވެސް ގޯސްކޮށްކަން އެންމެނަށް އެނގޭ.
ސުނާރު
14 November 2023
ރަނގަޅު މާފުކުރާނެކަމެއްނެތް، ތިޔަ އެފް ފައިކޮރު ކުންފުންޏާހެދި މިސަރުކާރު ފެއިލްވީ
ބޮޑުމީހާ
14 November 2023
އެމްޑީޕީ ސަރުކާރުން އިންތިހާބުތަކަށް ދެން ނުކުންނާނީ ކޮންކަމެއް ހާސިލުކުރަންބާ؟ ކޮރަޕްޝަން މެކުހަށްޖަހައި، ވަގުން މިނިވަންކޮށްފި، ފެނަކަ، އާރުޑީސީ ދަވާލައިފި، ޖޭއެސްސީ އަމިއްލަކޮށްފި، ދަރަނި ނެގިނެގީނުން ދައުލަތް 129 ބިލިއަނުން ދަރުވާލައިފި
ދެން
14 November 2023
އެކަމު 3.3 ބިލިޔަން ރުފިޔާ ކާލި މީހާ އަށާއި މީހަކު މަރާލި މީހާއަށް މާފްދިނީނު!!! އަޖާބެއް
1206
14 November 2023
އެތައް ބިލިޔަން ރުފިޔާގެ ޚިޔާނާތު ފައިސާ މާފުކޮށް ދިނީ ކޮން ހަމަޔަކުން؟
އަހުމަދު އަލި މަނިކު
14 November 2023
ހޫން އެއްޗެއް ނުދިނީ ވެއްޓެން ދާކަން އެނގިގެން. ވެއްޓޭ ތަނެއްގަ ކައްތިރި ވިއްދައިގެން ހިފެހެއްޓެނީ ވަކި ވަރަކަށް .
ގސވސވ
14 November 2023
ބިޑެތިންނަށް މޮޅުގޮތް .. 4 ބިލިޔަން މާފުވީ. ކުދިވިޔަފާރިތަކަށް މީރާ އަދަބުދެނީ. ކުދި ވިޔަފާރީގެ 1000 ވިޔަފާރިންވެސް 4 ބިލިޔަން ނާންނާނެ. ތިވެސް މާފުކޮށްލަދޭނެ 2 ދުވަހަށްވީމައި
ޗަނާ
14 November 2023
ކަޓް ނުލިބުނު ދޯ 1 އަަހަރު ވަންދެން ހިފަހައްޓާލީމަ ވެސް