އިޒްރޭލު ޕާސްޕޯޓު ބޭންކޮށް ފަތުރުވެރިން އައުން މަނާކުރުމަށް ގޮވާލާ މަޖިލިސް ކުރިމަތީގައި މިއަދު ކުރިމަތީގައި ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
15 ނޮވެމްބަރ 2023 - 13:02
ފަލަސްތީނުގެ ބިންތަކަށް ނުހައްގުން ވެރިވެ، އެ ގައުމުގެ މީހުންނަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާ އިޒްރޭލްގެ މީހުންގެ ޕާސްޕޯޓު ރާއްޖެ އިން ބަލައިނުގަތުމަށާއި އެ ތަނުގެ ޓޫރިސްޓުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލައި މަޖިލިސް ކުރިމަތީގައި މުޒާހަރާ ކުރުމުން، އެ ނިންމުން ނިންމަވައިދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ހުށަހަޅަން މަޖިލީހުގެ ހާރިޖީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު މިއަދު ވަނީ މަޖިލިސް އިދާރާ ދޮރުމަތީގައި އިހުތިޖާޖުކޮށްފަ އެވެ. ފެހި ހެދުމުގައި ކުރި އެ އިހުތިޖާޖުގައި އެ މީހުންގެ އެންމެ ބޮޑު ޑިމާންޑަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމެވެ.
އެ ފިއްތުންތަކާ އެކު، މިއަދު 11:30 އަށް އެޖެންޑާކުރި ހާރިޖީ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާންމު ކުށްވެރިކޮށް، އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަން ފާހަގަކޮށްފަ އެވެ.
ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ރާއްޖެއަށް އިޒްރޭލުގެ މީހުން ނުދިއުމަށް އެ ގައުމުން އެދިފައިވާކަން ފާހަގަކުރައްވައި ރާއްޖެއިން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަށް ބާރު ދެއްވައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އިޒްރޭލު މީހުން ރާއްޖެ އައުމަކީ ދިވެހިން އެދޭ ގޮތެއް ނޫން ކަމަށެވެ.
"އިޒްރޭލު ރައްޔިތުންނަށް މަރުހަބާ ކިޔުމަކީ ދިވެހިން އެދޭ ގޮތެއް ނޫން. އަދި އެގޮތުން ހޯދާ ފައިސާ ރައްޔިތުން ކޮންމެހެން ހިތްހަމަޖެހޭ އެއްޗަކަށް ވެސް ނުވާނެ،" ސަލީމް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިންތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އިޒްރޭލު ޕާސްޕޯޓާއި ޓޫރިސްޓުން ރާއްޖެ އިން ބޮއިކޮޓް ކުރުމުގެ މައްސަލައިގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއާ މެދު މަޝްވަރާކޮށް، ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމީ އެ ސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރުގައި އެދުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
16 November 2023
އިޒްރޭލުގެ 1 ބޅށ ވެސް ރާއްޖެ އާދެވިގެން ނުވާނެ.
ބހލކ
16 November 2023
ކޮމެންޓްތައް ކިޔާލާފަ ވ.ދެރަވެއްޖެ. އިންސާނިއްޔަތަށްވުރެން ފައިސާ އިސްކުރާ ގިނަބަޔަކު ރާއްޖޭގައި އުޅޭކަން އިނގިއްޖެ. ބުނެލަންއޮތީ މިދިޔަ 5އަހަރު ރާއްޖެއައި ޓޫރިސްޓުންގެ ޖުމްލައިން އިޒްރެއިލްގެ ޓޫރިސްޓުންގެ ނިސްބަތް 1% ވެސް ނުވޭ. މެލޭޝިއާ، ޕާކިސްތާން ފަދަ ގައުމުތަކުން ވަނީ އިޒްރޭލް ޕާސްޕޯޓު މަނާކޮއްފަ. ވީއިރު ރާއްޖެއިން މިކަން ނުކުރެންވީ ސަބަބެއް ނެތް. މިއީ އިޒަރޭލް ރައްޔިތުންނަށް ދެވޭ ދެރައަކައްވުރެން ބޮޑަށް އިޒްރޭލްގެ ވެރިންނަށް ދެވޭނެ މެސެޖެއް.
އެކްސްޓްރީމިސްޓް
16 November 2023
1% އަށް ވެސް މަނާ ކުރާކަށް ނުޖެހޭ. ލާރީގެ އިތުރަށް ތިޔަ ފިކުރު ވެސް ނުބައީ. އެންމެނަށް މަރްހަބާ ކިޔަން ޖެހޭނީ. މަނާކުރާކަށް ނުޖެހޭނެ. ފިކުރުވެސް ނުބައީ. މަދު ގިނައެއް ނޫން
ހިސްޓަރިއަން
15 November 2023
ތާރީޚްގަ ވެސް ދުވަހަކުވެސް އިޒްރޭލުން ފަލަސްތީނަށް އިސްވެ ހަމަލާއެއް ނުދޭ. އަބަދު ވެސް އަރަބިން ހައިޖާނެއް ހަދާ ހަމަލާ ދިނީމަ ދިފާޢީ ހަމަލާ ދިނީ
ރަދީފްއޮފިޝަލް
16 November 2023
ހިސްޓަރިއަން ، ކަލޭ އެބަޖެހޭ ޕަލަސްތީން-އިޒްރޭލް ކޮންފްލިކްޓްގެ ތާރީހް ރަނގަޅަށް ކިޔައި ދިރާސާކުރަން. ވާނުވާ ނޭނގުނަސް ކޮމެންޓްކުރާތި.ލަދު ކޮބާ؟؟
ވާވާ
15 November 2023
މުއިއްޒު ހަވާލުވަން ދެން މަޑު ކޮށްލަބަލަ، ވާގޮތް ބަލާލަން!
ހަމާސް އައުޓް
15 November 2023
ޙަމާސްއިން ސީދާ ޢާންމުނަށް ހަމަލާދިނީ. ޢެއީ ހަގުރާމަގެ ކުށަކީ. ޙަމާސުން ހަމަލާ ދިނީމަ ދިފާއުގަ އިޒްރޭލުން ކުރާ ހަގުރާމައަކީ ޤާނޫނީ ހަގުރާމައެއް. ޢަދި 1948 އާ 1967 އާ 1973 ގަ ވެސް ޔަހޫދީ ނަސްލު ނައްތާލާ އިޒްރޭލް ނައްތާލަން އިސްވެ ހަމަލާދިނީ އަރަބިން.
ފަރުސ
15 November 2023
ތަންކޮޅެއް ބޯ ހަމަޖެހޭ ކަންކަން ކުރަން އުޅޭ. ޓޫރިޒަމް އާ ކުޅެން ނޫޅޭ.
ނޫސަންގު
15 November 2023
މިތަން އަފްޣާނިސްތާނަށް ހަދަާ. ނުވެ އޮތްކަން ވީ.
ފޫހި
15 November 2023
ދިވެހިންނާ ގުޅުމެއް ނެތް މި ފަދަ ކަންކަމުގެ ތެރެއަށް ވަދެ އިގްތިސާދު ހަލާކުވެ ބަނޑަށް ޖެހެން ބޭނުންވާ ބަޔަކު ވެސް އެބަ އުޅޭ
އަލިފު ޙާ!
15 November 2023
ކޮބައިތަ ދިވެހިންނާ ގުޅުންނެތް ކަމަކީ؟
ދެބޯގެރިކުޅިބަލާ
15 November 2023
މުއިއްޒު ކަމަށް ވަނީ ތިކަން ކުރާނީ. ދޯ ސޭހު.
ކޮސްކޮސް
15 November 2023
ތަންދޮރު ނުދަންނަ ދެތިން މީހަކު ގޮސް ހަޅޭލަވައިގަތީމަ ރާއްޖޭގެ 5 ލައްކަ މީހުން ކާން ހިންގާ ޓޫރިޒަމް މަނާ ކުރެވޭތަ
ކޖަލޮ
15 November 2023
ކަލޭ ދޭބަލަ އިޒްރާއީލައް ކާން..
އަބްޑޫޅް +
17 November 2023
ރާއްޖޭއިން އުމްރާއަށް ދާ އެތައް ބަޔަކު، ޖޯޑަންއަށް ގޮސް، އިސްރާއީލަށް ހުރަސްކުރާ، އިސްހާޤު ރަބީން (ވާދީ ޢަރްބާ) ބުރިޖުންނާއި އެލެންބީ ބުރިޖު ހުރަސްކޮށް، އިސްރާއީލުގެ އިމިގުރޭސަނު ތައްގަނޑު ޖައްސައިގެން ވަދެ، ޖެރޫސަލަމްގަ ހުންނަ، ހާ ހަ ބައިތު (ޖަބަލުލް މަޢްބުދު) އަށް އެރުމަށް ފަހު މިސްގާދް އަލް އަގްސާ (އަލް މަސްޖިދުލް އަޤްސޯ) ގަ ނަމާދު ކުރޭ. ގަބޫލު ނުކުރަންޏާ އެމީހުންގެ ޕާސްޕޯޓު ބަލާ. އިސްރާއިލު ގެ ފަރުމޭޓު (އިމިގުރޭސަނު) ތައްގަނޑު ފެންނާނެ.