ހިޔާ ފްލެޓްތައް ކައިރި ބީޗު ސަރަހައްދަށް ވާ ގޮތަށް އޮންނަ ހުސްބިމުގައި ސްޓޯލެއް ހަދައިގެން ހެދިކާ ވިއްކަނީ: އެ ސަރަހައްދު ހުސްކުރަން އާބަންކޯ އިން ވަނީ އަންގައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ނޮވެމްބަރ 2023 - 09:41
ހުޅުމާލެ 2 ގައި ހިޔާ ފްލެޓްތަކާ ދިމާލުން ބީޗުގައި އޮންނަ ހުސް ބިންތަކުގައި ކާބޯތަކެތި ވިއްކަން ހަދާފައި ހުރި ހަޓުތަކާއި އެކި ބޭނުންތަކަށް ބަހައްޓާފައި ހުރި ތަކެތި ނަގަން އާބަންކޯ އިން މިއަދު އަންގައިފި އެވެ.
ރިޔާސީ ދައުރުގެ ފަހު ދުވަހު މިގޮތަށް އަންގާފައި މި ވަނީ އެއްވެސް ހަމައެއް ނެތި ހިންގާ މި ތަންތަނާ ހެދި ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ބައެއް މީހުންގެ ގޯތިތަކުގައި ވެސް މީހުން ހަޓްތައް ހަދައިގެން ވިޔަފާރިކުރެ އެވެ.
އާބަންކޯ އިން ކުރި އިއުލާނެއްގައި ބުނީ ހިޔާ ފްލެޓްތައް (ހިޔާ އެޗް12) ކައިރި ބީޗު ސަރަހައްދަށް ވާ ގޮތަށް އޮންނަ ހުސްބިމުގައި ޖަހާފައި ހުރި ހަޓުތަކާއި އެހެން ތަކެތި މި މަހު 25 ގެ ނިޔަލަށް ނަގައި އެ ސަރަހައްދު ސާފުކުރަން ވާނެ ކަމަށެވެ.
"... ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަ ވެސް ދެންނެވީމެވެ،" އެ އިއުލާނުގައިވެ އެވެ.
ދީފައިވާ މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފި ނަމަ، އެ ކުންފުނިން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައޭ
17 November 2023
ތިއީ ހަމަ ނަގަންވެފައި ހުރި ތަންތަން. އެހާ ބިޔަކޮށް އަޅާފަ ހުރި ހިޔާ ފްލެޓްތަކާ ނުބައްދަލު ތިޔަ ދިމާލުން ފެންނަ މަންޒަރުތައް. ހީވަނީ ކޮންމެވެސް ބޭރު ގައުމެއްގެ ފަގީރު ހިސާބެއްގެ ޖިފުޓި ހިސާބުގަނޑެއްހެން. މި މާލެ ސަރަހައްދުގަ ހުރިހާ ތަނެއްވެސް އެހާ ސްޓައިލްގަ އެންމެން ހަދަނީ. ތިޔަ ތަންތަންވެސް ތިއަށްވުރެ ރީތިކޮށްލަންވީ.
ލިނބޯ
16 November 2023
ތިކަންކުރަން މާލަސްވެސް ވެއްޖެ
ވަގުކަލޭގެ
16 November 2023
ތިބިންތައް މިހާރު ވަނިީ މާލޭގެ "ވަތުއޮޑި" ކިޔާ ގޭންގަކަށް ދީފައި.... ސަލާމް.. " މިނިވަން ދިވެހިރާއްޖެ، ސާފް ދިވެހިރާއްޖެ "
ޢަރުތަ
16 November 2023
މާލެއާ ހުޅުމާލޭގަ ހުރި ފުޓްސަލް ދަނޑުތައްވެސް އެހިސާބުގަނޑެއްގަ އޮންނަ "ގޭންގް" އަކަށް އޮންނަނީ ދީފަ، އެއީ އެމީހުން ފައިސާ ހޯދަންށޯލަ، އެތަނަށް ވަދެ ގަޑިއެއްގެ އިރު ބޯޅަ ކުޅެލަން އެ ގްރޫޕަށް ބައިވަރު ފައިސާ ދީގެން ނޫނީ ނުކުޅެވޭ.
އަޒްނީމާ
16 November 2023
ދެން. މަ މިތަނުންނޭ ހަވީރު ސަޔަށް ހެދިކާ ގަންނަނީ. ހާދަ ސޭޑޭ
ޢޭ ސީ ސީ
16 November 2023
ކޮބާ އޭސީސީ އަވަހަށް އަމުރެއްނެރެލާ ތިކަން ހުއްޓުވާލަންވާނެ
ފްލެޓްތަކުން
16 November 2023
ހުޅުމާލޭގަ ފްލެޓްތަކުގަގްރައުންޑްގަ އުޅޭމީހުންވެސްއުޅެނީ ދާދާއިންއުޅޭގޮތަށް ދަނޑުވެރިކަންކުރަނީ ބޮޑެތިބިޔަ ގަސްތައްހައްދަނީ އިމާރާތަށްލިބޭނެ ގެއްލުމެބެލުމެނެތް ސިނަމާލެގަ ދިރިއުޅެނީވެސްމީގެ ދާދާގެބައެއް ކޮޓަރިބަރިހަދައި ފްލެޓްތަކުގެއޮތް ހުސްބިންތައް ވެރިކޮއްގެން އެއްވެސް ސަރުކާރަކަށް ބޯނުލަބާ ބާރުގައެތިބެނީ މިއީ ކިޔަމަށްނުކުރެވުނު ބައެއް.މިމީހުންނަ މިކަންނުކުރަން އަންގާފިއްޔާ އެހިސާބުން ސަރުކާރުގޯސްވީ.މިކަންވެސް ހަމަޔަކަށްނޭޅުވުނު ސަރުކާރުތަކަށް
ރެކިފުތާ
16 November 2023
މިގައުމަކީ ހަމައެއްލަމައެއްނެތް އެމީހަކު ބޭނުންކަމެއް ބޭނުންގޮތަކަށް ކުރާ ދުނޔޭގައިވެސް އޮތް ހަމައެކަނި ގައުމު. އެއްޗެކޭ ބުނެފިއްޔާ ބުނާމީހާ، ފިޔަވަޅު އަޅައިފިނަމަ އެއިރަކުހުންނަ ވެރިމީހާ އާއި ސަރުކާރުގޯސްވީ. މުޅިގައުމުގެ ތަސައްވަރު އެންމެ ރަނގަޅަށް ފެންނާނީ މަގުމަތިން. ވާރޭވެހި ފެންބޮޑުވެފައި އޮތަސް އެހެންމީހުން ގަޔަށް ފެންޖަހާފައިވެސް ދާންވީ.
އިހްސާސް..
16 November 2023
އާބަންކޯއިން ކުއްޔަށްދިން ހަޓްތައް، އެތަންތަން ގުރުއަތުން ލިބުނުމީހުން ބަންގުލާ ކުދިންނަށް ކުއްޔަށްދީ ކޮފީ ވިއްކަނީ ކޮން އުސޫލަކުންތޯ އާބަންކޯ ނިކަންބުނެބަލަ؟ އެތަންތަނުން އެންމެ ގިނައިން ކޮފީ ބޮނީވެސް އާބަންކޯގެ ޔުނީފޯމު ލާފަތިބޭ މުއައްޒަފުން. ނުހުއްޓުވަ. ވަކިބަޔަކަށް ވަކިގޮތެއް..
ނަރިދޫ އިއްބެ
16 November 2023
"ތިކަން ވެސް ވާނީ ޖަމަލު ފޮޑިއަށް"
ދޯރި
16 November 2023
ރިޔާސީ ދައުރުގެ ފަހުދުވަހުވެސް އަންގަންޖެހޭނެނު، މީ ކޮން ވާހަކައެއް ހަސަދަ އުފެއްދުން ނޫން ކަމެއް ކޮށްގެން ނުވާނެތަ. ޤަވާއިދާ ޚިލާފަށް ކަންކުރަން ހިތްވަރު ނުދީބަލަ .ކިހާދެރަކަމެއް. ވިޔަފާރި ކުރަން ދީފައިވާ އިމުންބޭރުގަ ކުރާ ވިޔަފާރި ހުއްޓުވަން ޖެހޭނެ. މިޤައުމުގައި ޤާނޫނު ތަންފީޒުކުރެވޭނެ ގޮތެއް ނެތީތަ؟ ރިޔާސީ ދައުރުނިމޭތީ ނިދަންވީތަ؟