އިންތިހާބީ ރައީސް މުއިއްޒު މަގާމުގެ ހުވާކުރައްވާ، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ތައްޔާރީތައް ޖުމްހޫރީ މައިދާނުގައި މިއަދު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
16 ނޮވެމްބަރ 2023 - 12:26
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވަން މާދަމާ ހަވީރު ބާއްވާ ރަސްމިއްޔާތުގައި 46 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ބާއްވާނީ މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގަ އެވެ. އެ ޖަލްސާ އަށް އެ ސަރަހައްދު ޒީންތެރިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އެމްއެންޑީއެފްގެ ސިވެކްއާ ހަވާލުކޮށްގެން މިހާރު އަންނަނީ ކުރަމުންނެވެ.
މަޖިލިހުގެ އިދާރާގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ ރައީސްކަމުގެ މަގާމުގެ ހުވާ މުއިއްޒު ކުރައްވާ ރަސްމިއްޔާތުގައި ބޭރު ގައުމެއްގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ސްރީ ލަންކާގެ ރައީސް ރަނިން ވިކްރަމަސިންހާ ކަމަށެވެ. އެ މަނިކުފާނު މިރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އާންމުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު
ހުވާކުރައްވާ ރަސްމިއްޔާތަށް ބައެއް ގައުމުތަކުގެ ރައީސް، ބޮޑުވަޒީރު ނުވަތަ ރަސްގެފާނުގެ ހާއްސަ މަންދޫބުންގެ ގޮތުގައި ވެސް ބައެއް ބޭފުޅުން ފޮނުއްވާ ކަމަށް މަޖިލިހުގެ އިދާރާ އިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ އާއި ސައޫދީ އަރަބިއްޔާ އާއި ޖަޕާނާއި ކޮރެއާ އަދި ތުރުކީގެ ހާއްސަ މަންދޫބުންނެވެ. ދެން އުޅުއްވަނީ މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުންނާއި ވަފުދުތަކެވެ. މި ސަރުކާރުގައި އެންމެ ބޮޑަށް ގުޅުން ބަދަހިކުރި އިންޑިއާ އިން ފޮނުވަން ނިންމާފައި ވަނީ މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅެކެވެ.
ޒިޔާއު ވިދާޅުވީ އދ. ގެ ޖަމާއަތްތަކާއި އޯއައިސީ އާއި ސާކާއި ވޯލްޑް ބޭންކާއި އައިޑީބީ ފަދަ ޖަމާއަތްތަކުގެ މަންދޫބުން ވެސް މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެފައި ވަނީ މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އާންމުންގެ 1،000 މީހުންނަށް ވަދެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަބަލް ޓޭޕް
16 November 2023
ވަރަށްބޮޑު އިސްރާފެއްތީ...ރައްޔިތުންގެ މަޖުލިހުގަ ތި ހުވާކުރެވިދާނެ ތިވަރުނުކޮށް...ނޫނީ ދަރުބާރުގެ..ކަންދެއްކުން ފިޔަވާއެހެންކަމެ ތީގެންނުލިބޭ..ބޭރުގެ މަންދޫބުންނާއެކު މަޖުލިސް މެމްބަރުންނާ އާއްމުންގެތެރެއިން ކޮއްމެވެސް ބަޔަކާއެކުވާނެތިކަން.ދަރުބާރުގެ ތިކަމަށް ތައްޔާރުކުރިނަމަ ޙަރަދުބޭކާރުނުވެ އެތަންވެސް މަރާމާތްކުރެވުނީސް.. މުއިއްޒު ވަރަށް ކަންދައްކާކަން ފާހަގަވޭ..
ކާތިބު
16 November 2023
މިރަސްމިއްޔާތު ބާއްވަން ހުޅުމާލޭގައި އަލަށް ދަރުބާރުގެ އެއް (މިޒަމާނުގައި ޗައިނާއިން ގެނެސް ރާވާލެވޭ ބޮޑެތި ބިޔަ ހެންގަރ ހުރޭ) އެޅިނަމަ ފަހުން ވެސް އެތަން ބޭނުން ކުރަން ހުންނާނެ. އެހެންވީމަ މުއިއްޒު ނުވިތާ ޚަރަދު ކުޑަ އަދި ދުރު ވިސްނޭ ބިނާކުރުވަނި ޚިޔާލުގެ ބޭފުޅަކަށް. އެންމެފުރަތަމަ ވެސް ވަރަށް ބޮޑު ބޭކާރު ޚަރަދެއް. އަދި ބެކަޕް އެއްގެ ގޮތުން މަޖިލިސް ހޯލް ވެސް އިތުރަށް އެހަދަނީ. 2028 ގައި މިކަން ރަނގަޅުވާނެކަމަށް ހީކުރަން.
ބޮޑުމީހާ
16 November 2023
22 މިލިއަން ޚަރަދުކޮށްގެން މި ރަސްމިއްޔާތު ބޭއްވުން ބަލައެއް ނުގަނެވޭ، ތިއަށްވުރެ ޚަަރަދުކުޑަކޮށް ތިކަންކުރަންޖެހޭނީ
ގޯސްނިންމުމެއް
16 November 2023
މިސަރުކާރުން ހުވާކުރުމުގެ ރަސްމިޔާތު ބޭއްވީ ގަލޮޅު ދަނޑުގައި. ހަރަދުކުޑަ، ގިނަމީހުންނަށް ވަދެވުނު، އުފުލަންޖެހުނު ތަކުލީފު ކުޑަ. އެކަމަކު އާސަރުކާރުން ރަސްމިޔާތު ބާއްވަނީ ޖުމުހޫރީ މައިދާނުގައި. އުޒުރަކީ ގިނަމީހުން ބައިވެރިކުރުމޯ. އެކަމަކު ޚަރަދު ބޮޑު، ބައިވެރިވެވޭނީ މަދުބަޔަކަށް. އުފުލަންޖެހޭ ތަކުލީފު ބޮޑު. އަދި ވިއްސާރަވެއްޖެނަމަ ހުރިހާ ވަގުތަކާއި ޚަރަދެއް ބޭކާރުވީ!
އިބިރިހިންބެ
16 November 2023
ބޮޑު ޚަރަދެއްކޮށްގެން ރަސްމިއްޔާތު ބާއްވަނީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ތޯ ނޫނީ ޕީއެންސީން އަންގައިގެންތޯ. ބަލަގަ ހުވާކުރުމުގެ ރަސްމިއްޔާތަކީ ރައްޔިތުންގެ މަޖިލީހުން ބާއްވާ ރައްމިއްޔާތެކޭ. އެކަމަށް ޚަރަދުކުރަނީވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނޭ. ރަސްމިޔާތު ތައްޔާރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ޙަވާލު ކޮށްފައިވަނީ އެމްއެންޑީއެފް ގެ ސިވެކް އާ އޭ. ތިޔަ ފުނިވަރު ގޮވަންޏާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގޮވާ. ހަބަ ބުނެލީ
ކކކކކ
16 November 2023
މަޖިލިހުގެ ނިންމުން. އެއްޗެހި ކިޔާ މަޖިލިހަށް.
މަށް
16 November 2023
ބިސްމިﷲ، ބެކާރު ޚަރަދަކުން ފަށައިފި
ގފތ
16 November 2023
ފެށުމުގައިވެސް ގައުމު ދަރުވާލައިފި. ރަށްޔިތުންގެ ޓެކްސް ފައިސާގެ އަބުރާ އިއްޒަތް ނަގާލައިފި. ފައިބެ ރައީސް ދަމުން ދަމުން އެންމެ ބޮޑު 2 ވަގަށް މާފް ދީފި. އައު ރައީސް ދަރަނީގެ ގޮވެލިފަތި ގޮވަމުން އައިސް, ފުރަތަމަ ވެސް 22 މިލިޔަން ބައިގަޑި އިރުން ބާދަގަނޑަށް ހަދާލަނީ. ރަށްޔިތުން ގުދާރު ބިންދާފަ ޓެކްސް ދައްކަންވީ.
އަކްމެޑް
16 November 2023
މީހަކު ކީކޭ ބުނާނީ. އަލީ ހަމީދުމެން ނޮވެމްބަރ 11 ވެސް ބަދަލުކޮށްލީ ވިއްޔާ.
މުނާލް
16 November 2023
ތިޔަ ފައިސާއިން އަޅެ ދަރުބާރުގެ ހެދިނަމަ ކީއް؟ 23 މިލިއަން ރުފިޔާ ވިއްޔަ އެންމެ ދުވަހެއްގެ ކުޑަވަގުތުކޮޅަކަށް ހަރަދު ކޮއްލަނީ. މިީ ހަމަ ބޮޑު އިސްރާފެއް.
ބޮޑުކޮން ގޯސް
16 November 2023
ދަރާ ވިކިފަޔޭ ކިޔާފަ ވެރިކަންލިބުނީމަ މިވަރުކުރީމަ ބަހާ އަމަލު ދިމާނުވި ފުރަތަމައިނުން
ލލލލލ
16 November 2023
މިރަސްމިއްޔާތުގެ ހުރިހާ ކަމެއް ކޮށް ބަލަހައްޓަނީ މަޖިލިހުން. އަދި މުއިްޒުއަކަށް ގައުމުގެ ފައިސާއާވެސް އެހެން ކަމަކަށްވެސް ބާރެއްނެތް.
މޭކާރު
16 November 2023
މުޅިން ބޭކާރު ޚަރަދާއި ދެއްކުންތެރިކަން. މިއޮއް ތޮއްޖެހިފަ އޮތް މާލޭގެ މަގުތަކާ ޕާކިންތައް ބަންދުކޮށްގެން ކޮން ސަކަރާތެއް. ހުޅުމާލެ ކަހަލަ ބިންއޮތް ތަނެއްގަ ތިކަންކުރިނަމަ އެންނު. ނުނީ ކާރި ރިސޯޓެއްގަވިއަސް. ޔަގީނުންވެސް ޚަރަދު ބޮޑުވިއަށް މާލޭގެ މަގުތަކަށް ލުއިކަމެއްލިބޭނެ.