ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މަންނާން: އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އޭނާ މިހާރު ވަނީ ހަމަޖައްސައިފައި.
16 ނޮވެމްބަރ 2023 - 14:20
ޕޮލިސް ކޮމިޝަނަރުގެ މަގާމުން މުހައްމަދު ހަމީދު އިއްޔެ ރިޓަޔާކުރެއްވުމުން، އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އަބްދުލް މަންނާން ޔޫސުފް ހަމަޖައްސައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕޮލިސް ކޮމިޝަނަރު ހަމީދު ރިޓަޔާކުރައްވާފައި ވާތީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން މަތިން، އާ ކޮމިޝަނަރެއް އައްޔަނުކުރެވެންދެން އިއްޔެ އިން ފެށިގެން އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާ ބޭފުޅަކީ ޑެޕިއުޓީ ކޮމިޝަނަރު، މަންނާން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހަމަޖައްސަވާފައިވާ ކަމަށެވެ.
މަންނާނަށް ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރީ ނޮވެމްބަރު 19، 2018 ގަ އެވެ. އޭނާ ވަނީ 29 އަހަރު ފުލުހުންގެ އިދާރާ އަށް ހިދުމަތް ކުރައްވައިފަ އެވެ.
އިއްޔެ ރިޓަޔާކުރެއްވި ހަމީދަކީ، ސިފައިންނާއި ފުލުހުންގެ ހިދުމަތް 2004 ވަނަ އަހަރު ވަކި ކުރި ފަހުން، އެ މުއައްސަސާގެ އިސްވެރިޔާކަން މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ފުރުއްވި ބޭފުޅާ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މާޗް 26، 2019 ގަ އެވެ.
ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު ދެން އައްޔަންކުރައްވާނީ މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާ ޑރ. މުހައްމަދު މުއިއްޒު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޒީނަ
17 November 2023
އެތަށް ބަޔަކަށް ނުހައްގު ޕްރޮމޯޝަންތަކެއްދީ މުޅި ސިސްޓަމް ހަލާކުކޮށްލި މޭސްތިރި: