އޮގަސްޓް 30، 2018: މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމުގެ ތާރީޚީ ހަވާއެރުވުމުގެ ތެރެއިން: އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ އުފަލުގައި މާދަމާ ރޭ މާލޭގައި ހަވާ އަރުވާ ގޮތަށް ވަނީ ހަމަޖައްސައިފައި.-- ފޮޓޯ: މިހާރު
16 ނޮވެމްބަރ 2023 - 19:25
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާކުރެއްވުމުގެ އުފަލުގައި މާދަމާ ރޭ މާލޭގައި ހަވާ އަރުވަން ނިންމައިފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ މުނާސަބަތުގައި ހަވާ އެރުވުން އޮންނާނީ މާދަމާ ރޭ 9 ޖަހާއިރު އިއްޒުއްދީން ފާލަން ކުރިމަތީގައި ކަމަށެވެ. ހަވާ އަރުވާނީ ފަސް މިނެޓަށް ކަމަށް ވެސް ސިފައިން ބުންޏެވެ.
މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ބާއްވަނީ މާދަމާގެ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގަ އެވެ.
އެ ރަސްމިއްޔާތަށް ވަނީ ރާއްޖެ އާއި ގާތް ގުޅުމެއް ބާއްވާ ގައުމުތަކުގެ ވެރިންނަށާއި ދައުލަތުގެ އިސްވެރިންނަށާއި އާންމުންނަށް ވެސް ދައުވަތު ދީފަ އެވެ. އެ ރަސްމިއްޔާތުގައި 46 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ވަނީ ބުނެފަ އެވެ. ގައުމެއްގެ ލީޑަރެއްގެ ގޮތުން ވަޑައިގަންނަވަނީ ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ.
މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ސަރަހައްދު ޒީންތެރިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އެމްއެންޑީއެފްގެ ސިވެކްއާ ހަވާލުކޮށްގެން މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކުނުއަލިބ
17 November 2023
ބޮޑެތި ދަރަނިތަކާ ގައުމުގެމާލީ ހާލަތާ އަދި ދިވެހިންނާގުޅިފައިވާ މައުސޫމު އެތައް ބައެއްގެ ލެއިން މެދުއިރުމަތި ކޯރުހެދިފައި ވާއިރު އަހަރެމެންގެ ބޮޑެތިއުފާތަކާ ރަސްމިއްޔާތުތަކުގެ ސައިޒުވެސް ކުޑަކޮށް ބަދަލުގެނައުން ކިހިނެއްބާ؟
އަބްޑޫޅް +
17 November 2023
އެއީ އާދަޔާ ހިލާފު އުފަލެއް ނޫން. ބައެއް މީހުންނަށް ހިތާމައެއްވެސް މެ.
ބކބ
17 November 2023
ދަރާވިކިފައޭ، ބަރަހަނާވަނިއްޔޭ، ޚަރަދުކުޑަކުރާނަމޭ، މަތިބަރެއްނުކުރާނަމޭ، މިހުރިހައިވާހަކައެއްދެއްކުން އޮނަތަން މިފެންނަނީ ކެންޕޭނުކުރުމަށް. ހޯގަޔާވީމަ ވަކިމީހެއް ތަފާތެއްނުވޭ. އެންމެންވެސް ދެއްކުމަށް ހެއްލޭ. މޮޅަށް އޮޅުވައިލެވޭނީވެސް ކިޔަވައިގެން. ވެއަތުވެދިޔަ 50 ވަރަކަށް އަހަރުތެރޭގައި ފަޤީރު ޙާލުގައިއުޅެމުން އިޤުތިޞާދެއް ބިނާކޮށް ހަރުދަނާގޮތެއްގައި މިދައުލަތް ހިންގިކަމުގައިބެލެވެނީ އެންމެތަޢުލީމުނުލިބި ވެރިކަމަށްހޮވުނުމީހާ.
ކާފާ
17 November 2023
ދެންހަވާއެރުވުމުގައްމައްސަލަކީކޮބާ މިގައުމުގައްތިޖޫރީދެންތަނަވެސްވާނެކަންތައްއެގޭކެޕުޓަނެއްމިއޮޑިއައްމިއަދުމިއަރަނީ
ވާވާ
17 November 2023
ގަވްމު އޮތީ ބަނގުރޫޓްވެފައޭ ކިޔާފައި އައި ސަރުކާރުން ފުރަތަމަވެސް މި އަނދާލަނީ އެތައް ފައިސާއެއް!
ރަސްދޫ ސައީދު
17 November 2023
މިވަރު ކުޑަ ގައުމަކުން، އަމުދުން ގައުމު އޮތީ ދަރާ ވިކިފައޭ ގޮވާފަ، ހުވާކުރުމުގެ ރަސްމިއްޔާތަށް ދުނިޔޭގެ ހުރިހާ ގައުމަކަށް ދައުވަތުދީގެން 22 މިލިޔަން ޚަރަދުކޮއްލީމަ މުއިއްޒު ހަމަ ގަދައޭ ބުނެވޭނީ.
ލޭމް
16 November 2023
މާލެ މީހުން އެކަނި ހޮވި ސަރުކާރެއްމީ؟
ބޯގުޑާ ލަތީފް
17 November 2023
ދެން ތިހެން ކިޔާނެކަމެއްނެތް، މާލޭ މީހުނަށް ގޯތިދީފަ މާލޭގައުޅޭ ރާއްޖެތެރޭ މީހުނަށް ގޯތި ނުދިނީމަ އެކަމުގެ ރުޅިގަނޑުގަ މުއިއްޒަށް ވޯޓްދިން މީހުންނާ އެމީހުންގެ ރަށުގައުޅޭ ފެމިލީތައް އުފާކުރާނެކަމަށް އުއްމީދުކުރަން.
ބޮކި
16 November 2023
ގައުމުއޮތީ ދަރާފަ އެކަމަކު ހަވާއެރުން ކުރީގަ !
ސަމާލު
16 November 2023
ވައި އަޅުވަން، ބިރުން ހަމަ
ބޮޑުރިޔާ
16 November 2023
ގައުމު ދަރާވިކިފައި ކަމަށް ބުނެހަޅޭއްލެވިމީހުނަށް ތިޖޫރީ ފެނުމުން ހައްޓަކު ހެޔެއްނެތް ޖައްވައް ފަޒާއަށް ތަޅާ ބުރުވަނީ އެކަމަކު ނިކަމެތި މީސްކޮޅެއް އުޅޭ ކުޑަރަށަކަށް މިސްކިތެއް ސްކޫލެއް ނުވަތަ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނީތީވެ އެއީ އިސްރާފެއް ކަމަށްދެކި އެކަންކޮއްދިނީތީވެ ހިތްހަމަ ނުޖެހިގެން ކެމްޕޭން ކުރިމީހުން މިހާރު އަނގަ ހައްޕުވީމާ ދެންބުނަން އޮތީ ކީކޭތޯ