ޖުމްހޫރީ މައިދާން ސަރަހައްދު: އިންތިހާބީ ރައީސް މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 އޮކްޓޯބަރ 2023 - 11:22
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުން 22 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފި އެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ ނައިބު މަގާމުގެ ހުވާކުރެއްވުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިންނެވެ.
އެ އިދާރާ އިން މިއަދު ބުނީ ހުވާކުރުމުގެ ރަސްމިއްޔާތު އިންތިޒާމު ކުރުމާ ގުޅޭ ކަންކަން ޓެންޑާ ބޯޑުން 22.9 މިލިއަން ރުފިޔާ އަށް ސިވެކްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގެ ތައްޔާރީތައް ކުރުމަށް ޖުމްހޫރީ މައިދާނުގެ ވަށައިގެން ފެންސް ޖަހައި މިހާރު ވަނީ ބަންދުކޮށްފަ އެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ގަލޮޅު ދަނޑުގަ އެވެ.
އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އަންނަނީ އިންތިހާބީ ރައީސްގެ އޮފީހާ ގުޅިގެން ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރަދުން
31 October 2023
އެއީ ބިަންމަތީ ފައިސާ 22 މިލަިޔަން ނޯޓޫ ފަތަުރަނީތޯ....ތިހާބޮޑު ޚަރަދެއް ބޭކާރަށް ތި ކޮއްލަނީ!!! ދިވެހިންނަށް ހަލާކު ހުރި!!!
އާރީ
31 October 2023
ކޮބާތަ އަޒާން ކީއްވެތަ މިވާހަކަ ނުލިޔެނި ރައީސް ސޯލިހު ސަރުކާރުން ހަރަދު ކުރާތީ ލޮލަށް ނިދިނައިސް ކޯޓަށް ދިޔައީ. ބަލަ މުއިޒް އަށް މަޖިލިސް ތެރޭ ހުވައި ނުކުރެވެނީތަ. މިވަރަށް ހަރަދު ކުރަށްޏާ ދެންބަލާ ހަރަދު ތައް ކޮށްލާނެވަރު ފީއެންސީ ވެރިކަމެއްގަ
ބޮޑުރިޔާ
31 October 2023
ކުޑަރަށެއްގައި މިސްކިތެއް ނުވަތަ ސްކޫލެއް ނުވަތަ ނަރުދަމާ ނިޒާމެއް އަޅައިގެ އެއީ އިސްރާފުކަމަށް ދެކި އެއްމެފުރަތަމަ މުއިއްޒު އަށް ކެމްޕޭންއަށް ނުުކުތް ދެބަފައިން ނުވަތަ ދެބެން ނުނީ ދެމައިން ނަށް މިއީ އިސްރާފަކަށް ނުވޭބާ ނިކަމެއްޗަކަށް ހެވެއްނޭދޭ މީހުންވެސް އުޅޭކަން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރެއިން މަށައް އެނގުނު އެހެންވެ އެފަދަ މީނުންނަށް މިކަންކަން ފެނޭބާއޭ ހިތަށް އަރާ
ކުމާރު
30 October 2023
ސިވެކް ތީ ޖަރީމާގެ ރަސްގެފާނު. އިގޭތީ މިބުނީ
ޔަގީނޭޔަގީނޭ
30 October 2023
ރައްޔިތުންގެ މަޖްލީހުގެ އިދާރާގައި ހުވާކުރުމުގެ ރަސްމިއްޔާތު ނުބާއްވާ އެހެންތަނެއްގައި ހުވާ ކުރާ ރައީސަކު ދެވަނަ ދައުރަކަށް ނުހޮވޭނެއޭ އެއީ ޔަގީން ކަމެކޭ ޔަގީނޭ ޔަގީނޭ ޔަގީނޭ
ނައް
30 October 2023
މިހާހާލުގައި ރާއްޖެ އޮވައި ބޭކާރު ހަރަދު ކުރަންފެސީ
އެމީލިއޯ
30 October 2023
މިއީ ނޫންތޯ ދިވެހިން ބޭނުންވި ގޮތަކީ.
މުހައްމަދު މޫމިން
30 October 2023
މިޔަށްވުރެ މާ ގިނައިން މި ސަރުކާރުން ހަރަދުކުރޭ އެކަމު ވާކަމެއް ނޯވޭ ދެން މި ފެންނަ ފަސް އަހަރު ހަރަދު ކުޑަކޮށްވެސް ޕޮޓޯ ރީތީވާނެކަން މީ ޔަގީންކަމެއް
ނަމްޒާ
30 October 2023
ބޮޑު އިވެންޓަކާ ބަލާފަ މިވަރު އަސްލު ކުޑަ
ގޗތތ
31 October 2023
އަސްލު ޖެހޭނެ އެތަނަށް ދާ މީހުނަަށް ވެސް މިލިޔަނެއް ދޭން
ކޮރަލް
30 October 2023
މިހާރު ގެޒެޓް އަށް ސަރުކާރު ގިނަމަސައްކަތް ތައް ނުދެ އެވެ. އޮފީސް ތަކުގަ އުޅޭ މީޙުން ބިދޭސީން ލައްވާ ކުރުވަނީ އެވެ. ތިޔަ މީހުންވެސް ލިޔެކިއުން ނެތް މީހުން ލައްވާ މަސައްކަތް ކުރުވަ އެވެ. ރަނގަޅު ގޮތަކީ ބިޑައްލާފަ ރަނގަޅު ބަޔަކާ ހަވާލު ކުރުމެވެ. ސެކިއުރިޓީ ފުލުހުންނާ އެމްއެންޑީ އެފް އަށް ދެވި ދާނެ އެވެ.