20 ނޮވެމްބަރ 2023 - 09:22
އަހްމަދުއާބާދު (ނޮވެމްބަރު 20) - އަމިއްލަ ދަނޑުގައި ކުޅުނު އިންޑިއާގެ މައްޗަށް ހަ ވިކެޓުން ކާމިޔާބު ހޯދައި، ކްރިކެޓްގެ ދުނިޔޭގެ ޗެމްޕިއަންކަން އޮސްޓްރޭލިއާ އިން ހަވަނަ ފަހަރަށް ހޯދައިފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ގުޖްރާތު ސްޓޭޓްގެ އަހްމަދު އާބާދު ސިޓީގައި އޭނާގެ އަމިއްލަ ނަމުން ނަން ދިފައިވާ ކްރިކެޓް ސްޓޭޑިއަމްގައި 92،000 ވުރެ ގިނަ މީހުންގެ ކުރިމަތީ އިންޑިއާގެ ސަޕޯޓަރުން ހިމޭންކޮށްލުމުގައި އޮސްޓްރޭލިއާގެ ޓީމުން އެންމެ މުހިންމު ދައުރެއް އަދާކުރީ،137 ލަނޑު ހެދި ޓްރެވިސް ހެޑް އެވެ.
އޮސްޓްރޭލިއާ އިން ވަނީ 241 ލަނޑު ހަދައިފަ އެވެ. އިންޑިއާ އަށް ހެދުނީ 240 ލަނޑެވެ.
"އަހަންނަށް ހީނުކުރަން މިލިއަނެއްހާ އަހަރުން ވެސް މިކަން ވެދާނެކަމަކަށް. މިއީ ކޮން ކަހަލަ އާދަޔާހިލާފު ދުވަހެއް. މި ކާމިޔާބުގައި އަހަންނަށް ހިއްސާ ވެވުނީތީ އަހަރެން މިހުރީ ވަރަށް ފޯރީގައި،" އިންޑިއާގެ ލައްކައެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ އެ ޓީމާ ދެކޮޅަށް އޮސްޓްރޭލިއާ ހޯދި ކާމިޔާބާ ބެހޭގޮތުން ޓްރެވިސް ހެޑް ބުންޏެވެ.
ކެޕްޓަން ރޯހިތު ޝަރްމާ ލީޑް ކުރި އިންޑިއާގެ ޓީމުން ވަނީ މުބާރާތުގައި ކުރިން ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ.
އެކަމަކު އޮސްޓްރޭލިއާ އިން، މުބާރާތުގައި ފުރަތަމަ ދެ މެޗުގައި އިންޑިއާ އާއި އޮސްޓްރޭލިއާ އަތުން ބަލިވި އެވެ. ގުރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާގެ މައްޗަށް އިންޑިއާ އަށް ކުރި ހޯދިފައި އޮތުމުން، 1.4 މިލިއަން މީހުނަށް، މިފަހަރު ތައްޓާ މެދު ކުރެވުނު އުންމީދު އޮތީ ބޮޑުވެފަ އެވެ.
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ޗެމްޕިއަންސް ޓްރޮފީ 2013 ގައި ހޯދި ފަހުން އިންޑިއާ އަށް ކްރިކެޓްގައި އަދި ތައްޓެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު
22 November 2023
ވަރައް އުފާވެއްޖެ އިންޑިޔާ އައުޓް
ކިންގް އިލްހާމް ( މުޙައްމަދު އިލްހާމް )
21 November 2023
ޗެންޕިއަންކަމަކީ އިންޑިއާއަށް ލިޔުންވާ ސިއްކަ ޖަހާ ސިލްކޮށް ބަންދުކޮށްފައިވާ އެއްޗެއްނޫން ، ޗެމްޕިއަންކަން ހޯދޭނެހާ ކެޕޭސިޓީ ނެތުން އެއީ އޮސްޓްރޭލިޔާގެ ކުޅުންތެރިންގެ ކުށެށްވެސް ނޫން ،
މިކަހަލަކޮސް
20 November 2023
އެކަމަކު އޮސްޓްރޭލިއާ އިން، މުބާރާތުގައި ފުރަތަމަ ދެ މެޗުގައި އިންޑިއާ އާއި (އޮސްޓްރޭލިއާ) އަތުން ބަލިވި އެވެ.
އަސްލީ ކްރިކެޓާ
20 November 2023
އިންޑިއާ މޮޅުވިނަމަ މަގޭ ޓީވީން ކުރިޔަށް އޮތް ހަތަރު އަހަރު ތިޔަ ނޫން އެއްޗެއް ނުފެންނާނެ. ސޯޕް ޑްރާމާ ޗެނަލް ތަކުންވެސް ތިނޫން އެއްޗެއް ނުދައްކާނެ. ޓީވީ ސަލާމަތްވީތީ ޙަމްދު ކުރަން.
މޫސާކުއްދާ
20 November 2023
އިންޑިއާ ބަލިވުމަކީ ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް. މޮޅަށް ކްރިކެޓް ކުޅުނަސް އެމީހުންނަކީ އެކްޓަރުން. ކެމެރާއަށް އަރަން ވަރަށް މަސައްކަތް ކުރާނެ. މޮޅުވިނަމަ ކުރިއަށް އޮތް މުޅިއަހަރު ކުޅިވަރު ޗެނަލްތަކުން ފެންނާނީ އެމެޗްގެ ހައިލައިޓްސް.
ހޔހ7
20 November 2023
މަގޭ ވަރަށް ބޭނުންވި އިންޑިއާ ބަލިވާން.. ސަބަބަކީ އެމީހުން މާ ވަރަކަށް އިސްރޭލަށް ކެންޕޭނު ކުރާތީވެ.. އަދި މޮޅުވެއްޖެއްޔާ ކަނޑާ ފޮނިން ބޮލާ ތުރާ ވާނެތީވެ
ސޮހޮލު
21 November 2023
ހަމަ ޓީވީއެމް އިން އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖެއްސިހެން ދޯ
ކޮމެންޓޭ1
20 November 2023
ވަރަށް އުފާވެއްޖެ އިންޑިއާ މޮޅުވި ނަމަ ބޮލަށް ތުރާވާނެ އެމީހުންގެ ބޮޑާ ކަމުން ފޮނު އަރުވާވަރުން. ވަރުގަދަ ޓީމެއް އޮއްވާ ފޮނި ބޮޑުވެގެން ބަލިވީ
މުހައްމަދުfގފ8
20 November 2023
ބަލިވިކަން އެއީ ނަސީބެއް. މޮޅުވިނަމަ ވަރަށް ފޮނި ކަނޑާނެ
ޔުނިވާސަލް ބޮސް ކްރިސް ގޭލް
20 November 2023
ތޭންކްސް އޮޒީސް ސޭވިންގް ދަ ވޯލްޑް ފްރޮމް ނޮއިސް ޕޮލިއުޝަން
ޓީޖެޓީ
20 November 2023
މި މުބާރާތް ފެށުނީއްސުރެ މިހާތަނަށް އިންޑިއާ ސަޕޯޓަރުން އެހެން ޓީމުތަކަށް ކުރީ މަލާމާތް. ޚާއްޞަކޮށް ޕާކިސްތާނު ޓީމަށް،. އަމިއްލަ ޓީމުގެ މުސްލިމު ކުޅުންތެރިންނަށްވެސް ފުރައްސާރަ ކުރި. އެހެންކަމުން ތިވީ ހަމަ އެންމެ ރަނގަޅަށް. މިހާރު ތިބޭނެ ރާކަނިމަސް ކެވިފަ ރަނގަޅަށް.