ޚަބަރު / ރާއްޖެ-އިޒްރޭލް

އިޒްރޭލް ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ގޮވާލާ ގަރާރު މަޖިލީހުން ބަލައިގަނެފި

އިޒްރޭލު މީހުން ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ހާރިޖީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ގަރާރު މަޖިލީހަށް ބަލައިގަންނަން މިއަދު ނެގި ވޯޓު ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ މަހު 14 ގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރަށް މިއަދު މަޖިލީހުގައި ބަހުސް ކޮށްފަ އެވެ.

ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ފަލަސްތީނުގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި ރާއްޖެ އިން މި ކަމުގައި އެދެވޭ ފިޔަވަޅެއް އަޅަން ޖެހޭ ކަމުގައި ގިނަ މެންބަރުން ފާހަގަކުރެއްވި އެވެ.

ސައުދުގެ ގަރާރުގައި ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނަށް ބޮން އަޅައި އެ ގައުމު ސުންނާފަތިކޮށް އަންހެނުންނާއި ކުޑަ ކުދިން މަރަމުން ގެންދިޔުމަކީ ޓެރަރިޒަމްގެ ހަމަލާތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ފަލަސްތީނުގެ ދަރިފަސްކޮޅަށް އަމާޒުކޮށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާ ދެކޮޅަށް ދިވެހި ސަރުކާރަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށާއި ރާއްޖެ އަށް އިޒްރޭލް ރައްޔިތުން އެތެރެވުން މަނާ ކުރުމަށާއި އެ ގައުމުން އުފައްދާ އެކްސްޕޯޓް ކުރާ ހުރިހާ ބާވަތެއް ރާއްޖެ އެތެރެ ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އެ ގާރާރުގައި ބުނެފައިވެ އެވެ.

އިޒްރޭލްގެ ލާއިންސާނީ ހަމަލާތައް ކުށްވެރި ކުރުމާއި ފަލަސްތީންގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމާއި ރައްޔިތުންގެ މަޖިލީހުން މި މައްސަލާގައި ދެކޭ ގޮތް ބައިނަލްއަގުވާމީ މުޖްތަމައު އަށް ހާމަ ކުރަން ޖެހޭ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސްލުނތކރނ

20 November 2023

އިޒްރޭލުން ބުނީ ތިމަންނަމެނަކީ ދުއިޔޭގައިއޮތް އެންމެ ޑިމޮކުރަޓިކު ގައުމޭ. އެމެރިކާއިންވަނީ އެތަނަކީ ޑިމޮކުރަސީޔަށް އަމަލުކުރާ ރަނގަޅު ބައެއްކަމަށް ބުނެފައި. ދެން ވިސްނާލާ އެމީހުންގެ ޑިމޮކުރެސީގެ ހާލު. މިނިވަން ކަމަށް ވަކަލާތުކޮށް. އަންހެނުން ބާރުވެރިކޮށް ކުޑަކުދިން ހިމާޔަތްކުރާކަމަށް ވަކާލާތު ކުރާމީހުންގެ އަސްލު އެފެންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454