ޕީޕީއެމް ހިންގަން ޔާމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގެ ބޭފުޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހް ވާހަކަ ދައްކަވަނީ. - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
22 ނޮވެމްބަރ 2023 - 00:12
ޕީޕީއެމް ހިންގަން އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ނުހިމަނައި އަދި ސެނެޓްގެ ބޭރުން ސްޓިއަރިން ކޮމިޓީއެއް އެ ޕާޓީގެ ރައީސް އަދި ޖަލު ހުކުމެއްގައި ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކުލަވާލައްވައިފި އެވެ.
ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކޮށް ޕާޓީ ހިންގުމުގެ ގަވައިދެއް ކަނޑައަޅާފައި ވަނިކޮށް، އޭގެ ބޭރުން ޔާމީން ނެންގެވި ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އިދާރީ ގޮތުން އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
ޕާޓީ އިދާރީ ގޮތުން ހިންގުމުގެ ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަންނަވާނީ އަސާސީ ގަވައިދުގައިވާ ގޮތުން ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. އެކަމަކު ޕާޓީ ހިންގަން ވަކިން ކޮމިޓީއެއް އެކުލަވާލީ ސެކްރެޓަރީ ޖެނެރަލް އަދި ޕާޓީގެ ސެނެޓަށް ވެސް އެންގުމެއް ނެތި އެވެ.
ޕީޕީއެމް ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ވެސް ކޮމިޓީގައި ހިމެނިވަޑައިނުގަންނަވަ އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން މަލީހު ވިދާޅުވީ ލީޑަޝިޕްގެ ގިނަ ބޭފުޅުން މި ވަގުތު ތިއްބެވީ ސަރުކާރުގެ ވަރަށް ޒިންމާދާރު މަގާމުތަކުގައި ކަމަށާއި އެހެންކަމުން އެ ބޭފުޅުންނަށް ޕާޓީގެ ދުވަހުން ދުވަހުގެ މަސައްކަތްތަކަށް ވަގުތު ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ހަމަ އެދެން އެ ބޭފުޅުންގެ އެ މަސައްކަތުގައި ކާމިޔާބީ އަށް،" މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ އަސާސީ ގަވައިދުގައި ޕާޓީގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޕާޓީ އަށް މެންބަރުން އިތުރު ކުރުމާއި ޕާޓީ ހަރުދަނާ ކުރުން ކަމަށެވެ. އެ ޕާޓީގެ ކަންކަމާ ގުޅޭ. ގޮތުން ދެން ގުޅަން ޖެހޭނީ ކޮމިޓީގެ ފޯކަލް ޕޮއިންޓްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު މިރޭ ވަނީ ޕީޕީއެމާއި މިހާރު ވެރިކަން ކުރާ ޕީއެންސީއަކީ އެއް އާއިލާއެއްގެ ގޮތުގައި ވަރަށް ބޮޑަށް ސިފަ ކުރައްވައިފަ އެވެ. ޔާމީން ވެސް އެދިވަޑައިގަންނަވަނީ ދެ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޕީޕީއެމްއަކީ ބޮޑު ޕާޓީ ކަމަށާއި ޕީއެންސީއަށް ވެރިކަން ލިބުނީ ޕީޕީއެމްއާ ހެދިކަން ބަޔާން ކުރެއްވުމަށް ވެސް މަލީހު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ.
"ޕީޕީއެމް އަކީ އެންމެ ބޮޑު ޕާޓީ. ޕީޕީއެމް/ޕީއެންސީގެ ތެރެއިން ބޭފުޅަކު ވެރިކަމަށް އިންތިހާބުވެވަޑައިގަތީ. ޕީއެންސީގައި 3،500 މެންބަރުން. އެހެންކަމުން އެއް އާއިލާއެއްގެ ގޮތުގައި އޮތުން މީގަ ކާމިޔާބީއަކީ،" މަލީހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދޭ އެދުމެއް ޕީޕީއެމްގެ އެއްވެސް މެންބަރަކު އެހެން ޕާޓީއަކަށް ނުދިޔުން."
ޔާމީން ވެސް އެދިވަޑައިގަންނަވަނީ ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ވެސް ނުދިއުން ކަމަށް މަލީހް ވިދާޅުވި އެވެ.
ޕީޕީއެމް ހިންގަން ޔާމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގެ ބޭފުޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ނޫސްވެރިންގެ ބައްދަލުވުންތަކުގެ ދައުވަތު ޕީޕީއެމުން އާއްމުކޮށް ދެނީ މީޑިއާ ގްރޫޕް މެދުވެރިކޮށެވެ. އެކަމަކު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ދައުވަތު، އެސްޖީ މުހައްމަދު ތޮލާލު މީޑިއާއާ ހިއްސާ ނުކުރައްވަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުން މަލީހު ސާފު ޖަވާބެއް ނުދެއްވަ އެވެ. އެސްޖީއާ މެދު ހިޔާލު ތަފާތުވުމެއްތޯ އެހެމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.
ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކުރެވޭނީ ސެނެޓުން ފާސްކޮށްގެންނެވެ. ތޮލާލަކީ ޔާމީނާ އެއްވަރަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ވަރަށް ގާތް ބޭފުޅެކެވެ. އަދި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒުގެ ތަރުޖަމާނަކީ ވެސް ތޮލާލެވެ.
ތޮލާލު އެ މަގާމުން ވަކިކުރަން ބޭނުންވާ ކަން މީގެކުރިން ޔާމީން ވަނީ ޕާޓީގެ އިސް ބައެއް ބޭފުޅުންގެ ގާތުގައި ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ އެސްޖީ ތޮލާލަށް މިއަދު ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ދެއްވައިފަ އެވެ. އަދި ޕީޕީއެމްގެ އެހެން ގިނަ އިސް ބޭފުޅުންނަށް ވެސް ސަރުކާރުން މަގާމުތައް ދެއްވާފައިވާއިރު، އެ ބޭފުޅުން މި ވަގުތު ތިއްބެވީ ރައީސްއާ އެކު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަން ކުރައްވާ ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމަށް ޕީޕީއެމް އިން މެންބަރުން ގެންދާތީ މީގެކުރިން ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެކަމަކު މިފަހުން ވެސް ލ. އަތޮޅުގެ ޕީޕީއެމްގެ އިސް ބަޔަކު ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަންޕު
22 November 2023
މަލީޙާ މެން އުޅޭފާޑެއް ދޯ. އާއިލީ ކަމެއް ތަ؟
ހަސަނު
22 November 2023
މަލީހަށް ވަޒީފާއެއްދީ.... އަވަސްކުރޭ...
ބޮޑުމީހާ
22 November 2023
ކުށްވެރިންނަށް ހައްގު އަދަބު ނުދެވުމުގެ ނަތީޖާ. ކުށްވެރިން ޖަލުގައި ބަހައްޓާނަމަ މިކަހަލަ ކަންކަން ދިމަލެއް ނުވާނެ
އާދަނާ
22 November 2023
ވަޒީރުކަން ނުލިބުނު ބައިގަނޑު އަރާ ކޮންމެހެން ފިތުނަ އުފައްދާނެ ކަމެއް ނެތް
ހާޖަރާ
22 November 2023
ތި ޕީ.ޕީ.އެމް އަކީ ރައީސް މައުމޫން އާއި ގިނަ ބައެއްގެ ބުރަ މަސައްކަތުން އުފެއްދި ޕާޓީއެއް. ތީ ޔާމީން ނުހައްގުން އަތުލައިގެން އުޅޭ ޕާޓީއެއް. ދެން ތި ނުހިނގާނެ. ތި ޕާޓީއަށް ވާނެ ހައެއްތި ތި ވަނީ. ދެން ޖެހޭނީ ޕާޓީ އުވާލަން. ޕީ.ޕީ.އެމް ގަ ތިބި އެންމެން ޕީ.އެން.ސީ. އަށް ބަދަލުވުމަށް ގޮވާލަން.
ރަދީފްއޮފިޝަލް
22 November 2023
މުއިއްޒުއަށް ވެރިކަން ހޯދަދޭން ވާރެއާއި އަވީގަ ވަރަށް މަސައްކަތކުރި މީހުން އެންމެ މަތީގެ ފޮޓޮއިން އެބަފެނޭ.ނަމަވެސް އެމީހުންނަށް އެއްޗެއް ނުލިބުން އެއީ ދެރަކަމެއް.ހަނދާނަށް އަންނަނީ 2018ގެ ސަރުކާރު އުފެދުނުއިރު ކުރީގެ ރައީސް ނަޝީދު ވިދާޅުވި ކްލެސިކް ބަސްކޮޅެއް. ''އޭނާއަށް ކަމެއް އޮންނަން ވެސް ޖެހޭ ، ކަމެއް ހޯދުން އެއީ އޭނާގެ ކަމެއް. އަދި ކަމެއް އޭނާއަށް ލިބުން އެއީ ރަނގަޅު ގޮތް''. ވ.ވެދުން
ބަލި ޤަބޫލު ކުރަން ދަސްކުރުން
22 November 2023
އާދަމް ނަސީރު ގެ ވުޒާރާއިން ދަސްކޮށްދޭން އެބަޖެހޭ ދިވެހިބަހުގަ ބަލި މިލަފުޒު އޮތްކަން އެހެން ވީމާ ހުރިހާދިވެހިންވެސް ބަލިޤަބޫލުކުރަން ދަސްކުރަނޖެހޭކަން.
ކޮލަމާހުއްޓާ
22 November 2023
ސާބަސް. ޕީޕީއެމް ކުދިން މަރުދީގެން އަދި ޔާމީނުގެ ފޮޓޯވިއްކައިގެން ގެނައި ވެރިކަމުގެ މަތިފަޑީގަ ގިނައީ ކަމާ ނުބެހޭ ގިނަ މީހުނާއި މުއިއްޒުގެ 2 ފަރާތު ފެމިލީމީހުން. އަލީއާރިފްމެން އިގްބާލުމެން ކޮންކަމެއް ކުރީ މިވެރިކަން ގެންނަން.
ސަލީމްއިދުރީސސް
22 November 2023
އަލީ އާރިފް ފަރުދާގެ ފުރަގަހުގައި ނުކުރާ ކަމެއް އެބަ އިނގޭތަ ؟؟
ގާނޫނުބުނަނީކީކޭ
22 November 2023
ރާއްޖޭގެ ގާނޫނު ބުނަނީ ކުށްވެރިއަކަށް ޕާޓީއެއްގެ މެމްބަރުކަން ފިޔަވައި އިތުރު ދައުރެއް އަދާނުކުރެވޭނެކަމަށް.
ސަލާމް
22 November 2023
މުއިޒް ގެ ވިސްނުން ވަރަށް ރަގަޅުވާނެ އެމްޑީފީ އާއި ވެސް ގުޅިގެން މި ވެރިކަން ކުރިޔަން ގެދާނި. ސުޓިއަރިން ކޮމެޓީ އޮވޭ ކުޅިބަލަށް