އިސްލާމީ މަރުކަޒުގެ އިސް އިމާމު ކަމަށް ހަމަޖެއްސެވި ކަމުގެ ފަތްކޮޅު ޝެއިހް މުހައްމަދު ލަތީފަށް އަރުވަނީ
22 ނޮވެމްބަރ 2023 - 00:16
އިސްލާމީ މަރްކަޒުގެ އިސް އިމާމު ކަމަށް ފަޟީލަތުއްޝެއިޚް މުހައްމަދު ލަތީފް އައްޔަންކުރައްވައިފި އެވެ.
ޝެއިޚް މުހައްމަދު ލަތީފް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ފެންވަރުގަ އެވެ. މިކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ޝެއިޚްއަށް އަރުވާފަ އެވެ. ޝެއިޚް މުހައްމަދު ލަތީފު މީގެކުރިން ވަނީ އިސްލާމީ މަރްކަޒުގެ އިމާމުގެ މަގާމު ފުރުއްވާފަ އެވެ.
ދީނީ މައުލޫމާތު ފެތުރުމާއި ދަރުސް ދެއްވުމުގައި މަގުބޫލް ޝެއިޚް މުހައްމަދު ލަތީފު ކިޔަވައި ވިދާޅުވެފައިވަނީ ސައުދި އަރަބިއްޔާގެ އިބްނު ސައުދު އިސްލާމިކް ޔުނިވަސިޓީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިއްލޫރި
22 November 2023
ކ.މާލޭ ބޮޑުމިސްކިތުގަ އިސް އިމާމުން މިނިސްޓަރަކު ހުރެފަ ދަށު އިމާމުންގެ ޓީމެއް އޮންނަންޖެހެނީ ކީއްވެބާ، ކިތައް ޖަމާއަތުގަތަ އެއްފަހަރާ ނަމާދު ކުރަނީ؟
އަބުލްކަލާމް
22 November 2023
ހުސް ޢާއިލީ ބޭފުޅުންނަށް މިނިސްޓަރކަން ތި ދެއްވަނީ ! އެހެން ނަހައްދަވާ ހަސަންބެ ގޯތީ އަހަންމަދަށްވެސް ދެއްވާ ، އެހެން ނޫނީ މަޖްލިސް ހޮދައެއްނުދެވޭނެ.
މެޑަމް ބުރަދަރު
22 November 2023
ވަކި މިސްކިތެއްގެ އިމާމުން މިނިސްޓަރުންގެ ފެންވަރުގަ ދެން ތިބި މިސްކިތްތަކުގެ އިމާމުން ކާތިބު ކަމުގެ ފެންވަރުގަ!؟ މިއީ ކިހިނެއްވާ ކަމެއްތޯ ދީނީ ގޮތުން؟
ރަދީފްއޮފިޝަލް
22 November 2023
މަސްޖިދުލް ހަރާމްގެ އިމާމް ނަމާދަށް ހުންނައިރު ކާރީގަ ސިފައިން ތިބޭ.ނަމަވެސް ސައުދީގެ އެހެން ކުދި މިސްކިތްތަކުގަ އިމާމުންނަށް އެ ހިދްމަތް ނުލިބޭ.
މިނިސްޓާ އަންކަލް
22 November 2023
@ރަދީފްއޮފިޝަލް، އިސްލާމް ދީނުގައި ވަކި ހާއްސަ ދަރަޖައެއް ލިބިގެންވަނީ 3 މިސްކިތަކަށް، އެއީ މަސްޖިދުލް ހަރާމް، މަސްޖިދުލް ނަބަވީ އަދި އަގްސާ މިސްކިތް. އިސްލާމީ މަރުކަޒަކީ ހަމަ އާދައިގެ މިސްކިތެއް ދީނީ ގޮތުން.
ރަދީފްއޮފިޝަލް
22 November 2023
ވަރަށް ރަނގަޅު ބޭފުޅެއް.ގުރްއާން ކިޔަވާއިރު އެއީ ހަމަ ސައުދީގެ އިމާމެއް ކަމުގައިވާ ޝެއިޙް ޝުރައިމް.އެހާވެސް އަޑު އެއްވައްތަރު.
ކުރުކޮށް
22 November 2023
ވެރިކަން ހޯދަން ބުރަކޮށް މަސައްކަތްކުރި މީހުން ރަށްރަށުގަ ހުސްއަތާ އެބަ ތިއްބެވެ. އެއިން މީހަކު ކޮބައިތޯ ބަލާލާ މީހަކުވެސް ނޫޅެއެވެ
ކޮލަމާހުއްޓާ
22 November 2023
މިނިސްޓަރު ފެންވަރުގެ މިނިސްޓަރުން؟ މީ ކޮން ހައިސިއްޔަތެއް؟
ރަދީފްއޮފިޝަލް
22 November 2023
ބްރޯ އަދި އާވާނެ.އިމާމް އެއީ އިމާމެއް.ނަމަވެސް މިނިސްޓަރަކަށް ލިބޭ ހުރިހާ ޕްރިވިލޭޖެއް އޮންނާނީ ފަހިވެފަ.
ޢާއިލީވެރިކަން
22 November 2023
ސާޖިދާގެ ބޭބެ
ޕްރޭމްޗޯޕްރާ
22 November 2023
ޝޭޚަށް މަރުޚަބާ މީގެ 15 އަހަރުކުރިން ތޮއެބާ މިސްކިތުން ފެށިގެން ޝޭޚް ލަތީފު ދަންނަންފެށިހިސާބުން އެ ޝޭޚަކީ އަޅުގަޑަށް މަޤުބޫލުބޭފުޅެއް ހިންހެޔޮބޭފުޅެއް ދީނީ މަޢުލޫމާތު ސާފުކޮށްދެއްވާ ބޭފުޅެއް.
ސާބަގޭ
22 November 2023
މިއަދު އަސްވާޑަށް ކެރޭނެތޯ ސުވާލުކުރަން ގާތްތިމާގެ މީހުން ކައިރީގައި މަގާމާ ޖާހު ދީގެން އުޅެނީ ކީއްވެތޯ؟
އަލިރަމް
22 November 2023
އަސްވާޑަށް އެއޮތީ ޒުވާނުންގެ މިނިސް