ރައީސް މުއިއްޒުގެ ފުރަތަމަ ކެބިނެޓު ބައްދަލުވުމުގެ ތެރެއިން އިސްލާމިކް މިނިސްޓަރު ޝަހީމް-- ފޮޓޯ: ރައީސް އޮފީސް
23 ނޮވެމްބަރ 2023 - 12:45
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ފުރަތަމަ ފޮނުވާ ގުރޫޕުގެ މީހުން ދެން އަންނަ ހައްޖަކަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މީހުން ހައްޖަށް ފޮނުވުމަށް ކަނޑައަޅާ އުސޫލާއި ކޯޓާގެ އަދަދު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.
ހައްޖަށް ފޮނުވުމުގެ ވައުދުގެ ރައީސް ވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ފުރަތަމަ ބުރުގެ ކެމްޕެއިނަށް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މުލަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހައްޖު ކޯޕަރޭޝަން މިހާރު ހިންގަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ފޯރުންތެރިކަން ދަށް މީހުންނަށް ހައްޖުގެ އަޅުކަމަށް ހޭދަކުރަން ޖެހޭ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.
ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހައްޖު ކޯޓާތައް ދައުލަތު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
މިހާރު އާންމުކޮށް ރާއްޖެ އަށް ކޮންމެ އަހަރަކު ލިބޭ 1،000 ހައްޖު ކޯޓާގެ އިތުރަށް 1،000 ކޯޓާ ހަމަޖެއްސުމާއި ހައްޖާއި އުމްރާއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަކީ އާ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާޒް އޭ
25 November 2023
ސުވާލެއް... ގައުމު މިހާބޮޑަށް ދަރާފައި އޮންނައިރު ގައުމުގެ (ދައުލަތުގެ) ފައިސާއިން ބަޔަކު ހައްޖަށް ފޮނުވުން ހަލާލް ވާނެތޯ؟
މަގޭހިޔާލުގެ
24 November 2023
ހައްޖު މަޖުބޫރުވަނީ މާލީގޮތުންނާއި އެހެނިހެންގޮތްގޮތުން ކެރި ކުޅަދާނަކަން ލިބިގެންވާ މީހުންނަށް. ސަރުކާރުން ޚަރަދުކޮށްގެް ހައްޖައް މީހުން ފޮނުވަންޖެހޭ ބާ ؟ ހަމަ އަހާލީ .
ޢަސްލު
05 January 2025
ޏުޖެހޭނެ
އަބްޑޫޅް +
24 November 2023
ހައްޖަށާއި އުމްރާ އަށް ދާ އެތައް ދިވެހީންނެއް ކޮންމެ އަހަރަކު، ޖޯޑަންގެ މަގުން އިސްރާއީލަށް ހުރަސްކޮށް، އިސްރާއީލުގެ އިމިގުރޭސަނު ތައްގަޑު ދިވެހި ޕާސްޕޯޓުގަ ޖައްސައިގެން، އިސްރާއީލުގެ ވެރިރަށް ޖެރޫސަލަމް އަށް ގޮސް، މަސްޖިދުލް އަޤްސޯ އަށް ޒިޔާރަތްކުރޭ. އެވާހަކަ ދައްކާ ދިވެހީން ކައިރީގަ، ސުޢޫދީ އިމިގްރޭސަނުންތޯ، އިސްރާއީލުގެ އިމިގްރޭސަނުންތޯ، ދިވެހީންނަށް ކަމޭހިތަނީ އެހީމަ ބުނަނީ އިސްރާއީލު ކަމުގަ. ޖިއްދާގަ ދިވެހި ޕާސްޕޯޓަށް ކުޅުވެސް ޖަހާ.
އާފް
24 November 2023
ހައްޖައްދާމީހަކު ޖޯޑަންއައްގޮސް ޖެރޫސެލަމަކައް ނުދާނެ ތިންހަރަމައް ދާބަޔަކު ދާނީ އިޒްރޭލު ބޯޑަރައް ޖޯޑަންމަގުން މަދުވެގެން 4 ގަޑިއިރު ބައިންދާފަ ދޫކުރާނީ އެއީ އިންސާނުންގެސިފައިގަތިބި ހައިވާނުން ރާއްޖެއިން ބަޔަކު އަގްސާއައް ދިޔައީ އެންމެފަހުން 2016 ގަ ޖިއްދާއިން ދިވެހިޕާސްޕޯޓަކައް އިހުތިރާމް ކުޑަނުކުރާނެ އެނގޭތީ ބުނެލީ
އއިޝާ
23 November 2023
ވަރަށް ބޭނުން ހައްޖަށް ދާން ވަރަށް އުއްމީދުގަ މިހިރީ انشاالله
ތޖދފ
23 November 2023
ފަގީރުންގެ ދަފްތަރުގަ ޖެހިފަ ތިބި ހައްގުވާ މީހުންނަށް ދޭންވާނީ. މަޖްލިސް މެމްބަރުންނަކަށް ނޫން
ދެރަސޮރު
23 November 2023
2- ކޯޕަރޭޝަނަށް ދީފަ ހުންނަ ކޯޓާ ތަކަށް ތިޔަގޮތަށް ފޮނުވާ މީހުންގެ ޚަރަދު ތަށް ކޮށްފަހުރީ ކޯޕަރޭޝަންގެ ފައިސާ އިން ތިބޭފުޅުން ފަހުން ދޭނެ ކަމަށއބުނެ އެކަމަކު އަނބުރާ ކޯޕަރޭޝަނަކަށް ނުލިބޭ މިހާރުވެސް ކޯޕަރޭޝަން ޗެކު ކޮށްބަލަ މިހާރު ފައިސާ ދައްކާފަ ނުދެވި ތިބި މީހުން ދެއްކި ފައިސާ ހަމަޔަށް ހުރިތޯ
ނޓނ އަދުރޭ
23 November 2023
ޤައުމަށް ކޮއްދޭންވީ ކަމަކީ ޤައުމުގެ ދަރަނި ހަލާސްކޮށްދިނުން ފުރަތަމަކަމަކަށް. ޤައުމުގެ އަންނަން އޮތްޖީލުތަކަށް ދަރަނިން ސަލާމަތްވެފަ އޮތް މިނިވަން ބަޔަކަށް ހަދާދިނުން. ބަސް މަދުކޮށްފަ އަމަލުން މިސާލު ދައްކަންވީ
މަގޭހިޔާލުގެ
24 November 2023
101 ޕަސެންޓް ތާއީދު. ހައްޖަށްދާންޖެހެނީ އެކަމަށް ކެރި ކުޅަދާނަކަން ތިބި މީހުން. އެހެންމީހުންނަށް އެ މަތިވެރި ދުވަސްތަކުގެ ފައިދާ ނެގޭނެ ގޮތް އިސްލާމްދީނުގައި އަންގަވާފައިވަނީ ގިނަގިނައިން އަޅުކަންކޮށް އިސްތިޣްފާކޮށް ހަމްދު ކުރުމުމުގައި ދެމި ހުރެގެން.
ރީމާ މުހައްމަދު ހަމީދު
23 November 2023
މުއިޒް ވެގެން މިދަނީ މަގޭ ފެވަރިޓް ރައީސްއަށް
ސާމް ނާފިޒް
23 November 2023
ކުރިންވެސް މިކަހަލަ ހެޔޮ އިހްލާސްތެރި ވެރިޔެއް ލިބުނު ނަމަ.
މަގޭޚިޔާލުގެ
24 November 2023
ނުފޯރާ ފޮށައިން ފޫގަޅަން އުޅުނީމާ ވާގޮތް ބަލަން މި ތިބެނީ.
މުހައްމަދު އަތޫފް
23 November 2023
މާޝާﷲ. ހެޔޮ ވެރިޔެއް.