ޚަބަރު / ޕީޕީއެމް

ޔާމީން ވަކިވުމަށް ފަހު ޕީޕީއެމް ސެނެޓްގެ ފުރަތަމަ ބައްދަލުވުން މާދަމާ ރޭ

ޔާމީނަށް މަރުހަބާ ކިޔަން ސަޕޯޓަރުން އެއްވެފައި :ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް މާދަމާ ރޭ ބާއްވަން އެ ޕާޓީން ވަނީ ނިންމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމްގެ ރައީސަކަށް ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ފަހު ބާއްވާ ސެނެޓްގެ ފުރަތަމަ ބައްދަލުވުން މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މާދަމާ ރޭ 9:00 ގައި މި ބައްދަލުވުން ބާއްވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ޕާޓީން ތައްޔާރުވުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީ ގުޅިގެން މަސައްކަތް ކުރުމަށް ކުރިން އޮތީ ނިންމައިފަ އެވެ. އެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން 70 އަށް ވުރެ ގިނަ ގޮނޑި ނަގާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައިވެ އެވެ.

އިންތިހާބަށް ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ އަަހަރުގެ ޖެނުއަރީ 20 ގައި ބާއްވަން އެ ކޯލިޝަނުން ވަނީ ނިންމައިފަ އެވެ. އަދި ޕްރައިމަރީ އަށް ހުޅުވާލާނީ އަންނަ ޑިސެމްބަރު 20 އިން އެ މަހުގެ ނިޔަލަށް ކަމަށް އެ ކޯލިޝަނުން ބުނެފައިވެ އެވެ.

ޔާމީން ވަނީ އިއްޔެ އެ ޕާޓީ ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން ނިންމަވައިފަ އެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ޗެނަލް 13 ގައި ވިދާޅުވީ އެއީ ޔާމީނަށް ފަސޭހަ ނިންމެވުމެއް ނޫން ކަމަށެވެ. ޑރ. މުއިއްޒު، ޔާމީންގެ ފޯނު ކޯލް ނުނަންގަވާ ކަމަށާއި ލީޑާޝިޕުން ވެސް ޔާމީނާ ދުރަށް ވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޔާމީންގެ ފިކުރު އޮތް ޕާޓީއަކަށް މަޖިލިސް ހޯދައިދޭން ރާއްޖޭގެ އެތައް ބަޔަކު ބޭނުންވެ އެވެ.

26 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާލުމަށް އެދެމޭ

25 November 2023

މޑޕ ޑިމެކްރެޓްސް ގަ ބުއްދިވެރިން ތިބިނަމަ މިފަހަރު ފެންނާނެ މިއޮތީ ބުއްދީގެ ބޭނުންހިފަން ފުރުސަތު..ރޔާމީން މިނިވަންވުމަކީ މިދެޕާޓީއަށް ވެސް މާވަހަރެލިބުންފަދަ...މީ ވަރަށް ވާހަކަ...މިތިބީ ބަލަން މޑޕ ޑިމޮކްރެޓްސް ގެ ވިސްނުން...ޖަޒުބާތު އެއްފަރާތް ކޮއްފަ siyaasi ކުރިމަގު ބައްޓަންކުރަން މޑޕއަށް ގޮވާލަން ރޔާމީން މިނިވަން ވުމަކީ ތިބޭފުޅުންނަ ކުރިމަގެއް..

The name is already taken The name is available. Register?

އަހުމަދު މުހައްމަދު އަލީ

25 November 2023

ވެރިކަމާ ހެދި އުޅުނަސް ބޮޑުވަރު. މަވެސް ޕީ ޕީ އެމް. އެކަމު އަހަރެމެން ގޮތެއް ނިންމާފިން. އެޔަސް އިހްތިރާމް ނުކޮށްފި މީހަކަު ބާކީ ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. މޮޅުވާނެ ކަމަށް އެމް ޑީ ޕީ ތެރެވެސް ހަލަބޮލި ކުރި . ކޮބައިތޯ ނަތީޖާ އަކީ ؟

The name is already taken The name is available. Register?

ފިރުމާ

25 November 2023

ޔާމިނު ނަޝީދު މައުމޫނު މިބޭފުޅުންގެ ސިޔާސީ ހަޔާތް ނިމުނީ. ދެންވެސް ރައްޔަތުން ގެންނާނީ އާބޭފުޅެއް.

The name is already taken The name is available. Register?

އިސްލާހު

25 November 2023

ވަށައިގެން އެނބުރެނީ ޚާއިނުންނާއި ޣައްދާރުން ކަމަށް ބަޔަކު ބުނަމުންްދަނީ ސަބަބުތަކެއް ނެެތިއެއް ނޫނެވެ. އެންމެ ފުރަތަމަ ވަގަށް ގޮވައި ހެއްދެވިނުހެއްދެވި އަށް ޕޯޑިއަމް ގައި ގޮވައި ހެދިތަންވެސް އޮތީ ފެނިފައެވެ. ތިމާމީހާ އެކޭ ބޯވައެކޭ އެއްވެސް ތަފާތެއް ނެތެެވެ. މިމީހަކު ޔާމީން ކައިރިއަށް އައި ދުވަހުއްސުރެ މަގޭ މުޅިން ފޫހިވެއްޖެއެވެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

25 November 2023

''ހަފްތާ 14'' ގެ ރިހަގަނޑުި ރަނގަޅު ތޯ؟؟؟

The name is already taken The name is available. Register?

5789

25 November 2023

މިގައުމުގެ ހަމަ ޖެހުމަށް ނަފްރަތު ކުރާ މީހުން 32 ދަތް ސޭލް އަޅުވައިގެން ތިބޭނީ

The name is already taken The name is available. Register?

ބިންބި

25 November 2023

ޔާމީން ގެސިޔާސީ ދުރުވިސްނުމުގެ ހިސާބުކުރުމެއް ކަމަށް ފެންނަނީ. މުއިއްޒާ އަވަހަށް ވަކިވެގެން ޔާމީން އަނބުރާ ރައީސް ކަމަށް އަައުމުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރުސަތު ބޮޑުވަނީ. މުއިއްޒު ހަމަޖެހިލަން ފުރުސަތު ދީފިނަމަ އިންތިޒާރު 10 އަހަރަށްވުރެ ދިގުވާނެ. އެހެންވެއްޖެ ނަމަ މައުމޫނުކޭ އެއްގޮތަށް. ޔާމީންގެސިޔާސީ ނުފޫޒު ކުޑަވެ ނޫނީ ގެއްލުމުގެ ފުރުސަތު ބޮޑު. އިބޫ އަދި ނަޝީދަށް ތަޖުރިބާކުރަން ޖެހުނު ހާލަތަށް ބަލާ ޔާމީން މިކަންކުރާކަމަށް ފެންނަނީ

The name is already taken The name is available. Register?

ކްރޭޓޯސް

24 November 2023

ސުވާލެއް. ހުސް ގޮނޑިއެއް އިންނާނެތޯ؟

The name is already taken The name is available. Register?

ފާތުން

24 November 2023

ކޮބާތަ ޔާމިން ޖަލުން މިނިވަން ވީ ދުވަހު ބަންދަ ބަންދާފަ އޮޅުލަ އޮޅުލާފަ ރޮއި ހޭރުނި މީހުން

The name is already taken The name is available. Register?

އޯ ޕީ ޕީ

24 November 2023

ތިމީހުން 9.00 ގައިބާއްވަން އުަޅެނީ ĵɓ

The name is already taken The name is available. Register?

ކާރުބަޑީ

24 November 2023

ދިރިތިބީން ނަށް އިބުރަތެއް! އަދިވެސް ރާއްޖޭގެ ސިޔާސީ ލީޑަރުން ގައުމީ ވިސްނުން އިސްކޮށް ސިޔާސީ ދެފުއްކެރިން ދުރުކޮށް އިލްމީ އަދި ގައުމު ދެކެ ލޯބިވާ އިހްލާސްތެރި ތެދުވެރި ދަރިން އިސްކުރަން ނުވޭތޯ؟ ޔާމީން އެވެ! އަދިވެސް މަނިކުފާނު ކަންކަން ވިސްނެން ނުވޭތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454