އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: މާލެއަށް އާ މޭޔަރަކު ހޮވަން ބާއްވާ އިންތިހާބު ޖެނުއަރީ 13 ގައި ބާއްވަން އެ ކޮމިޝަނުން ވަނީ ނިންމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
27 ނޮވެމްބަރ 2023 - 09:36
މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މޭޔަރުގެ ގޮނޑިއަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު 13 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ރޭ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ އެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް މާދަމާ އިން ފެށިގެން އަންނަ މަހު 13 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ހަބީބް ވިދާޅުވީ މާލޭ މޭޔަރުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ އިތުރު ތިން ގޮނޑިއަށް ކައުންސިލަރުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަން ވެސް ބާއްވާނީ ހަމަ އެ ދުވަހު ކަމަށެވެ.
"މާލޭ ސިޓީ މޭޔަރާއި މާލޭ ސިޓީ ކައުންސިލްގެ ތިން މެންބަރުންނާއި ވ. ރަކީދޫ ކައުންސިލްގެ މެންބަރަކާއި އަދި ހަމައެއާ އެކީގައި ޑަބްލިއުޑީސީގެ 18 ރަށެއްގެ މެމްބަރުން އިންތިހާބުކުރުމަށްޓަކާ ބާއްވާ ބައި-އިލެކްޝަން އަޅުގަނޑުމެން މި ޖަނަވަރީ މަހުގެ 13 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތައް ކޮމިޝަންގެ ރަސްމީ ޖަލްސާއިން ވަނީ ނިންމާފައި،" ހަބީބް ވިދާޅުވި އެވެ.
މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު 17 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މުއިއްޒު މާލޭގެ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފި https://t.co/YsqUmAtFLf
— Mihaaru (@Mihaarunews) November 17, 2023
ސިޓީ ކައުންސިލުން ދެން ހުސްވި ތިން ގޮނޑިއަކީ، އެމަނިކުފާނުގެ ސަރުކާރުގެ މަތީ މަގާމުތަކަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވި ބޭފުޅުންގެ ގޮނޑިތަކެވެ. އެއީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް މިހާރު ވެސް ބައެއް ބޭފުޅުން ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އޭގެ ތެރޭގައި މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހް އާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
27 November 2023
ދިވެހިރާއްޖޭއަށް ގެނެސްފައިވާ ޑިމޮކްރަސީއަކީ ޖަޕާނު މަސްފެންގަޑަކުން ގެނައި އެއްޗެއްބާ. އަބަދު އަބަދު ބޮޑު ޚަރަދުކޮށްފަ އިންތިޚާބު. އިންތިޚާބީ ހައްގާއި ވޯޓް ދިނުމުގެ ހައްގު ކަށަވަރުކުރަން މިލިޔަނުން ބިލިޔަނުން އަހަރުތެރޭ ޚަރަދުކުރަންޖެހޭ ނިޒާމެއްގަ ފައްކާވެގެން ރައްޔިތުންގެ ޟަރޫރީ ޙައްގުތައް ބޯހިޔާ ފެން ކަރަންޓް ހަމަނުޖެހި މިދަނީ ފަހެ މީ މޮޔައިންގެ ރާއްޖެތަ؟
ދޯބެ...
27 November 2023
ވީމާ ގެދޮރުގެ ހާލަތު ބެލުން ކައުންސިލަށް ދޫކޮށްލާނީ ކާކުތޯ މޭޔަރަކީ ޔަގީންވީމަ..
ޕ
27 November 2023
ޕާނިންގ ސްލޮޓު ވިއްކުމަކީ ވަރަށް މަޖާ ވިޔަފާރިއެއް. އަނެއްކާ ފައިދާވެސް ބޮޑު. ކޭމްޕޭނަޑް ރަނގަޅު އާންދަނީ ލިއްބައިދޭ ވަސީލަތެއް ކަމަށް ތާރީޚް އެބަދައްކާ.
އާޒިމާ
27 November 2023
މާލޭ މޭޔަރު ކަމަށް އެންމެ ކަމުދަނީ އާދަން އާޒިމް
ސަޅިއަލީ
27 November 2023
މާލޭސިޓީ ކައުންސިލަކީ ރައީސް މުއިއްޒު ވެރިކަމަށް އަންނަން އަދުރޭމެން ރޭވި ހާލި. ތި ތަނަށް ވަދެވޭތޯ ބަލަންވީ.