އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ލިޔުއްވި "އިސްލާމީ ނަޒަރިއްޔާތު" ފޮތް ނެރުމަށް ދާދި ފަހުން ބޭއްވި ހަފުލާގައި ޑރ. ޝަހީމް، އަހުސަނަށް ފޮތެއް ހަދިޔާ ކުރައްވަނީ.
28 ނޮވެމްބަރ 2023 - 08:27
އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ދީނީ އެކި ޖަމިއްޔާތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ އަލީ އަހުސަން އިއްޔެ ހަމަޖައްސަވައިފި އެވެ.
ހދ. ވައިކަރަދޫ، ހިސާން، އަހުސަނަކީ ވަރަށް ގިނަ ދީނީ އިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ އިލްމުވެރިން ހިމެނޭ ގޮތަށް އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ މިހާރުގެ ރައީސެވެ. ކުރިން އޭނާ ހުންނެވީ އެ ޖަމިއްޔާގެ ނައިބު ރައީސްގެ މަގާމުގަ އެވެ.
އައިއޯސީސީއަކީ މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ އުފެއްދެވި ދީނީ ޖަމިއްޔާއެކެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އަހުސަން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
އޭނާ ވަނީ ޖަމިއްޔަތުއް ރަހުމާގެ ޖެނެރަލް ސެކްރެޓަރީ ކަމާއި އިލްމު އިންސްޓިޓިއުޓްގެ އެސިސްޓެންޓް ޑިރެކްޓަރކަން ވެސް ކުރައްވައިފަ އެވެ. ދިއިސްލާމް އޮންލައިނާއި ދިއިސްލާމް މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ އިތުރުން އަހުސަން ވަނީ އިސްލާމިކް މިނިސްޓްރީގެ ހިދާޔަތުގެ އަލި މަޖައްލާ ނެރެ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި މާކެޓިން އަދި އެ ކޯޕަރޭޝަންގެ މީޑިއާގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.
އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބައެއް މިނިސްޓްރީތަކަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރައްވަމުންނެވެ. އިސްލާމިކް މިނިސްޓްރީން މި ސަރުކާރުން އަދި އައްޔަން ކުރައްވާފައި ވަނީ އެންމެ ސްޓޭޓް މިނިސްޓަރަކެވެ. ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމެވެ. ޑެޕިއުޓީ މިނިސްޓަރަކީ އަހުސަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިޖުލޭ
29 November 2023
މީ ޑޮކްޓަރުގެ ޕަސަނަލް ސެކެޓްރީ
ސިލްމާ ޒާހިރު
28 November 2023
ސަލަފުންނަށް ޤައުމު ވިއްކާލީ؟
ސަދަބް
28 November 2023
އިސްލާމިކް މިނިސްޓްރީގަ މިހާރުވެސް 2 މިނިސްޓަރުން އެބަތިބި. މިއީ ވެސް މަޖާކޮށް ހިނގާ ކަމެއް. ޝެއިހު ލަތީފު އައްޔަންކުރީ މިނިސްޓަރު ލެވެލްގަ
ަސަދޫ
28 November 2023
އެއީ މައްސަލައެއް ނޫން. މިނިސްޓަރ އެއީ ރޭންކެއް އަދި އެޕޮއިންޓްމަންޓެއް ވެސްމެ. މިނިސްޓްރީގެ މިނިސްޓަރ އެޕޮއިންޓްމަންޓް ގައި ހުންނާނީ މިނިސްޓަރ ރޭންކުގެ މީހެއް. ދެން އަދި އިތުރު މިނިސްޓަރ ރޭންކުގެ މީހުން އައްޔަން ކުރެވިދާނެ އެ މިނިސްޓްރީ އަކަށް. އެކަމަކު އެ މީހުންނަކަށް މިނިސްޓަރ އެޕޮއިންޓްމަންޓް ގެ މަސްޢޫލިއްޔަތެއް އަދާއެއް ނުކުރެވޭނެ. ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި އަމަލު ކުރޭ މި ގޮތަށް، ހާއްސަކޮށް އިނގިރޭސިވިލާތުގައި.
ޙާމާނު
28 November 2023
މިކަހަލަ ތަނެއް ދޮރެއް ނޭނގޭ މީހުންތަ އޭނަގެ ވެރިކަމުގަ މަގާމު ތަކަށް އިސްކުރަނީ…! ޙަ ހަ ހާ
ހީހީ ސުލީހް
28 November 2023
ބަދަލެކޭ ކިޔާފަ އެއްމެންވެސް ކިރަނީ އެއްފާޑެއްގެ ވެރިކަން. ސަހީމް އަކީ އޭގެންވެސް އަމިއްލަ ބައިބޮޑުކުރުމަށް ދެެގުނަ ވަރު ހުންނަ މީހެއް
ދެރަވަރު
28 November 2023
އިސްލާމިކް މިނިސްޓްރީއަކީ ގިނަ ބަޔަކު އަދި ފަންނީ މީހުންވެސް ބޭނުންވާ ތަނެއް. ހަމައެކަނި ޝަހީމްއަށް ރުހެވޭ މީހަކު ނެތީމާ ސްޓޭޓުންނާ ޑެޕިއުޓީން ވާވަރަށް ނުލާން އުޅުމަކީ ހިތާމަ ހުރި ކަމެއް.
ވަރަށް ކަރަޕްޓު
29 November 2023
ފަންނީ ވަނީ ސްޓޭޓްކަން ދިނީމަތަ. މިހާރުވެސް އެބައުޅޭ އިލްޔާސް ހުސޭނާގެ ދަރި އައްމާރު ޑެޕިޓީ މިނިސްޓަރުގެ މުސާރަދީފަ ސަލްމާން މިސްކިތުގެ މުދިމަކަށްލާފަ
ޝަހީދު ޢަލީ
28 November 2023
ރާއްޖޭގެ ދީނީ ޢިލްމުވެރިން ވަރަށް ދަންނަ މޫނެއް. މީޑިއާ ތެރޭގައިވެސް ދީނީ ޚަބަރާއި މައުލޫމާތު ފެތުރުމުގައި މާކުރިންވެސް އަހްސަން އަކީ ހަރަކާތެރިވާ ޒުވާނެއް، މީޑިއާ ކައުންސިލްގެ މެމްބަރުކަންވެސް ކުރި ދިއިސްލާމް ގެ ނޫސްވެރިއެއްގެ ހައިސިއްޔަތުން. އެހެންވީމާ އަހްސަން އައްޔަން ވެގެން ދިއުމަކީ އިސްލާމިކް މިނިސްޓްރީއަށް ލިބޭނެ އިތުރު ކުރިއެރުމެއް. މަރުހަބާ އަހްސަން
އަހްމަދު ޢަލީ
28 November 2023
އަހްސަން އަޅުގަނޑު ދަންނަނީ މައުމޫނު ދައުރު ފިޝަރީޒް މިނިސްޓްރީގައި ބަޖެޓް ސެކްޝަންގައި މަސައްކަތް ކުރި އިރު. 5 އަހަރު ވަރު އެތާ އުޅުނު. އެހެންވީމަ އަހްސަން އަށް ސަރުކާރު ހިންގުމުގެ ވާނުވާ ނޭނގި ނުހުންނާނެ. ސަރުކާރުން އަހްސަން ކެނޑުނީ ދިއިސްލާމް ނޫސް އަދި މަޖައްލާ ހިންގުމަށް ވަގުތު ދޭން ކަން އެނގޭ. އޭރުވެސް ދީނީ ކަންކަމަށް ވަރަށް ފަރުވާތެރިވާނެ. އަމާނާތްތެރިވާނެ. އެކުވެރި ގުޅޭ މީހެއް އެއީ.
ސަންތިމަރިޔަނބު
28 November 2023
ބޭކާރުގޮތުގަ ދައުލަތު ފައިސާ އިސްރާފުކުރުން ތިކަންކަމަކުން އެއްވެސް ރައްޔިތެއްގެ ދިރިއުޅުމުގެ ހާލަތަކަށް އަދި ގައުމަށް އަންނާނެ ކުރިއެރުމެއް ތަރައްގީއެއް ނޯންނާނެ ނޯންނާނެ
ނަސްރީނު
28 November 2023
ލާންވީ ނައިބު ވަޒީރުކަމަކަށްނޫން މިނިސްޓަރ ޝަހީމްގެ ޕީއޭއަކަށް. ފޭސްބުކް ޕޭޖުހިންގުން ނޫން ކަމެއްކުރާކަށްނޭންގޭނެ.