ރައީސް ޑރ. މުއިއްޒު.-- ފޮޓޯ: ރައީސް އޮފީސް
28 ނޮވެމްބަރ 2023 - 14:45
ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް 26 ބޭފުޅަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އައްޔަންކުރެއްވި ބައެއް ބޭފުޅުންގެ ތަފްސީލު ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެން އަށް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އެކި މިނިސްޓްރީތަކުގެ ނައިބުންގެ މަގާމަށް އިތުރު ބޭފުޅުން ވެސް ހަމަޖައްސާފައިވެ އެވެ. އެކަމަކު، މިހާތަނަށް އާއްމުކޮށްފައި ވަނީ އޭގެ ތެރެއިން ބައެއް ނަންތަކެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.
މި މަހުގެ 17 ގައި އުފެދުނު އާ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 49 ބޭފުޅުން އެބަތިއްބެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އެލަވަންސްގެ ގޮތުގައި ހަމަޖައްސާފައިވާ 15،000ރ. އާއެކު ކޮންމެ މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތްކައްކާ
29 November 2023
ދިވެހިން ބޭނުންވިގޮތް. ޝުކުރިއްޔާ ރައީސް މުއިއްޒު
އަނެއްކާ
29 November 2023
އަދަދުތައް މަތިވަމުން ގޮސް 699 ގަ ހުއްޓޭނީ.
ރަމަ
29 November 2023
ކެމްޕޭންތެރޭގައި މަސައްކަތްކުރެއްވި ކުދިންނަށް ދައުލަތުގެ ފައިސާބަހާލަނީ ހިތުހުރި ގޮތަކަށް ވިދާޅުވިގޮތަށް ޚަރަދުކުޑަ ސަރުކާރަކަށް މިސަރުކާރުނުވި!
ކަންމަތީ އަންކަލް
29 November 2023
މުސާރަ ބޮޑުކަމަށް ނަންވަނީ ރައްޔިތުންގެ ވޯޓުން ހޮވާ މަޖިލިސް މެންބަރުން އެކަނި. ފޯނުން ގުޅެނީވެސް މެސެޖް ލިބެނީވެސް ފައިސާގެ އެހީއެއް ވަނީވެސް މަޖިލިހަށް ހޮވޭ މެންބަރު. ދެން މިތިބަ ބޮޑު މުސާރަވެރިން އިތުރަށް ޖީބަށް އަޅާ ފުރާލާ ވަރު ދަންނަ ބަޔަކު ނޫޅޭ. ރައްޔިތަކަށް މިއިން މީހަކު އެހީއެއްވެސް ވާން ނުޖެހޭ. ހައިރާނެއް ނުވޭ؟
މޫސާކުއްދާ
29 November 2023
23 ވުޒާރާގައި 23 މިނިސްޓަރުން، ރައީސްއޮފީހުގައި 10 މިނިސްޓަރުން، ވުޒާރާތަކުގައި 46 ސްޓޭޓް މިނިސްޓަރުން، 46 ޑިޕިއުޓީ މިނިސްޓަރުން، މުލީއާގޭ އާއި ހިލާލީގޭ އަށް 4 މިނިސްޓަރުން، 4 ސްޓޭޓް މިނިސްޓަރުން، 4 ޑިޕިއުޓީ މިނިސްޓަރުން، މަދުތަ! މިފަހަރު މަތި ބަރުކޮއްލާނީ މުޅިންވެސް މިނިސްޓަރ ލެވެލްގައި.
އަލުން
28 November 2023
މުސާރަ ރަނގަޅެއް ނޫން
ވިސްނާލުމަށް އެދެމޭ
28 November 2023
ތިވަރުން ފުދޭނެތަ.. މަޑިސީލަ މީހުންނަވެސް މިނިސްޓަރުކަން..އެކަމުބުނި ވަރަށް ތައުލީމީ ގާބިލުމީހުންނޭ ސަރުކާރުގެ އެކިމަގާމުތަކުގަ ތިބޭނީ...ބޮޑުވަރުދޯމީ...ރައްޔިތުންގެ ފައިސާ މިހެން ހޭދަކުރަން ރައްޔިތުން ހަމަ އޯކޭތަ..ދެޝޭޙުންގެ ދަރިންނަވެފަ މަޑުމައިތިރިވީމަ..ހަމަޔާގީން ސިވިލްސާވިސްގެ ވަޒީފާއަކަށް ކުރިމަތި ލައިފިނަމަ ކިހާވަރެއްގެ މަގާމެލިބޭނެތަ މިފެންވަރުގެ މީހުންނަ..ގާއިމު މީގެ ގިނަމީހުން ވަޒީފާއެއްނެތި ތިބޭނީ ސިޔާސީފިކުރު ދިމާނުގެންނެނޫން.. .
ރިޔާޒު ރަށީދު
28 November 2023
އަޅުގަނޑު ދެކޭ ގޮތުގައި 20000 ސިޔާސީ މަގާމު އޮންނަން ޖެހޭ. އެއީ ރަނގަޅު ވެރިކަމެއް ކުރަން. ދަކްތަރު މުއިއްޒު އަށް ވާނެ. ހަބޭސް ރައީސް. ޔާމިން މިނިވަން ކުރޭ. ކުށްވެރިން ޖަލަށްލާ. ކަދުރު ބަހަންވާނީ ރަނގަޅަށް.
ހެހެހެހެހެހ
28 November 2023
މަތި ލުއި ސަރުކާރު
އެމީލިއޯ
28 November 2023
މިއީ ދިވެހިން ބޭނުންވި ގޮތް.....ވަކީލު ކޮށްލައިގެން ތިބޭ.
ޗަރުކޭސްބެ
28 November 2023
ބަލަ ތީ ބޭނުން ނުވާގޮތުގަވެސް ހުރި މަގާމުތައް