މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި (މ) އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަދި ހޯމް މިނިސްޓަރު އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
16 ޖުލައި 2025 - 01:07
މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އެންމެފަހުން އާންމުކޮށް، އެ މަގާމުތަކުގައި ތިބީ 922 މީހުން ކަމަށް ރައީސް އޮފީހުން މިރޭ ބުނެފި އެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ހާމަ ނުކުރާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުން މިރޭ ބުނީ ސިޔާސީ މަގާމުތަކުގައި މިވަގުތު ތިބީ 922 މުވައްޒަފުން ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
- މިނިސްޓަރުންގެ ގޮތުގައި 20 ބޭފުޅުން
- މިނިސްޓަރުންގެ ފެންވަރުގައި 14 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ހަތް ބޭފުޅުން
- ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
- ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި އަށް ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި ހަތަރު ބޭފުޅުން
- އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން
- އެހެނިހެން ސިޔާސީ މަގާމުތަކުގައި 49 ބޭފުޅުން
ރައީސް އޮފީހުން ބުނީ ސިޔާސީ މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދެއްވުން އަދި އަލަށް ބޭފުޅުން އައްޔަން ކުރައްވާތީ ޖުމްލަ އަދަދަށް އަބަދުވެސް ބަދަލު އަންނާނެ ކަމަށެވެ.
ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ރައީސް އޮފީހުން އެންމެ ފަހުން އާއްމުކުރިއިރު، އެ މައުލޫމާތުތައް ހޯދުމަށް މީޑިއާތަކުން މީގެ ކުރިން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ވެސް ފޯމުތައް ހުށަހަޅައިފަ އެވެ. އެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު ކުރިން އެންގެވި އެވެ. ނަމަވެސް ޖުމްލަ އަދަދު ހާމަ ނުކުރަނީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިގުތިސޯދު ރިފޯމް އެޖެންޑާގެ ދަށުން 248 ސިޔާސީ މުވައްޒަފަކު މިދިޔަ އަހަރު ވަކިކުރައްވައިފަ އެވެ.
އެކި މިނިސްޓްރީތަކުން މީގެ ކުރިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 1،400 އަށް ވުރެ ގިނަ އެވެ. ނަމަވެސް، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ރައީސްގެ އޭރުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރރާ
16 July 2025
އަހަރެން ހަމަގައިމުވެސް ދަންނަ މީހަކު އެބަހުރި ޕޮލިޓިކަލް ޑިރެކްޓަރގެ މަގާމުގައި. އޯލެވެލެ 3 ޕާސްވެސް ނެތް
އައިބްރޯ
16 July 2025
ބްރޯ ކިހިނެތް ތިހަދަނީ ވެރިކަންދިނީމަ؟ ސިޔާސީ މަގާމްތައް މަދުކުރަންއައިސް 700 އޭ ކިޔާފަ 950ގަ. ވަކިކުރި އެންމެންނަށް ސަރުކާރު ކުންފުނިތަކުން ސޮއިކުރާގޮތަށް ވަޒީފާއާއި މުސާރަދީފަ. ދެންތިބި މީހުން ބޭރު ގައުމުތަކުގަ ސަފީރުންނާއި އެހެނިހެން މަގާމުތަކުގަ. ބަޖެޓުގެ ބޮޑުބައި މިދަނީ އެކި މީހުނަށް މުސާރަ ދިނުމުގަ. އެކުން ތަޖުރިބާއާއެކު ބުނަން ވާހަކައެއް. އަޑު އަހައްޗެ. މިއީ ދިވެހިން. ވޯޓާޖެހުނީމަ ހަދާނެއެތި އެމީހަކަށްވެސް ޔަގީންނުވާނެ ވޯޓުގެ ކުރިން.
މާލޭ މޭޔަރު
16 July 2025
ރައީސުލް ޖުމްހޫރިއްޔާ އަދި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ ފެންވަރުގައި ބަޔަކު އެޕޮއިންޓް ކޮއްފަވެސް އޮވެދާނެ މިހާވަރަށް ގޮއްސަ އޮތިއްޔާ
ގުޅިގެން
16 July 2025
ސަރުކާރު ކޮންމެ އޮފީހެއްގައި އުޅޭ މީހެއް ޖަހާލަންވީނު އެމީހަކު އުޅޭ އޮފީހެއްގައި ތިބީ ކިތައް ސިޔާސީ މިހުންކަން، ޓެލީވޭތޯ ބަލާލަން؟
ޖައިސާމް
16 July 2025
ނުވާނެ ޓެލީއެއް. މިނިސްޓްރީ ނުވަތަ އޮފީހުގެ ލިސްޓުގަ ނެތް އެތައް ބަޔަކު އެބަތިބި ގޭގަ މުސާރަ ނަގާލަ ނަގާލަ
އައިމިނާ
16 July 2025
މި ސަރުކާރަށް. ވަރަށް ވެދުން. ކައުންސިލްތައް ލިބޭނެކަމަށް ބެލުމަކީ ދެރަކަމެއް. ކޮންސްޓްރެކްޝަން ދާއިރާގެ މަސައްކަތްތައް ކުދި ކުންފުނިތައް ގާތްގަނޑަކަށް ހުއްޓިފަ. ކުދިވިޔަފާރިތައް ހުއްޓުމުގެ މަގުމަތީގަ. އޮންލައިން ވިޔަފާރިތައް އަގުބޮޑުވެފަ. ޑޮލަރު އަތްނުފޯރާފަށުގަ. މީރާގެ އުނދަގޫ ކުންފުނިތަކަށް. ބިދޭސީ މަސައްކަތުމީހުން ގެނައުން ހުއްޓުވާފަ ދަތިކޮށްފަ. ފްލެޓްކުލީގެ މައްސަލަތައް.
ހަސަން
16 July 2025
މީ ކަނޑައެޅިގެން މުތުލަގަށް ބޮޑު ދޮގެއް.
ގޮނުއަނގަ
16 July 2025
ސުޔާސީ މަޤާމް ކިޔަނީ ކޯންޗަކަށްތޯ. ވައްކަން ކުރަންތިބޭ މީހުމްނަށްތޯ. ނޫނީ ދައުލަތެއްބހިންގަން ތިބޭ އިސް ވެރިންނަށްތޯ. ނޫނީ މެމްބަރުންނަށް ދުުރު ކައިރިކޮށްދޭން ރަށްރަށުން ފެނަކައަށް ލާފަބތިބޭ ސޮރުންނަށްތޯ. ނޫނީ ބޯގުނަށް ސިވިލްސާވިސްއަށް ޖަމާކުރީ ބޯބޮލަށްތޯ. ނޫނީ ބޮޑެތި ކުންފުނިތަށް ހަދައިހެން އަޅާ ބައިވަރު ތަކަށްތޯ. މިލިއުނީ ދައުލަތެއް ހިންގަން މީހުން ބޭނުން ނުވާވަރަށް މުސާރަ ދީފައި މީހުން އަޅާފައި ތިބޭ ތަންތަނުގެ ވާހަކަ. ޚިޔާނާތުގެ ވާހަކަ.
ޒަވިޔަނި.
16 July 2025
ދެންހިގާ އަހަރެމެން އަތްޖަހާލަން. ސަޅި. ދެންވެސްވިސްނޭނެ ރައްޔިތެއްނުހުންނާނެ. އެމީހެއްގެ ޖީބައްބަރުވީމަ ނިމުނީ. މީ މިޤާުމުގެ ޙާލަތު.
މުސާފިރު
16 July 2025
ޕޮލިޓިކަލް ޑިރެކްޓަރުންނަކީ އެއްވެސް ފެނ،ްވަރެއްނެތް ފެންވަރުމަތީ މަޤާމްތަކެއް. އެމަޤާމަށް ތައުލީމީ ފެންވަރެއް ބޭނުމެއް ނުވާނެ. މިޚިޔާނާތްތެރި ވެޒީފާ ތަކަކީ ދައުލަތް ދަރަނިން އަރާގަންނަން ހުރި ހުރަސްތަކެއް.
އިމްދާދްް
16 July 2025
އެމްޑީޕީމީހުން ވަރަށް ބޮޑަށް ސައިޒުވެފަހުރިހެން ހީވަނީ.