ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް ކުރިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ކާރިސާތަކުން އަރައިގަތުމަށް ފަސޭހައިން ފަންޑު ހޯދަން ކޮޕް-28ގައި ރާއްޖެއިން ވަކާލަތުކުރާނެ ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
29 ނޮވެމްބަރ 2023 - 13:53
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް އެހީ ދިނުމަށް ދުނިޔޭގެ އެކި ޖަމިއްޔާތަކުން ހަދާފައިވާ ފަންޑުތަކުން ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް، މާދަމާ ފަށާ މި އަހަރުގެ ކޮޕް ސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫއޭއީގައި ބާއްވާ މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް-28ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ތޯރިގް ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި މައްސަލަތަކަށް މި ސަމިޓުގައި ދިވެހި ސަރުކާރުން ވަކާލާތު ކުރާނެ ކަމަށެވެ.
މި ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ. އަދި މި ސަމިޓުގައި ރައީސް ތަގުރީރު ވެސް ކުރައްވާނެ އެވެ.
ތޯރިގް ވިދާޅުވީ ތަރައްގީވެފައިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ރާއްޖެ ކަހަލަ ކުދި ގައުމުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އެހެންވެ، މި ސަމިޓުގައި ރާއްޖެއިން ހާއްސަ އިސްކަމެއް ދީގެން އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ކޮޕް ސަމިޓުތަކުގައި ވެސް ބޮޑެތި ގައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ނިންމުންތަކެއް ނިންމާފައި ވިޔަސް، އެ މައްސަލަ އަށް އަދިވެސް އަލިމަގެއް ނުލިބޭތީ އެ މަޝްވަރާތައް ވެސް ކުރައްވާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް އެހީވާން ހަދާފައިވާ ފަންޑުތައް ރަނގަޅަށް މެނޭޖުކޮށް، ފަސޭހައިން ފައިސާ ލިބޭ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސްގެ ތަގުރީރުގައި ވެސް މިކަންކަމަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާނެ،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް ރާއްޖޭގެ ތިމާވެށީގެ ނާޒުކު ހާލަތާ ގުޅޭ މައުލޫމާތު ބޮޑެތި ގައުމުތަކުގެ ސަމާލުކަމަށް ގެނެސްދިނުމެވެ. އަދި ރައީސް އުއްމީދުކުރައްވަނީ މި ސަމިޓުގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ލިބި، ތިމާވެއްޓާ ގުޅޭ މުހިންމު މައްސަލަތަކަށް ހައްލު ހޯދަން ކުރާ މަސައްކަތުގައި ކުރިއެރުން ލިބުމެވެ.
މި އަހަރުގެ ކޮޕް ސަމިޓް ބާއްވަނީ މާދަމާ އިން ފެށިގެން އަންނަ މަހު 12ގެ ނިޔަލަށެވެ.
ރައީސް، ކޮޕް ސަމިޓަށް ދުބާއީ އަށް ވަޑައިގަންނަވަނީ https://t.co/K5pY0QfBsF
— Mihaaru (@Mihaarunews) November 22, 2023
ރައީސް މި ވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ތުރުކީގަ އެވެ. ޔޫއޭއީ އަށް ވަޑައިގަންނަވާނީ އެ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދެވެ.
ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމަށާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމަށާއި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމަށާއި އެކަމަށް ބާރުއަޅައި މަޝްވަރާ ކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ސަމިޓެކެވެ. މި އަހަރުގެ ސަމިޓުގައި 160 އަށް ވުރެ ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެހެއޭ
29 November 2023
ކޮޕް ސަމިޓް އިން ފަންޑް ހޯދުމަށްވުރެން މުހިއްމު ކަމެކޭ ރާއްޖޭގައި ތިބި ފަންނީ މީހުން ސަލާމަތް ކޮށް އެމެންނަށް ރަނގަޅު އާމްދަނީ އެއް ގާނޫނާއި ގަވާއިދުގެ ތެރޭން ލިބޭނެ ގޮތް ހަދާ އަދި އެއަދަދު ގިނަ ކުރުން ނަތީޖާ އަކީ އެމެން ދައްކާ ޖީއެސްޓީ އާއި ބީޕީޓީ އިތުރުވުމުން ގައުމުގެ އިގްތިސާދު އާރޯކަން ލިބި ރާއްޖެ އަށް ހިންދެމި ލެވޭނީ ސޯލަރ ޕެނަލް ޖަހާތާ 30 އަހަރުވީ އެންމެ ތެޔޮ ލީޓަރެއް ވެސް ނެތޭ ސަލާމަތް ވެފައި 10 ބިލިއަން ޑޮލަރުގެ ލޯން ރައްޔިތުން ދައްކަން
ނުވާނެއޭ
29 November 2023
ދުނިޔެ 2 ޑިގްރީ އަށް ހޫނުވެއްޖެނަމަ ކަނޑުގެ ލޮނުގަނޑު ބޮޑުވެގެން ގޮސް ދުނިޔޭގެ އެކިގައުމު ތައް އަރަގުވާނެ ކަމަށް ބުނެވާހަކަ ދައްކަނީ އެއީ ތިމާވެށި މެނޭޖްމެންޓް ކިޔަވައިގެން ތިބި މީހުންނޭ އެއީ އަދި އަސްލު ތިމާވެށި ދަންނާނެ ބައެއް ނޫނޭ ތިމާވެށި އިނގޭނީ ހިސާބު އިލްމް ވަރަށް ރަނގަޅަށް ކިޔަވާ ހިސާބު އިލްމްގެ އަސްލު ފެށުނު ތަން ހިސާބު އިލްމް އިން ހޯދިގެންނޭ އެކަން ނުކުރެވޭނެއޭ އިންސާނުންނަށް އެކަން ކުރަންއުޅުނު މީހުންތިބި ރަށްވަނީ ބަންޑުންޖައްސަވާފައޭ
ރައުލް
29 November 2023
ޔާމީންގެ ސުމާޓް ކަމަކީ މިކަހަލަ ތަނަކަށްވެސް ޖައްސާނުލާ ހަބޭހަށް ޤައުމު ހިންގެވި. މުޢިއްޒު އަދި މި އުޅުއްވަނީ ހޮވުނީންސުރެ ބޭރުގަ. އަދި ދާ ކޮންމެތަނެއްގަ ފަސްޓްލޭޑީ ފަހަތުގަ ވިއްދާފަހުރޭ.
އަފްރާސިޔާބު
29 November 2023
ތިމާވެށި ގުދުރަތީ ގޮތުގައި ބާއްވަން މި ގައުމުގައި ކުރީ ކޮން މަސައްކަތެއް؟ ފަޅުފަޅުތައް ކޮށައި ނަގާއިރު ތިމާވެއްޓަށް އެއްވެސް ބެލުމެއް ނެތް. އެކަމަކު ކޮޕް ގައި ނާޒުކު ތިމާވެއްޓެކޭ ކިޔައިގެން ރޮއިހޭރުން ކަމަކީ.
ނުހުންނާނެއޭ
29 November 2023
މުއިއްޒު ވެރިކަމަށް އައީ ކާކު އެންޑޯރޒް ކުރި ކެންޑިޑޭޓް އެލޭބަލް ޖަހައިގެންތޭ މަމެން މުއިއްޒު ގާތުން އަހާލަން ބޭނުންވެއޭ ދެން ކޮޕް 28 ސަމިޓް ގައި ބައިވެރިވާ އެއްވެސް ހެޑް އޮފް ސްޓޭޓަކު އެބަހުރިތޭ އޭނާ ވެރިކަމަށް ގެނައި ޕާރޓީގެ ލީޑަރަށް ދޮގު ހަދާ ޕާރޓީގެ ލީޑަރު ފޯން ކުރުމުން ފޯން ނުނަގާ ހުރި ރައީސަކު ނެތް ދޯ ދެން މުއިއްޒު ކޮޕް 28 ސަމިޓްގައި ބައިވެރިވެއްޖެނަމަ އެ ސަމިޓްގެ ދުވަސް ދިޔާއީއޭ އެއްވެސް ބަރަކާތެއް އެއަކު ނުހުންނާނެއޭ ނުހުންނާނެއޭ
ރައިދާ ޔޫސުފް
29 November 2023
އަލްޖަޒީރާ އާް މުއިއްޒު ދިން އިންޓަވިޔު ގަ މޫސުމަށް ބަދަލު އަައިސްގެން ދިވެހިރާއްޖެއަށް ގެއްލުން ނުލިބޭނެ ކަމަށް ވިދާޅުވި، އަދި ކްލައިމެޓް ޗާޖް އެމަނިކުފާނު ގަބޫލް ނުކުރާކަމަށްވެސް ވިދާޅުވި. ލަދުގަންނަން ޖެހޭނެ ތިޔަތަނަށްދާން އެއްވެސް ގޮތެއްނެތް ބައެއްމީ.
8
29 November 2023
ސަލާންޖެހުންނޫންގޮތެއް ދިވެހިންނަށް ނެތީބާ؟
ސުންދުސް
29 November 2023
ފަންޑު ހޯދައިން އައިސް އޮތިއްޔާ އޮތްހާ ފަޅެއް ފަރެއް ހިއްކާ ސުންނާފަތި ކޮށްލާ. ދެން އެކަން މަތި ޖަހަން މުރަކަ އިންދަނީއޭ ކިޔާ މޮޅު މަލަން ގަނޑެއް އަޅާނީ. މިއީ ހަމަ ކޮންމެ ސަރުކާރަކުން ވެސް ކަން ކުރާ ގޮތް. ދިވެހި ރާއްޖެއަކީ މިގޮތުން އެހާ އަބުރުވެރި ގައުމެއް ނޫން
ގެދާނޯމޮސް
29 November 2023
އަތްނުފޯރާ ފަށުގެ ވާހަކަތަަކަށް ދަތުރު ހޭދަނުކޮށް އަވަހަށް ވައުދުތަށް ފުއްދަން ލާރިކޮޅެއް ގެނެސްދެވޭތޯ ދަންނަވަންޖެހެއެވެ.
އަހުމަދު ސައިފުލް
29 November 2023
މީނާގަ އޮންނާނެ އަމިއްލަ އެންވަޔަރުމަންޓު ކުންފުންޏެއްވެސް އެނގިއްޖެ! އެ ބުނާ ފަންޑުތައް ހޯދައިގެން އެ ކުންފުންޏަށް ކަހާނުލާފިއްޔާ ކިތަންމެހާވެސް ރަގަޅު!