ރެއިންބޯ އިން މިއަދު ފެށި ޕްރޮމޯޝަނުގެ ޕޯސްޓަރެއް.
09 ފެބުރުއަރީ 2017 - 13:08
ބެޑްރޫމް ސެޓެއް ލިބޭ ޕްރޮމޯޝަނެއް ރެއިންބޯ އިން މިއަދު ފަށައިފި އެެވެ.
ރެއިންބޯ އިން ބުނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ހިމަނާފައިވާ މި ޕްރޮމޯޝަނުގެ ޕޯސްޓަށް ކޮމެންޓް ކުރުމަށް ފަހު، އެ މީހެއްގެ އަމިއްލަ ޕްރޮފައިލަށް ޝެއާ ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ. އެކަމަކު، ކޮމެންޓް ކުރާއިރު މަދުވެގެން ފަސް މީހަކު ޓެގް ކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރެއިންބޯގެ ޕްރޮމޯޝަނަށް ހާއްސަ ޕޯސްޓް.
އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ނިމުމުން ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ދެނީ ކިންގް ސައިޒުގެ ބެޑްރޫމް ސެޓެކެވެ.
ރެއިންބޯ އަކީ އެންމެ ފުޅާދާއިރާއެއްގައި ރާއްޖޭގައި ފަރުނީޗަރުގެ ވިޔަފާރި ކުރާ އެއް ކުންފުންޏެވެ. އެ ކުންފުނިން ކޮންމެ އަހަރެއްގެ ފަހުކޮޅު ބާއްވާ ޕްރޮމޯޝަންގެ އިތުރުން، ރޯދަމަހާއި އެ ނޫން ވެސް ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ވެސް ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދާނޯމަސް
10 February 2017
މަބުނީ ނެތޭ ބަހައްޓާނެ ތަނެއް، ތިޔާގެ ބޭނުންކުރަންވެސް، ތިޔަ ވިއްކާލެވެންދެންވެސް. މަށަކީ މިރަށަށް ވިހޭއްސުރެ މާލޭގައި އުޅެ ބޮޑުވެ، މުސްކުޅިވަމުންދާ، އެހެން ރަށެއްގެ ކޮންމެވެސް އެޑުރެހެއްގައި ދާއިމީވެފައިވާ ރައްޔިތެއް.
ހގ
09 February 2017
ރެއިންބޯއަށް ނޭނގޭ ކަމަކީ ލައިކް ކޮށް ކޮމެންޓްކޮސޤ ޝެއަރ ކުރަންތިބީ އަތުގަ ތިގަންނާނެ ފަދަނެތް ނިކަމެތިންކަން ގިނައިން މާލޭގަ. މާލޭގަ ނިކަމެތިން އުޅޭ ކޮޓަރި ތައް ތި ބެޑަށްވުރެ މާކުޑަ. ދެން ރަށެއްގަ ދިރިއުޅޭ ފަރާތަކަށް ލިބުނީމަ އޯކޭ