ރައީސް އޮފީހުގައި އޮތް އިވެންޓެއްގައި ރައީސް، ނައިބު ރައީސް އަދި ކޮމިއުނިކޭޝަން މިނިސްޓަރު: މިނިސްޓަރުންގެ ނައިބުކަން އިތުރު 17 ބޭފުޅަކަށް ވަނީ ދީފައި
30 ނޮވެމްބަރ 2023 - 21:40
އާ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް އިތުރު 17 ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ.
މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޑެޕިއުޓީ މިނިސްޓަރުންނަށް ބޭފުޅުން އައްޔަން ކޮށްފައިވާއިރު، ރައީސް އޮފީހުން މިއަދު އާންމުކުރި ލިސްޓާ އެކު، މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 61 އަށް އެރީ އެވެ.
ފުރަތަމަ ބުރުގައި ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރީ 20 ބޭފުޅެކެވެ. ދެ ވަނަ ބުރުގައި 26 ބޭފުޅެކެވެ. އަދި ޑެޕިއުޓީ މިނިސްޓަރުކަން އިތުރު 17 ބޭފުޅަކަށް ދީފައިވާކަން މިއަދު އިއުލާންކުރި އެވެ.
ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ވަނީ 49 ބޭފުޅަކު މަގާމުތަކަށް އައްޔަންކޮށްފަ އެވެ.
- އިބްރާހީމް ޝާޒް ހަބީބު، ފޮރިން މިނިސްޓްރީ
- އަމާނީ މުހައްމަދު، ހޯމް މިނިސްޓްރީ
- އާމިނަތު ނާޒިމާ، އެޑިއުކޭޝަން މިނިސްޓްރީ
- އާމިނަތު މާރިޔާ، އެޑިއުކޭޝަން މިނިސްޓްރީ
- ޝަޖާހު ފިރާގު، އެޑިއުކޭޝަން މިނިސްޓްރީ
- އަލީ ނާސިރު، ހެލްތު މިނިސްޓްރީ
- ނާޝިމާ ޢަބްދުއްލަތީފް، ޓޫރިޒަމް މިނިސްޓްރީ
- އިބްރާހީމް ސުއޫދު، ޓޫރިޒަމް މިނިސްޓްރީ
- އަޝްހަދު ސައީދު، ޓޫރިޒަމް މިނިސްޓްރީ
- ހަސްމާ ހަސަންމަނިކު، ސޯޝަލް މިނިސްޓްރީ
- އާމިނަތު ނަމްޒާ، ސޯޝަލް މިނިސްޓްރީ
- އާމިނަތު އިސްމާއީލް، ސޯޝަލް މިނިސްޓްރީ
- އަޒުހަރު އަބްދުﷲ ސައީދު، ހައުސިން މިނިސްޓްރީ
- އިބްރާހީމް ޔާސިރު، ޓްރާންސްޕޯޓް މިނިސްޓްރީ
- އާމިނަތު ޝަޝީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
- މަރްޔަމް ޝިއުނާ، ޔޫތު މިނިސްޓްރީ
- އިބްރާހީމް ފަޔާޒު، ލޯކަލް ގަވަންމަންޓް މިނިސްޓްރީ
ވެރިކަމާ ހަވާލުވުމުގެ ކުރިން ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ.
"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން،" ފިރުޒުލް މިދިޔަ އޮކްޓޫބަރު މަހު ނޫސްވެރިން ގާތު ވިދާޅުވެފައި ވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ފަހުން މި އަހަރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން، އެ ސަރުކާރުގައި 1،063 ސިޔާސީ މުވައްޒަފުން ތިއްބެވެ. އޭގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 808 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައިރާ
01 December 2023
ހިންގާލާފަ ހުންނާނެތާ. 5 އަހަރުގެ މަސައްކަތް 5 ހަފްތާއިން ނިންމާލެވޭނެ
ނިލިސް
01 December 2023
ފެންނަ ފެނުމަށް ހީވަނީ ރައީސް ޔާމީން ކައިރިއަށް ދާނެ ހެން ހީވާ މީހުންނަށް މަތީ މަޤާމުތައްދީ ގަނެލަނީކަމަށް.
ކާތިބު
01 December 2023
މިހާރު 63 ނައިބުންވެއްޖެ. ރައީސް އޮފީހުގެ ވެބްސައިޓް އަޕްޑޭޓް ކުރަންތިބި ކުދިންނަށް ވެސް އޮބިނޯވޭ. އެހެންވެ ފޮޓޯއެއް ފެންނަވަރެއް ނޫން. މިޒަމާނު ކާކުކަން މިއެނގެނީ ފޮޓޯ ފެނުނީމަ. އެއީ ބައެއްފަހަރު ބައެއް ބޭބޭފުޅުން މަޝްހޫރުވެފަ ހުންނަނީ މޮޅެތި ވަނަމުން ކަމަށްވާތީ. ނޫސްވެރިން ވެސް މިބޭބޭފުޅުންގެ ފޮޓޯ އާއި ވަނަވަރު ރައްޔަތުންނަށް ގެނެސްދޭންވެއްޖެ ނޫންތޯ؟ ނޫސްވެރިކަމަކީ 4 ވަނަބާރޭ ކިޔާ އަޑުއިވޭ. ރައްޔަތުންގެ ސަރުކާރުގެ މައްލޫމާތު އެމީހުން ބޭނުންވޭ.
މުހިންމު
01 December 2023
"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން،" މިސުރުހީއައް ލިޔާ ކޮންމެ ލިއުމެއްގަ މިތަންކޮޅު ފާހަގަކޮއްލުން ވަރައް މުހިންމު. ޝުކުރިއްޔާ
އަޑު
01 December 2023
ބުނިބަހަކާއި އަމަލުދިމައެއްނުވޭ. ބުނީ މަގާމުަތަކަށްލާނީ ތައުލީމީ ގާބިލުމީހުންކަމަށް
ފިޔަވަޅު
01 December 2023
ބަލަ އެހެން ސަރުކާރު ތަކުން ވެރިކަން ކުރީ 3 މީހުން ލައިގެންތަ . މިދިވެހިންނަކީ އަޖައިބެއްފަދަ ބައެއް. މޭބިސްކަދުރު ނުބިނދެވިހޖިއްޔާ ހުތްކަމައްވާނީ
ވާވާ
01 December 2023
ހުސް ބޭކާރު މީހުން! ގިނަ މީހުން ހީކުރި ގޮތަކަށް ނޫން ރައީސް މުއިއްޒު މި ކަން ކުރައްވަނީ!
މުޒީއު
01 December 2023
އޭ ދިދަޔާ، ކިތައް ނައިބުންތަ ލާންވީ؟
އަބްޑޫޅް +
01 December 2023
ބަލަ މިޝްޓީ ތަކަށް ދިވެހި ނަން ކިޔާ ކަންތްއް މި ދިޔައީ ތޮޅިޔަށް ދޯ؟ ބޮއް! ނުފޯރާ ފޮތިން ފޫގަޅަން ނޫޅޭ!
މިހެރަބޮޑުދިދަ
01 December 2023
ތަަައުލީމީ ގާބިލް މީހުންލާނަމޭކިޔާފަ ، ގިނައިން މިފެންނަނީ ޗެނަލް13 ފަދަ ތަންތަނުގަ އަނގައިގަ މަޑިސީލަ ތާށިކޮށްލަައިގެން އުޅުނު ގުރޫޕް. އެމީހުން ކިޔެވި ޔުނިވަރސިޓީ ތައްހުރީ ދުނިޔެއިންބޭރު. އިބުރާހިމަށްވީވަރުވެސް ވާނެތޯ އެބަ ސުވާލުއުފެދޭ.