ޕެޓިޝަން ކޮމިޓީގައި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
06 ޑިސެމްބަރ 2023 - 13:33
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީ އަށް ވަދެ އަޑުގަދަކުރީ 10 ވަރަކަށް މީހުން ކަމަށާއި ފްލެޓް ދިނުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުއްޓުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ކުރީގެ ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާން ކޮށްފައިވާ ފްލެޓްތަކުގެ ލިސްޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމަށް އަކްރަމާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ހާޒިރުކުރި އެވެ.
ކޮމިޓީގައި އަކްރަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޭން ނިންމި ފުރަތަމަ 4،000 ފްލެޓް ނުލިބިގެން މިނިސްޓްރީ އަށް ގޮސް އަޑުގަދަ ކުރީ ވަރަށް މަދު ބައެއް ކަމަށެވެ. އެއީ 10 ވަރަކަށް މީހުން ކަމަށާއި ދެން އެ ތަނުގައި ތިބީ މީޑިއާތައް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
"މި 4،000 ފްލެޓަށް ނާރާ މީހުން ވަރަށް ހިތްހަމަނުޖެހިގެން އައިސް މިނިސްޓްރީގައި ހަޅޭއްލަވާ ހެދި، މި ދެންނެވީ ނުރުހުން ފާޅުކުރި. ނުރުހުން ފާޅުކުރުމުން ގާތްގަނޑަކަށް އޭގައި ތިބީ އަސްލު 10 ވަރަކަށް ފަރާތް، ދެން ގިނައީ އެކި މީޑިއާތައް އިނގޭތޯ،" އަކްރަމް ވިދާޅުވި އެވެ.
ޕެޓިޝަން ކޮމިޓީގައި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ މީހުން ނުރުހުން ފާޅުކުރުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ. އޭސީސީން ވެސް އެގޮތަށް އެންގި ކަމަށާއި އެހެންވެ، ފްލެޓްތަކުގެ ގުރުއަތުލުން ބޭއްވީ އޭގެ ފަހުން ލިބުނު ޝަކުވާތަކަށް ޖަވާބު ދިނުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަކުވާ ގޮތުގައި 7،000 މައްސަލަ ލިބުނު އިރު، ގިނައިން ހުށަހަޅާފައި ހުރީ މާލޭގައި ދިރިއުޅުނު މުއްދަތާ ގުޅޭ ޝަކުވާތައް ކަމަށް އަކްރަމް ވިދާޅުވި އެވެ. މާލޭގައި ދިރިއުޅޭ މުއްދަތަކީ ހަމައެކަނި ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ބަލާ އެއްޗެއް ކަމަށާއި މީހާ މާލޭގައި ދިރިއުޅުނު މުއްދަތަށް ޕޮއިންޓް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ އޭސީސީން 4،000 ފްލެޓުގެ މައްސަލަ ހުއްޓުވީ ފްލެޓްތަކުގެ ގުރުއަތު ނަގައި ވެސް ނިންމި ފަހުން ކަމަށެވެ.
"ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ގުރުއަތުލުމުގެ މަސައްކަތް ނިންމާލެވުނީ. މަސައްކަތް ނިމެމުން ދިޔައިރު ފްލެޓް ކޮމިޓީގެ ބޭފުޅުން އޭސީސީގެ ނައިބާ ވާހަކަ ދައްކަމުން ގެންދެވީ. ކިހިނެއްތޯ މިކަން ގެންދާނީ. އޭރު ވިދާޅުވި ހުއްދަ ދީފައި ސިޓީއެއް ވެސް ފޮނުވާނެ ކަމަށް. އެ ސިޓީ ނައީމާ އަޅުގަނޑުމެން ސިޓީއެއް ފޮނުވީ މައްސަލަތައް ބަލައި ނިންމައިފި ކަމަށް،" އަކްރަމް ވިދާޅުވި އެވެ.
"އެހެންވެ އެރޭ ލައިވްކޮށް ގުރުނެގުން އަށެއް ޖަހާކަށް ހާއިރު ފަށައިގެން ކުރިއަށް ގެންދިޔައީ. ގުރު ނަގާ ނިންމާލެވުނު 12:30، 1:00 ހާއިރު. އަނެއް ދުވަހު އޮފީހަށް އައިސް ގާތްގަނޑަކަށް 10 ޖަހާކަށް ހާއިރު ސެކްޝަނަށް އޭސީސީގެ ސިޓީއެއް އައީ ފްލެޓްގެ ކަންކަން ހުއްޓާލުމަށް. އޭގައި އަވަސް ވެސް ޖަހާފައެއް ނެތް. އޭރު އެކަން އޮތީ ނިމިފައި."
އަކްރަމް ވިދާޅުވި ގޮތުގައި، އޭސީސީގެ އެ ސިޓީ އަށް ފަހު މިނިސްޓްރީން އިތުރަށް ނުކުރެވުނު ކަމަކީ ބާކީ ތިބި ފްލެޓް ލިބޭ 14،000 މީހުންނަށް، އެ ލިބޭނެ ކަމުގެ ލިޔުން ނުދެވުމެވެ.
"އޭސީސީން ހުއްޓާލަން އަންގައިގެން އަޅުގަނޑުމެން ނުހުއްޓައެއް ނުހުންނާނެ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުއްޓާލަން އޭސީސީ އަށް ނުވެސް އެންގޭނެ. ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ނިންމެވުމެއް އެބަ އޮވެއޭ [އޭސީސީ އަށް] ނުހުއްޓުވޭނެ ކަމަށް، އެކަމަކު މައްސަލަ ބެލިދާނެއޭ،" އަކްރަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިދަރިން
07 December 2023
އިންސާފާ ޢަދުލްވެރިކަމުން ޢެކަހެރިވެ މަކަރާހީލަތުން ހައްޤުން އެއްކިބާވެ ނުހައްޤް ހައްގަހެދުމަށްމަސައްކަތް ކޮށްފާވާކަން ލިސްޓްގައިހިމެނިފައިވާ ބައެއް ފަރާތްތަކުގެ ބަހުންނާ ވަޒަންވެރިވެ ދިރިއުޅެމުންދާ ރަށުން ހެކިފެންނަން ހުރިނަމަ އަދުލްވެރި ނިންމުމެއް ނިންމަންޖެހޭ!
ހުސައިން
07 December 2023
މަވެސް އަޑުގަދަ ކުރަން ލިބެނވީ 12 ޕޮއިންޓް ނުލިބޭތީ
ހާދަފޫސެއްވެޔާ
06 December 2023
ކިހާބޮޑު ދުއްޕާނެއް މިވެސް ދެން. ރުޅިއަރުވަން ނޫޅެ މިކަލޭގެ އަނގަ މައިތިރިކޮށްބަލަ
ޖާބެ123
06 December 2023
ގޯތި ލިސްޓާ ފްލެޓް ލިސްޓް ބާތިލްކޮށް އަލުން ގުރުއަތުލުމަށް މުއިއްޒަން އަންގަން ވަގުތު ވަގުތަށް..
ނައި×ް
06 December 2023
މީނާ އަދި އެއް އައިނު އެޅިނަމަ އެތާތިބި މީހުން ފެނުނީސްކަންނޭގެ
ތަންދޮރުނުދަންއައަކުރަމް
06 December 2023
އަޑުގަދަކޮށް ހަޅޭފަޅޭ ނުޖެހިޔަސް، ހަމަގައިމުވެސް އަހަރެންނާ އަހަރެންގެ އާއިލާ ވޯޓްނުދިނީ ތިމީހުންގެ ގެދޮރު ސިޔާސަތާހެދި. އެހެންވީމަހަ ހަމަ ތިއުސޫލުން ބުނެވިދާނެ ވޯޓިން އާބާދީގެ ދެބައިކުޅަ އެއްބަޔެއްވުރެ ގިނަ މީހުން ތިކަން ހުއްޓުވަން ބޭނުމޭވެސް.
އަލި
06 December 2023
އަހަރެމެން އަޑުގަދަކުރަން ނުދާތީ ކަލޭ ހީކުރީ އަހަރެމެން ކަލޭ ހެދި އެއްޗެއް ހެދިގެން ތިބީކަމަށްތަ؟.
ދަލޭކަ ދައިތަ
06 December 2023
މި އުމުރަށް ދާއިރުވެސް މި މިީހުން ހިތަކަށް ނާރައޭ ކޮންމެފަދަ ވަގުތެއްގައިވެސް މަރުވެދާނެކަން. ގެންދެވެން އޮތީ ކުރި އަމަލެއްކަން. ނުބައި މީހުންގެ އިތުރުވާނީ ނުބައިކަން.
ފުލެޓް ފޯމް.
06 December 2023
ދިވެހިން ފޯމް ފުރަން އެބަ ދަސް ކުރަންޖެހޭ. އެންމެގިނަ މާކްސްލިބޭ ގޮތް އެބަ އޮތް. އެގޮތަށް ފޯމް ފުރީމަ ނިމުނީ، އެ ހެޔޮ ކޮންމެ ތާކު އުޅުނަސް. ފުރަތަމަ ކަށް ދިރުއުޅުމުގެ މުއްދަތަށް ރައްރަށުގެ ކައުން ސިލް ތަކުން އެރެށެއްގައި އުޅުނު މީހަކަށް ވެސް އޭނަ އުޅުނީ މާލޭގައި މިއިނެ މުއްދަތުކުންނޭ ކިޔާފައި ލިޔުންދީފަ. އެގޮތަށް ފާޑު ފާޑު ކުން ފިނިތަކުންވެސް ލިޔުން. ދެން އުޅޭ ހާލު ބުނަން އެއްފަހާނަ ބޭނުން ކުރާ 12 މީހުން ޖަހާފަ. އެހާލަތުގެ އެޑްރެސް ދީފައި.
އަބޫ ހުނަައިން
06 December 2023
ބަލަ ޙަޅޭއްލަވާފާަނެ 10 މީހުން. ކޮބާ މައްސަލައަކީ؟ ކިތަންްމެ މަދު މީހަކު ތިތަނަށް ގޮސް ހަޅޭއްލެވިޔަސް ތިކަން އަކުރަމް މެން ކުރީ އިންސާފަކުން ނޫން ކަން، ތިބުނި ވާހަކަ ތަަކުން މިހާަރު މާ ބޮޑަށްވެސް ޔަގީން ވެއްޖޭ.