ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު.-- ފޮޓޯ: ރައީސް އޮފީސް
06 ޑިސެމްބަރ 2023 - 16:04
ސިޔާސަތުތައް ކަނޑައެޅުމާއި ގައުމީ ތަރައްގީގެ ކަންކަމުގައި މިންތީގެ ހަމަހަމަ ކަމަށް، ލިބެން ހުރި މައުލޫމާތުގެ ބޭނުން ހިފުމަކީ އިހްތިޔާރެއް ނޫން ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
"ޖެންޑާ ޑާޓާ ޔޫސް އިން ޕޮލިސީ މޭކިން ވެލިޑޭޝަން އެންޑް އެޑްވޮކަސީ" ވޯކްޝޮޕް ފައްޓަވައި ދެއްވަމުން ފަސްޓް ލޭޑީ ވިދާޅުވީ އަންހެނުންގެ ބައިވެރިވުން މިހާރަށް ވުރެން އިތުރުކުރަން ޖެހޭ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ގައުމީ ތަރައްގީގެ ހުރިހާ ކަމެއްގައި ވެސް މިންތީގެ ހަމަހަމަކަން ނުވަތަ އަންހެނުންގެ ބައިވެރިވުން އިތުރުކުރު ކަމަށެވެ.
ސިޔާސަތުތަކާއި ގަވާއިދުތަކާއި ގާނޫނުތައް އެކުލަވައިލާއިރު ރައްޔިތުންގެ އުންމީދުތަކާ މެދު ވިސްނުމަށް ވެސް އެކަމަނާ ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.
ސިޔާސަތު ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމާ ގުޅޭ ޑޭޓާ ބޭނުންކުރުމުގެ މުހިއްމު ކަަމަަށް ބާއްވާ ވޯކްޝޮޕްގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
އެ ވޯކްޝޮޕަކީ ނިންމުންތައް ނިންމުމުގައި ޖެންޑާ ޑާޓާ ބޭނުން ކުރެވޭ މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާގެ ހޯދުންތަކުގެ ސައްހަކަން ޔަގީންކުރުމުގެ މަގުސަދުގައި ބާއްވާ ދެ ދުވަހުގެ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް ކުރިއަށް ގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ޕެރިސް21އާ ގުޅިގެންނެވެ.
މިންތީގެ ހަމަހަމަކަމަކީ އިހްތިޔާރެއް ނޫން ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި މިންތީގެ ހަމަހަމަ ކަމުގެ އިތުރުން އަންހެނުން ކުރިއަރުވަން މި ސަރުކާރުން މަސައްކަތް ކުރާނެ އެވެ.
"އަންހެނުންގެ އިގްތިސާދީ ހިއްސާ އިތުރުކުރުމާއި، ސިޔާސީ އަދި އާންމު ދިރިއުޅުމުގައި ބައިވެރިވުން އިތުރުކުރުމަކީ މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެ ދާއިރާތައް،" އެކަމަނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ލިބެން ހުރި ޑޭޓާތައް ފުޅާ ދާއިރާއެއްގައި ދިރާސާކުރެއްވުމުގެ މުހިންމުކަމަށް ވެސް އެކަމަނާ ވާހަކަ ދެއްކެވި އެވެ.
ފަސްޓް ލޭޑީ ސާޖިދާ ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ސިޔާސަތުތައް ބައްޓަން ކުރުމަށް ރާއްޖޭގައި ހުރި ޑާޓާގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވާލުމަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްނާ އަލީ
07 December 2023
އަލަށް ސަރުކާރުން ހަގީގަތުގައިވެސް އަންހެނުން ބާރުވެރި ކުރާ ތަން މިފެންނަނީ
ރިހުލާ އަލީ
07 December 2023
މެޑަމް ސާޖީ އަކީ ހަމަ ވަރަށް ރަނގަޅު ކަނބަލެއް. ކަމަނާގެ ބޭނުން މިގައުމަށް ވަރަށް މިހިއްމު
ސީމާ ޢަލީ
07 December 2023
ޓޮޕް މެނޭޖްމެންޓްގައި އެއްމެ ގިނަ ކަނބަލުން ގިނައީ ރައީސް މުއިއްްޒް ގެ ވެރިކަމުގައި.
ޒަރީރު
07 December 2023
މި ސަރުކާރުގެ ހުރިހާ ދާއިރާއަކުންވެސް އަންހެނުންނަ ފުރުސަތު ލިބޭނެ
އަހްމަދު އާޒިފް
07 December 2023
ރައީސް މުއިއްްޒް ވަނީ ކަނބަލުން ބާރުވެރިކުރަން ވަރަށް ގިނަ ކަންކަން ރާވާފަ.
އަޒްމާ އަލީ
07 December 2023
ހެޔޮކޮށް މެޑަމް ތިބުނީ.
ފާއިޒު‘
07 December 2023
އަންހެނުން ބާރުވެރިކުރުމަށް މިފަހަރު ސިޓީ ކައުންސިލްގެ މޭޔަރަކަށް އާޒިމާ ހޮވާލަމާ
ފަޒްލީނާ
07 December 2023
ޑރ. މުއިއްޒގެ އެންމެ ބޮޑު އެއް ވައުދު އަދި މެނިފެސްޓޯގައިވެސް އިންނާނެ އަންހުން ބާރުވެރިކުރުވުން
ޖުނައިނާ އަހްމޑޫ
07 December 2023
އަންހެހުން ބާރުވެރި ކުރެވޭނީ އެކަށީގެންވާ ތަމްރީނުތަކެއް ލިބިގެން. އެ ފުރުސަތުތައް މިސަރުކާރުން ލިބޭނެ
ޒުބައިދާ
07 December 2023
ވިޔަފާރީގެ ދާއިރާގައި ވެސް އަންހެނުން މިހާރަށް ވުރެއް އިތުރަށް ހަރަކާތްތެރިވާންޖެހޭ. ފުރުސަތު މިސަރުކާރުން ފަހިވާނެ