މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
27 އެޕްރީލް 2025 - 11:55
އަންހެނުންގެ ދައުރާ ނުލައި މުޖުތަމައުއެއް އިސްލާހު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމަށް ދެއްކެވި ވާހަކާގައި ފަސްޓް ލޭޑީ ވަނީ ދިވެހި އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށްވުމަށް ބާރުއަޅުއްވައިފަ އެވެ. އަދި ގައުމެއްގައި އަންހެނުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި އަންހެނުންނާ ނުލައި ގައުމެއް ބިނާ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ގައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން. އަންހެނުންގެ ހަގީގީ ދައުރާ ނުލައި މުޖުތަމައެއް އިސްލާހުކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫން،" އެކަމަނާ ވިދާޅުވި އެވެ.
މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު (މ) ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ދިވެހި އަންހެނުންނަކީ ގައުމީ ރޫހު ދިރުވާބަޔަކަށް ވުމަށާއި، ޒަމާނުގެ އިލްމުތަކާ ފަންނުތަކަށް ލޯހުޅުވިފައިވާ، އެ ކަންކަމަށް އަހުލުވެރި ބަޔަކަށްވުމަށް ވެސް ގޮވައިލެއްވި އެވެ.
މީގެ އިތުރުން އިސްނަގައިގެން ހަރަކާތްތެރިވެ އިސްރޯލެއް މުޖުތަމައުގައި އަދާކުރާ ބަޔަކަށް ދިވެހި އަންހެނުން ވުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ. މިކަމާ ގުޅުވައި، ފަސްޓް ލޭޑި ވިދާޅުވީ ގާލްގައިޑް ހަރަކާތަކީ ކޮންމެ މުޖުތަމައަކަށް ވެސް ބޭނުންތެރި މުހިންމު ހަރަކާތެއް ކަމަށެވެ. އަދި އެއީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއްކަމަށް ވިދާޅުވި އެވެ.
މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ގާލްގައިޑްސް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫންކަމާއި، އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭ ކަމަށާއި އެއިން ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭކަން ވެސް ފާހަގަކުރެއްވި އެވެ.
ފަސްޓްލޭޑީ ވަނީ ވާޖިބު އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި އަވަދިނެތިވުމަކީ ކިހާވަރެއްގެ އުފަލެއްކަން މި ހަރަކާތުން އިހްސާސްކޮށްދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
28 April 2025
ރާއްޖޭގައި އޮތީ ބިދޭސީންގެ ދައުރެކެވެ!
ހޮޓްކިންގ
27 April 2025
ތިކަހަލަ މީހުންގެ ވާހަކަ އަހަންވެސް ފޫހި.
ނަމީލާ
27 April 2025
ކޮން ބޭކާރު ވާހަކައެއް ދައްކާކަށް؟ ވެރިކަމުގެ އޮފުކަމަށް ފޫގަޅާފަ!
އެޑްވެންޗާސް އޮފް ސިގްމޭން އެންޑް ވޭޕްބޯއީ
27 April 2025
އާދޭހެވެ. މެޑަމް ތިޔަ ވިދާޅުވީ ހަމަ ރަނގަަޅަށެވެ. ބައެއް މައިން މަގާމަށް ޓަކާ ހެދި ދަރިންނަށް ދުވާލުގަޑީގަ އަޅާ ނުލެވޭތާ ރޭގަނޑު ރައްޓެހިންނާ އެކީ ނާޗަރަނގީ ކުޅެން ހަދައިގެން ރޭގަނޑުވެސް ދަރިންނަށް ވަގުތު ނުދެވެއެވެ. ނަތީޖާއަކަށްވަނީ ދަރިން ނުބައި ގޯޅިއަޅައިގެންގޮސް ދުންފަތުގެ އިސްތިއުމާލާ ކުރުމާއި އެފަދަ އެހެން ކަންކަން ކުރަން ފަށަނީއެވެ.
ފަހުދު.
27 April 2025
އަންހެނުންގެ ބާރު އޮތީ އެއްލާލާފަ
އިސްލާހު
27 April 2025
މުޖުތަމާ އިސްލާހުވާނީ ވެރިންނާ ހިސާބުންވެސް ޒާތީވުން ދޫކޮށްލައިގެން.
ގެދާނޯމޮސް
27 April 2025
އަޅުގަނޑުމެން އިސްލާޙް މާނަކުރަނީ ދީނަށް ނަސްރުދޭން ބުނެ ބުރުގާއަޅައިގެން ތިބޭތިބުމަށެވެ. ނަމަވެސް ސްކޫލްތަކާއި ތިފަދަ އެތަށް އީވެންޓްސް ތަކުގައި ނަމާދުގަޑި ތަކުގައި ކަނބުލުން ގެ ތިބުނާއިސްލާހް ވަރައްސާފެވެ.
ދައުރު
27 April 2025
އަންހެނުންގެ ދައުރު މުހިއްމުކަން ސަރުކާރު ޢަމަލުތަކުން ވަރަށް ވެސް ސާފެވެ.
އ
27 April 2025
ރިޔާސީ ވެރިކަމެއްގަ ފަސްޓްލޭޑީގެ ދައުރަކީ ކޮބާ....
مالديفي
27 April 2025
ޕޯޑިއަމަށް އަރާ ދައްކާ ވާހަކައެއް. ނަތިންގ މޯ އޯ ލެސް