07 ޑިސެމްބަރ 2023 - 21:06
ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކުރިން ޕީޕީއެމް/ޕީއެންސީން ބާއްވާ ޕްރައިމަރީގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ) ވާދަކުރާ ގޮތަށް އުސޫލު ހަދައިފި އެވެ.
ސަރުކާރު ހިންގާ ދެ ޕާޓީގެ ޕްރައިމަރީ އަށް މިއަދު ހުޅުވައިލި އިރު ޕްރައިމަރީގައި ވާދަކުރުމާ ބެހޭ ހާއްސަ އުސޫލެއް ވެސް ޕީޕީއެމް/.ޕީއެންސީން އާންމުކުރި އެވެ.
އެ އުސޫލުގައިވާ ގޮތުން 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު އޮންނާނެ އެވެ. އެމްއެންޕީ އާއި އެމްޑީއޭއާއެކު އެއްބަސްވާ ގޮތުގެ މަތިން އެ ޕާޓީތަކަށް ކޯލިޝަންގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް އުސޫލުގައި ބުނެފައި ނެތް ނަމަވެސް މީގެ ކުރިން ލައިވްކޮށް ކުރިޔަށް ގެންދިޔަ އެމްއެންޕީގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ އޭރު އެއްބަސްވެފައި އޮތް ގޮތް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ދާއިރާއަކަށް ސަރުކާރު ކޯލިޝަންގެ ހަތަރު ޕާޓީގެ ފަރާތުން ވެސް ކެންޑިޑޭޓުން ނުކުންނަން ޝައުގުވެރިވާ ނަމަ ޕާޓީތަކާއި ވަކިވަކި މެންބަރުންގެ މެދުގައި ބާއްވާނީ އެއް ޕްރައިމަރީ އެކެވެ. އަދި އެ އިންތިހާބު ކާމިޔާބު ކުރާ ފަރާތެއް ހުރިހާ ޕާޓީއަކުން ވެސް އެންޑޯޒް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ޕްރައިމަރީގެ އުސޫލުގައި އޮތް ގޮތުން ނަމަ އިންތިހާބާ ބެހޭ ހުރިހާ ކަމެއް އިންތިޒާމް ކުރަނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުންނެވެ. އަދި އެކަމާ ބެހޭ ކޮމިޓީތައް ވެސް އެކުލަވާލަނީ ދެ ޕާޓީގެ ލީޑާޝިޕުންނެވެ.
ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ މަހު 20 ގައެވެ. އަދި ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 31-20 އަށް އޮންނާނެ އެވެ. އެ އިންތިހާބުގައި ބައިވެރިވެވޭނީ އަންނަ އާދީއްތަ ދުވަހާ ހަމައަށް ދެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
09 December 2023
ރަނގަޅު ވޯޓަކުން މެޖޯރިޓީ އިން ހޮވޭނީ ޕީޕީއެމް ކެނޑިޑޭޓުން. އެކަމަކު ޝަރުޠުހަމައެއް ނުވެޔޭ ނޫނީ އިންޓަރވިއުއިން މާކުސް ދަށޭ ކިޔާފަ ކަޓުވާލާނީ!
ޢޯކޭ
08 December 2023
މެމްބަރުންގެ މުސާރަ އަދި އިނާޔަތްތައް ކުޑަކުރަން ވައުދުވެލަނިކޮށް ސުޕަ މެޖޯރިޓީ ހޯދިދާނެ.
އޮނަރަބްލް އަފީފު ދީދީ
08 December 2023
ކުރިއަށްއޮތް މަޖިލިސް އިންތިޙާބުގައި ގަނޑުބަޑުކޮށް ނިކުތުމަށް ކުރީގެ އެމްޑީޕީއާއި އަދާލަތު އެއްބަސްވުމަކާއި ހަމައަށް އައިސްފައި ވަނިކޮށް މިއަދު މިއޮތީ ޕީޕީއެމް/ޕީއެންސީން ބާއްވާ ޕްރައިމަރީގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ) ވާދަކުރާ ގޮތަށް ގޮތް ކަޑައަޅާފަ!!؟ މިއީ ދިވެހިން މަރަށްފުރާނައަށް ބެލުމެއްނެތި މަލްޓިޕާޓީ ޑެމޮކްރަސީ ނިޒާމެއްހޯދައިގަތުމަށް ތެދުވިއިރު ބޭނުންވިގޮތް ނޫންކަން ނޭގެނީތޯ؟
ވާވާ
08 December 2023
ދަ ޑިމޮކްރަޓްސް ކިޔާ ފާޓީ މީހުން ބާކީ ކޮށްލީތަ؟
ޞޯބެ
08 December 2023
ޓީ ކޮން އުސޫލެއް، ކޮންތާކުން ފުންމާލިބައެއްތީ. ތިމީހު ް މުއިއްޒުއަށް ދޭނީ ލަނޑ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
07 December 2023
އެއްކޮޅުގާ މިއޮތީ އިބޫއާ އަދާލަތާ. އަނެއްކޮޅުގާ ފީފީއެމާ ޕީއެންސީއާ އެމްއެންޕީއާ އެމްޑީއޭ. ސުވާލަކީ އަންނިޕާޓީއާ މައުމޫނުޕާޓީއާ ގާސިމްޕާޓީ ހަދަނީ ކިހިނެއްތޯ؟ މިތިންބައިމީހުން އެއްގަލަކަށް އަރާ ކޯލިޝަނެއް ހަދަނީތޯ؟
ކޮޅުފަސް
07 December 2023
މުއިއްޒު މަޖިލިސް ކޮންޓްރޯލް ނަގަން ބޭނުންވާނަމަ ތިޔަ ހިޔާލު ދޫކޮށްލަންޖެހޭ. މުތުލަގަށް މުއިއްޒަށް އިތުބާރު ކުރެވޭ އެކަށީގެންވާ އަދަދެއްގެ މެޖޯރިޓީ ނެތިއްޔާ ދެ އަހަރެއް ފަހުން އުދަގޫތަކާ ކުރިމަތިވާނެއެވެ. ބައިއަޅަން ހަދައިގެން ލޮޓިއެއް ލިބިދާނެއެވެ. 2019ގެ އިންތިހާބުގަވެސް އަންނި ބައިއަޅަން އެއްބަސްނުވުުގެ ނަތީޖާ އެމްޑީޕީއަށް ކުރިއެވެ. އެއީ ސަރުކާރުގަ އޮވެ ކާމިޔާބު ކުރަން ފަސޭހަވާނެތީއެވެ. އެކަމަކު އިދިކޮޅުގަ އޮންނައިރު ބައިއެޅުން ރަގަޅުވެދާނެ