ޚަބަރު / މުހައްމަދު ނާޒިމް (މާފަންނު އުތުރު ދާއިރާ)

މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ވާދަކުރާނީ ގުޅިގެން!

އެކުގައި މަސައްކަތް ކުރުމަށް ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީން މިދިޔަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމާއި އެމްއެންޕީގެ ރައީސް ނާޒިމް އެއްބަސްވުމާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

10 އޮކްޓޯބަރ 2023 - 22:13

39 comments

ކުރިއަށް އޮތް ހުރިހާ އިންތިހާބެއްގައި ގުޅިގެން ވާދަ ކުރަން ޕީޕީއެމް/ޕީއެންސީއާ އެކު އެއްބަސްވެފައިވާ ކަމަށް އެމްއެންޕީން މިރޭ ބުނެފި އެވެ.

އެމްއެންޕީގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް އެކަން ހާމަކުރެއްވީ، ޕީޕީއެމް/ޕީއެންސީއާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމުގައި އިންތިހާބުތަކާ ގުޅޭ ގޮތުން ހުރި ވާހަކަތައް ސާފު ނުވާތީ އެކަމާ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅު ކުރުމުންނެވެ.

ނާޒިމް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ވެފައިވާ އެއްބަސްވުމުގައި އިންތިހާބާ ބެހޭ ހާއްސަ މާއްދާއެއް އޮންނާނެ ކަމަށެވެ.

އެ މާއްދާގައިވާ ގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ބާއްވާ ހުރިހާ އިންތިހާބެއްގައި ތިން ޕާޓީ ވާދަ ކުރާނީ ގުޅިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އިންތިހާބެއް ކުރިމަތިވުމުން ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ނަމަ ޕްރައިމަރީއެއް ބާއްވައި އެ ޕްރައިމަރީ އިން މޮޅުވާ މީހަކަށް ހުރިހާ ޕާޓީއަކުން ތާއީދު ކުރާނީ،" ޕީޕީއެމް/ޕީއެންސީއާ އެކު މިދިޔަ މަހުގެ 12 ވި އެއްބަސްވުމުގައި މަޖިލިހުގެ އިންތިހާބަށް ވާދަކުރުމާ ގުޚޭ މާއްދާ ތަފުސީލް ކޮށްދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ގޮތުން ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޖެނުއަރީ މަހު ބާއްވާ މާލޭ މޭޔަރު ކަމުގެ އިންތިހާބެވެ. އެއަށް ފަހު މާޗު ނުވަތަ އޭޕްރިލްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ އެވެ.

ނާޒިމް ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުން އެ އިންތިހާބުތަކުގައި ވެސް ވާދަ ކުރާނީ ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ގުޅިގެން ކަމަށެވެ.

39 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕީޕީއެމްލޯޔަލް

11 October 2023

އެކަމަކު އިންތިޚާބުގައި ވާދަކުރީ ވަކިން. ދެން ރައްޔަތުން ވޯޓު ނުދިނީމަ މިހާރު އެއުޅެނީ މަޖިލިސް ގޮނޑި ހޯދަން ޕީޕީއެމް މެންބަރުންގެ ވޯޓު ހޯދަން. ހަމަ ހިލާ މި ސަރުކާރުވައްޓާ ގުރޫޕަށް މިފުރުސަތު ދީގެން ނުވާނެ. ކޮބާތަ އަހަރުމެން ރެޔާ ދުވާލު މިދިޔަ 5 އަހަރު މަގުމަތީގައި ތިބެގެން ކުރި މަސައްކަތުގެ އަގަކީ މިއީތަ؟ ރައީސް ޔާމީނަށް ދަންނަވަން މިކަން ހުއްޓުވާ. އެހެން ނޫނީ މަނިކުފާނުގެ ދުވަސް ދެން ދުއްވާލާނީ. ފިސްތޯލަ އެއައީ އެބޭނުމުގާ. އަޑި ނުބައިވާނެ!

The name is already taken The name is available. Register?

ތި

11 October 2023

ތިހިރީ އެއްކަލަ ފޮސްތޯލަ ފޮރުވިމީހާ. ޔާމީނަށް ދެރަދޭނަމޭ ހިތާ. ދީގެން ނުވާނެ އެއްވެސް ގޮނޑިއެއް. ޕީޕީ މީހުން އރބަތިބި ވާވަރަށް. ރ. ޔާމީނުވެސް ގަބޫލެއްނުވާނެ. ނޫނޭ މީ މަޖާކަމެއް.

The name is already taken The name is available. Register?

ބޭރު

11 October 2023

"އިންތިހާބެއް ކުރިމަތިވުމުން ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ނަމަ ޕްރައިމަރީއެއް ބާއްވައި އެ ޕްރައިމަރީ އިން މޮޅުވާ މީހަކަށް ހުރިހާ ޕާޓީއަކުން ތާއީދު ކުރާނީ،" - މާނައަކީ އެމްއެންޕީއަށް އެއްވެސް ފުރުސަތެއް ނެތުމެވެ. ތިން ޕާޓީގެ މެމްބަރުންގެ ޕްރައިމަރީއަކުން އެމްއެންޕީގެ މީހަކު ނެގުމަކީ ކަޅުހިލަދަޔަލުން މަޑި ނެގުން ކަހަލަ ކަމެކެވެ. ތިޔޮތީ އަދުރޭގެ މަޅީގަ ރަގަޅަށް ޖެހިފައެވެ.

The name is already taken The name is available. Register?

ކޮލަމާހުއްޓާ

11 October 2023

ބަލަ ޔާމީނުގެ ބަހެއް ނުހޯދާ އަދުރޭ އާއި މުއިއްޒުއަށް ބޭނުންގޮތެއް ޕީޕީއެމް އަކަށް ނެހެދޭނެ. ޔާމީނުގެ ބަހެއް ބޭނުން.

The name is already taken The name is available. Register?

ކެނެޑީ

11 October 2023

ޔާމީނުގެ ބަހެއް ހޯދަން އުޅުނީމޭ އެކަމަކު މިވަގުތު އެގޭ ކުޑަދޮރުގެ ހުޅުތައް މައްސަލަޖެހިފަ ހުރީމަ ބަހެއް ނުލިބިގެން މިއުޅެނީ

The name is already taken The name is available. Register?

ދޮހޮއްތު

11 October 2023

1300 ވޯޓު ލިބިގެން ތިހާ ވަރައް ބައިއެޅުން ކަޑަ ..

The name is already taken The name is available. Register?

އަދުރެމެޓިކްސް

11 October 2023

ބައިއެޅުން މުހިންމެ އެއީ ނާޒިމްސޯއަކީ ޕޕމ އަށްލިބޭ ވޯޓު ކަޓުވާ މީހެއް. މިސާލަކަށް މޑޕ އަށް 200 ވޯޓު ޕޕމ އަށް 210 ވޯޓު ލިބޭ ތަނަކުން ނާޒިމްސޯ ޕޕމގެ 20 ވޯޓު ދަމައިގަތީމަ މޑޕ އެގޮނޑި ކާމިޔާބުކުރާނެ ތަމެންނަށް އަދިވެސް ހިސާބު ނޭގެނީދޯ :ޕ

The name is already taken The name is available. Register?

ވާގޮތްބަލާ

11 October 2023

ރޔާމީން ޖަލުގަ ބާއްވާފަ ޕޕމއަކީ އަމިއްލަ މުދާގަޑެކަމަށް ހަދާ އަދުރޭ ކީއް ކޮއްފަމިއޮތީ....ޕޕމގެ ސެނެޓްގަ ބަހުސްކުރެވުނުތަ ތިކަމުގަ. ނޫނީ ސެނެޓަރުންނަ އެންގިތަ ތިހެންހަދަން ނިންމިކަން..ޕޕމގެ ލީޑަރަކީ ރޔާމީން އެމަނިކުފާނަށް އެންގިތަ ތިގޮތަށް އެއްބަސްވުމެހަދަން.. މުއިއްޒު ވެރިކަމަށް ހޮވުނުފަހުން ބިޒީކަމުން ރޔާމީނަ ބައްދަލުކުރަން ފުރުސަތެނުލިބިޔޯ ތަރުޖަމާނުބުނީ މަޝްވަރާއެއްކޮއްލަންވެސް މީ މިމީހުންގެ ފެންވަރަކީ ޕޕމގެ ޝިޔާމު ކޮބާ މަނިކުފާނު..

The name is already taken The name is available. Register?

ރަމަ

11 October 2023

އެކަކު އަނެކަކާއި، ހިފައިގަތުން ކިހާއަވަހަކަށް ފެސޭނެ ދުވަހެއްގެ އިންތިޒާރުގައި އަޅުގަނޑުމިހުރީ ބަލަން.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

11 October 2023

އިލެކްޝަން ކަމިޝަނަުން ޕާޓީ ރަޖިސްޓްރީ ކޮށްދެނީ 3000 މެމްބރުން ހަމަކުރީމަ. ނާޒިމުސޯ އަށް ރިޔާސީ އިންތިޚާބުގައި 2000 ވޯޓުވެސް ނުލިބުނު. އޭގެން އިނގެނީ ނާޒިމުސޯ އަކީ ސިޔާސީ ގޮތުން ކުރައްޕެއްގެ މިންވަރަށް ވެސް އުރަތްޕެއް ނެތް މީހެކޭ. އެވަރުގެ މީހަކު ޕީޕީއެމާއި އެކު ކޯލިޝަން ހެދީމަ އަންނަނީ ހިނި.

The name is already taken The name is available. Register?

ސަރަފީނާ

11 October 2023

ކޮބާ އަންނި ޕާޓީ؟ އެކުދިންނަށް މަޖިލީހުގަ ގޮނޑިއެއްވެސް ނެތީތަ؟

The name is already taken The name is available. Register?

ޓިނޭ

11 October 2023

އެއީ ޕާޓީއެއް ކަމަކަށް މަމެން ނުދެކެމު.

The name is already taken The name is available. Register?

ކކވކ

11 October 2023

ތިން މީހަކަށް ވާދަ ކުރެވޭ ގޮތަށް ހުރިހައި ކަމެއް ޑިޒައިން ކުރަނީ. މުސްތަގްބަލުގއި އުވޭބެ ޮޕާޓީއެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454