ފަލަސްތީނާ ތާއީދުކޮށް ރާއްޖޭގައި ބޭއްވި ހަރަކާތެއް: އިޒްރޭލްގެ ރައްޔިތުން ރާއްޖެ ނައުމަށް އެ ގައުމުން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
19 ޑިސެމްބަރ 2023 - 15:36
އިޒްރޭލްގެ ރައްޔިތުން ރާއްޖެ ނައުމަށާއި އަދި ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް އަންގައި، އެ ގައުމުގެ ފޮރިން މިނިސްޓްރީން އިންޒާރުގެ މެސެޖެއް ނެރެފި އެވެ.
އިޒްރޭލްގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ބަޔާނަކާ ހަވާލީ އެ ގައުމުގެ ނޫސް، އިޒްރޭލްޓައިމްސްގައި މިއަދު ބުނީ އެގޮތަށް އިޒްރޭލްގެ ސަރުކާރުން އެންގީ ރާއްޖޭގައި އިޒްރޭލާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރު ވަމުން ދިއުމާ ގުޅިގެން ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިޒްރޭލާ ދެކޮޅު ހިޔާލުތައް ފާޅު ކުރާ މީހުންގެ ތެރޭގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ވެސް ހިމެނޭތީ މިވަގުތު ރާއްޖެއަށް ޒިޔާރަތް ނުކުރުމަށާއި އަދި ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުން ވެސް ރާއްޖެ ދޫކޮށް ދިއުމަށް ވެސް އެ ގައުމުން ވަނީ އަންގައިފަ އެވެ.
ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވާތީ، ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ގައުމުގެ ސަރުކާރަށް އުނދަގޫ ވާނެ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައިވެ އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އިންތިޒާމު ކޮއްގެން "ދިވެހިން ފަލަސްތީނާއެކު" ނަމުގައި ބޭއްވި ބޮޑު އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މީގެ ކުރިން ވެސް އިޒްރޭލްގެ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުން ރާއްޖެ ނައުމަށް އެދިފަ އެވެ.
ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ފަލަސްތީނުގެ މީހުންގެ ދިފާއުގައި އަޑު އުފުލައި، ބައިނަލްއަގްވާމީ މައިދާނުގައި ވެސް އެ މީހުންގެ ހައްގުތައް ދިފާއު ކުރަމުންނެވެ. އަދި އިޒްރޭލް ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ގޮވާލާ ގަރާރެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ދިވެހިން ތިބީ ފަލަސްތީނާ އެކު ކަން ހާމަކުރަން ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
އިޒްރޭލާ އޮތް ހުރިހާ ސިޔާސީ ގުޅުންތަކެއް 1978 އިން ފެށިގެން ރާއްޖެ އިން ވަނީ ކަނޑާލައިފަ އެވެ. ނަމަވެސް ފަތުރުވެރިންގެ ގޮތުގައި އިޒްރޭލްގެ ރައްޔިތުން ރާއްޖެ އައުމުގެ ފުރުސަތު އަބަދުވެސް އޮވެ އެވެ. އެ މީހުން ރާއްޖެ އައުން މަނާކުރަން ގޮވާލަމުން ދިޔަ ނަމަވެސް އެފަދަ ފިޔަވަޅެއް މިހާތަނަކަށް ނާޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު ކުރުސީ
20 December 2023
ތިވަނީ ރަނގަޅަށް. އަންނާނެކަމެއް ނެތް. ކަލޭމެން ނަޔަސް ﷲ އިރާދަކުރެއްވިޔާ އަހަރުން ކައިގެން ތިބޭނީ
ސަލީމު އިދުރީސް
20 December 2023
ނިކަން ހުފެނުގަ އުޅޭބަޔެއް ދިވެހިން މިއީ! ކުރިންދުވަހު މީހަކުބޫނީ މާލެ ސަރަހައްދު އެއްކޮއް ހިއްކާފާ އެއްޗެހި އުފައްދަން ކާރުހާނާ އަޅަންވީއޭ! ގަމާރުކަމުން ނޭގޭ ރަނގަޅު ރިސޯޓެއްގަ ވަޒީފާ އަދާކުރާ މީހަކައް ޗައިނާގެ ރައްކާތެރިކަންނެއް ކާރުހާނާ ތަކުގަ މަސައްކުރާ މީހަކައް ވުރެ ދެގުނަ އާމްދަނީ ލިބޭކަން! މިހާ އުޖޫރަބޮޑު ތަނެއްގަ އެއްޗެތި އުފައްއިނެން ބާޒާރައް ނުނެރެވޭނެ ކަން! ބުނަން މިއުޅެނީ މިހާރު ފައިސާ ލީބޭދޮރު ބަންދުވާ ގޮތައް ކަންތައް ކުރާ ވާހަކަ
ގެދާނޯމޮސް
20 December 2023
ފަތުރުވެރިން ގެ ގޮތުގަ އަންނަނީ ރާއްޖެއަކަށް ނޫނެވެ. ރިސޯޓްގަ ތިބެ މާލެއަރަނީ ޝޮޕިންނަށެވެ. އެވެސް ރާއްޖެއަކަށް ނޫނެވެ. ކީކޭތަ މިކިޔަނީ ....!
ފޮނިޓައްޕު ހަސަނު
19 December 2023
ދިވެހި ރާއްޖެ ކިތަންމެ ކުޑައަސް، އަދި އާބާދީ ކިތންމެ މަދަސް ދިވެހިންނަކީ ޕޯޗުގީޒުން މިގައުމުން ތަޅާ ބޭރުކޮށް ގައުމަށް މިނިވަންކަން ހޯދި މީހުން. އިނގިރޭސިންނަށް ދޫނުދީ 100 އަހަރަށް އައްޑުއަތޮޅު ދީފައި އޮތް އެގްރިމެންޓު 50 އަހަރަށް ބަދަލު ކުރި މީހުން. އިންގިރޭސިންނަށް މަޖުބޫރުކޮށްގެން މިގައުމަށް މިނިވަންކަން ހޯދި މީހުން. ވީމާ ދިވެހިން އިޒްރޭލުގެ މުދާ ރާއްޖެއަށް އެތެރެވެސް ނުކުރާނެ، އަދި ހަަމަ އެހެންމެ އިޒްރޭލު މީހުން ރާއްޖެ އައުން މަނާ ވެސް ކުރާނެ.
އާރތުރޮޕޮޑް
19 December 2023
ދިވެހިންނަށް އެހީތެރިވެެވޭ ގާޒާއަށް، އެއީ އިޒްރޭލު ދައުލަތް ބަލައިގަންނަ ގައުމަކަށް ރާއްޖެވާތީ، ޔޫއޭއީއަށް ވެސް ފަސޭހަ ގާޒާއަށް އެހީވާން، މުހިންމީ ގާޒާއަށް ހިއުމޭނިޓޭރިއަން އެހީ ދިނުން، ސަރުކާރު އިސް އޮފިޝަލުން އާންމުން އުޅޭހެން އުޅެނީ ޑިޕްލޮމެސީ ނޭނގޭ ގަމާރުން ވީމައި
ފޮނިޓައްޕު ހަސަނު
19 December 2023
މިނާ މިހިރީ ޑިޕްލޮމަސީ ގިރައިގެން ބޮއެގެން ދޯ. ތަނެއް ދޮރެއް ނޭގުނަސް ކޮމެންޓު ކުރެވޭ ތޯ ބާލާަތި. ގާޒާއަށް ފޮނުވާ އެހީ ދަނީ މިސްރުގެ މަގުގުނ ރަފާ ކޮރޮސިން (ގޭޓް) ތެރޭން.
ސަދަބް
19 December 2023
އެކަމަކު މުއިއްޒު ދެކޮޅު އެބަހަދާ މި ގައުމަށް އިޒްރޭލު މީހުން އެތެވުން މަނާކުރުމާއި
އަލީ!!
19 December 2023
މިކޮޅުން ނުކުރީމަ އެކޮޅުން އެކުރީ.
ަނަސްރު
19 December 2023
އާނ ދެން މިކޮޅު ސަރުކާރުން އެމީހުން ރާއްޖެ އައުން މަނާ ނުކުރަންޏާ، އެކޮޅުން ނަމަވެސް ތިކަން ކުރަން ވެއްޖެ މިހާރު.
ހައްގު ތެދުމީ
19 December 2023
ކުރީ ސަރުކާރުގެ އޮފިޝަލުންނަކައް ނުކެރޭނެ ނުކުންނާކައް އެއީ އެމީހުން އޮންނާނީ އިސްރާއީލް ސަރުކާރާ ގުޅިފަ. އޭރުން އެމީހުން ވެރިކަމައް އަންނަން އެހީތެރިވެ ދޭތީ. މިހާރުވެސް މަޖިލިހައް ލާފައޮތީ އިސްރާލް މީހުންނައް ނާދެވޭ ގޮތައް ހަދަން ވެސް ނުކެރިގެން އެއުޅެނީ އެހެންވެ
ކޮޖްލު
19 December 2023
މުސްލިމުން ނޫން މީހުން މިގައުމަށް ނާދެވޭގޮތްހަދާ ރިސޯޓްތަކަށް އަފްގާނިސްތާން ސީރިޔާ ފަލަސްތީން ޔަމަން ޓުއައިސްޓުން ނަށް ހާއްސަ ކުރަންފެނޭ. މަސްވެރިކަން ގިނަކޮއް މިފްކޯއިން 40ރ ކިލޯއެއް ގަނެފަ ޑީސަލް ސަބްސިޑައިސް ކުރީމަ އަހަރުމެންގެ އިގްރިސާދު ކުރިއަރާނެ. ކޮންމެ ހުކުރުދުވަހަކު ހުކުރުން ފައިބާ އެހެންދީނުގެ ގައުމުތަކުން ކުރާކަންކަމާ ދެކޮޅައް އަހުރެމެން މުޒާހަރަކިރަންވީ.
ކިއްލު
19 December 2023
ކަލޯ ހާދަ ވަރެއްވެފަ؟
މި ކިޔާބަލަ
21 December 2023
ބަސް މަދުކޮއްފަ އަމަލު ގިނަކޮށްބަލަ