ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
20 ޑިސެމްބަރ 2023 - 16:55
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑިމޮކްރެޓްސްގެ ޕާޓީގެ ހަސަން ލަތީފާ ވެސް މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ހަސަން "މިހާރު" އަށް ވިދާޅުވީ މިވަގުތު ސިޔާސީ މަސްރަހުގައި ހުރި އެކިއެކި ކަންކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުއިއްޒާ މަޝްވަރާ ކުރެއްވި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ރައީސް ޑރ. މުއިއްޒާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން މިއަދު ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ހަސަން މީގެ ކުރިން ވަނީ މި ސަރުކާރުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސް އިން ރަސްމީކޮށް ރައީސް ޑރ. މުއިއްޒަށް ރަސްމީކޮށް ތާއީދު ނުކުރިޔަސް އެ ޕާޓީގެ އާންމު ބައެއް މެމްބަރުންގެ ތާއީދު އޮތީ އެ މަނިކުފާނަށެވެ. ހާއްސަކޮށް ބައެއް ރަށްރަށުގައި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ރައީސް ޑރ. މުއިއްޒަށް ކެމްޕެއިން ވެސް ކުރި އެވެ.
ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް ޑރ. މުއިއްޒު މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ވެސް ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުންތަކާ ގުޅޭ އެއްވެސް ތަފުސީލެއް ރައީސް އޮފީހުން މީޑިއާ އަށް ނުދެ އެވެ. އަދި އެ ބޭބޭފުޅުން ވެސް މާ ބޮޑު ތަފުސީލެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ކުރުސ
23 December 2023
ހަސަން އެ އިންނެވީ ކުރުސީގަ އިށީންނަވައިގެން.
ރަސްދޫ ސައީދު
21 December 2023
ފުއްޕަ ފުއްޕާފަ ހަމަބިމަށް ފޭބީތޯ.
ޑރ. ރާމީ ޙަސަން މަނިކު
21 December 2023
މިހާރު ޤައުމުގައި ދެކެވޭ ވާހަކަ އަކީ އަޒުލް ކުރާ ވާހަކަ އެވެ. ޤާސިމް ފަދަ، ފަސް ހާސް ވޯޓު ނުލިބުނު މީހުނާ މުޢިއްޒު ބައްދަލު ކުރުމުން އަޒުލް ކުރުމާ ނުކުކުރުމަކަށް ފަރަޤެއް ނާންނާނެއެވެ. އެމް.ޑީ.ޕީ އަށް އެކަނި ވެސް އަޒުލް ކުރެވޭ ގޮތަށް ބަދަލު ގެނެސްފަ ވާކަން މުޢިއްޒު އަށް އެނގިވަޑައިނުގަތެވެ. ވީމާ ޙަސަން ލަތީފު އަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ!
ސަލްމާ
21 December 2023
ރައީސް ޔަމީނަށް ހަރާމްކޯރު އެއްމެ ބޮޑަށްވީ ކޮންބައެއް؟ މިސުވާލުގެ ޖަވާބު ލިބުނީމައި މުއިއްޒު ތިޔަކުރައްވާކަން ސާފުވާނެއެވެ.
ވަކަރިމަސްތާ
21 December 2023
އިއްޔެ ނޫހުން ފެނުނު ކުރީގެ ރައީސް މޮރިޝަސްގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމުގެ ރިކޯޑްނެތް ވާހަކަ. އަނެއްކާ މި ބައްދަލުވުންތަކުގެ ރިކޯޑްސް ހުންނާނެބާ.. މުއިއްޒު ވިދާޅުވި ދެފުށް އަދި ފެންނަ ގޮތެއް ނުވޭ. މިހާރު ތަންކޮޅެއް އެތެރެ އަދިރިވާހެން ހީވާން ފަށައިފި.
ދިހައެއް
21 December 2023
ޖުމްލަ އެއްކޮށްލީމަވެސް ރައްޔިތުންގެ %10 އަށް ނާރާ.
އެދުރުބޭބެ
20 December 2023
ޑިމޮކްރެޓްސް މެންބަރުން ޕީއެންސީއަށް ސޮއިކޮށް މަޖިލިސްގައި ޕީއެންސީ ތަމްސީލުކުރާ އަދަދު މިއަދުން މިއަދަށް ވެސް ބޮޑުކުރަން މުއިއްޒު ބޭނުންވާނެ. ޖޭޕީ އާވެސް މަޝްވަރާ ކުރިކަމަށް ވެދާނެ. ދެން މިކަން މިމަގުން ކޮށްފިނަމަ، އަންނަ މަޖިލިސް އިންތިޚާބުން ނުހޮވޭ މެންބަރުންނަށް މަތީ މަގާމުތައް ކަށަވަރު ވެސް ކޮށްދެވިދާނެ. މިއީ ފަތުއަޑުކިޔާފަ މިހާރު ސައިހޮޓާ ތަކުގެ މޭޒުކައިރިން އިވޭ އަޑު. ހަސަންކޯ މެންގެ ބޮސް ރާއްޖެ ދޫކޮށް ބޭރަށް ހިޖުރަކުރީމަ ވާނީމިހެން ދީ.
ވަފާތެރި ކެހިވެރިޔާ
20 December 2023
ރމުއިއްޒޫ.މަނިކުފާނު ބިޒީކަމުން ވާހަކަނުދެއްކޭ ބައްދަލުނުކުރެވޭ ގުޅާނުލެވޭ މީހަކަށްހުރީ ރޔާމީންއެކަނިތޯ.. އިށީދެއިން ގޮނޑިކޮޅުން ތިއިވޭއަޑުއައްސަވާބައްލަވާ..ތީ ހުސްގޮނޑިކޮޅުންލިބުނު ގޮނޑިކޮޅެކޭ. ވެރިކަންދިފާއުކޮއްދޭން ރއިބޫއާ RN އާ RY އަށް ދެއްނެވިޔަސް ތިކަންވާނެހެންހީނުވޭ މަނިކުފާނު ރައްޔިތުންނަވީ ވައުދާ ޙިލާފުވެއްޖެ.ފުށިދިއްގަރު ޕްރޮޖެކްޓްގެ ތަފްސީލު ހާމަނުކުރެވޭ.މަނިކުފާގެސަރުކާގެ ކޮއްމެކަމެދަނީ ސުވާލުމާކަކަށް. މޑޕއަށްތާއިދުކުރެވެންފަށައިފި
ރަނގަޅުކުރުސީ
20 December 2023
ރައީސް ޔާމީނު އައުޓް އައުޓް އަުއުޓް
ގެދާނޯމޮސް
20 December 2023
އެބަޔެއްގެ ގޮތްނޭންގޭ މީހުންނާ ސަލާންގަލާން ކުރުވޭއިރު ބުއްދީގެ ތަރަހައިން ވިސްނާލަން ޖެހެއެވެ.
އަފްރާސިޔާބު
20 December 2023
އެކަކީ އުސްތާދެއް. އަނެކަކީ ޑރ. އެއް. ދެމީހުންގެ ދެމެދުގައި މުނާފިޤުން.
ތޮށަލިތަކުރު
20 December 2023
މިސަރުކާރުން އަދި ނިންމަމުން އަންނަ މުހިންމު ނިންމުތައް ބަލައިގަނެވެއެވެ. އެކަމަކު ތިޔަ ވާހަކަ ދައްކާ ޕާޓީއަކީ ވަކިމީހެއްގެ އަޅުންތިބި ޕާޓީއެއްވީމާ، އެ މީހާއަށް މޮޅެއްނުވާނެ ކަމެއް ތިޔަ ޕާޓީއަކުން ހާޞިލު ކުރެވިދާނެކަމަކަށް ނުދެކެމެވެ.