ހުޅުމާލެ ދެވަނަ ފިޔަވަހި. ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ފުށިދިއްގަރުފަޅު ހިއްކާ ކުންފުންޏަށް ދޭން ވަނީ ނިންމާފައި -- ފޮޓޯ: މިހާރު
21 ޑިސެމްބަރ 2023 - 19:51
"ރަސްމާލެ" ޕްރޮޖެކްޓް ހިންގާ ލަންކާގެ ސީއެމްސީސީ ކުންފުންޏަށް، އެ ރަށް ހިއްކުމުގެ ބަދަލުގެ ގޮތުގައި ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރުގެ އަގު ގާތްގަނޑަކަށް 5.5 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަން ލަފާކުރެވިއްޖެ އެވެ.
މިއަދު އާބަންކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، "ރަސްމާލެ" ތަރައްގީކުރަން ބޭނުންވާ ބިން ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން 60 ހެކްޓަރުގެ ބިމެއް ދީގެން ކަމަށެވެ. އެހެން ނަމަވެސް، ޕްރޮޖެކްޓްގެ އަގު ސީދާ އަރާނެ ވަރެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެކަމަކު، މިދިޔަ އަހަރު އާބަންކޯއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ފްރޮންޓުންނާއި ބީޗް ސައިޑުން އަކަފޫޓެއް އެވްރެޖްކޮށް ވިއްކީ 5،000ރ. އާއި 6،500ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެ އަގުގެ އެވްރެޖެއްގެ ގޮތުގައި 5،500ރ. އަކަފޫޓަކަށް ޖެހޭނަމަ، ސީއެމްސީސީ އަށް ދޫކުރި 10 ހެކްޓަރު (1.07 މިލިއަން އަކަފޫޓު) ގެ ބިމުގެ އަގު އެންމެ މަދުވެގެން ވެސް 5.5 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ އެވެ.
މި އަހަރު ކުރީކޮޅު އެޗްޑީސީން ކޮމާޝަލް ބޭނުމަށް ބިން ދޫކުރީ އަކަފޫޓަށް 4،500ރ. ގެ ރޭޓުންނެވެ. އެހެންވެ އެ ރޭޓުން ބަލައިފި ނަމަވެސް 10 ހެކްޓަރުގެ އަގު އުޅޭނީ 4.8 ބިލިއަން ރުފިޔާ އިން މަތީގަ އެވެ.
ސީއެމްސީސީ އަށް ހުޅުމާލެއިން ދޫކުރާ ބިމުގެ ލޮކޭޝަން އަދި ކަނޑަނޭޅޭ ކަމަށް ފަޒުލް ވިދާޅުވި އެވެ. އެހެންވެ، ބިމުގެ އަސްލު އަގު އަންދާޒާކުރަން އެނގޭނީ، އެ ބިން ދޫކުރާ ސަރަހައްދު ސާފުވެގެންނެވެ.
ހުޅުމާލޭގައި ބައެއް ފަރާތްތަކުން ބީޗް ފްރޮންޓުން ގަނެފައިވާ ބިމުގެ އަގު އަކަފޫޓެއް 8،000ރ.-10،000ރ. އަށް ވެސް އަރަ އެވެ. އެހެންވެ، އާބަންކޯ ނޫން އެހެން ބަޔަކު އެ ބިން ވިއްކާ ނަމަ، އާބަންކޯގެ އަގަށް ވުރެ ބޮޑު އަގުގައި ވިއްކުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި އެހެން ވިޔަފާރީގެ ބޭނުމަށް ދޫކުރާ ނަމަ އަގުތަކުގައި ތަފާތުތަކެއް އުޅޭނެ އެވެ.
ފަޒުލް ވިދާޅުވީ، ހުޅުމާލެއިން ދޫކުރާ ބިން ސީއެމްސީސީން ބޭނުން ކުރަން ޖެހޭނީ، ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ ބިން އެ ކުންފުނިިން އެހެން ފަރާތްތަކަށް ވިއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބިންތައް ވިއްކާނެ އަގުތައް ކަނޑައާޅާނީ ސީއެމްސީސީން ކަމަށެވެ.
"އަޅުގަނޑަށް ހެވޭ އަކަފޫޓެއް 2،000ރ. ގެ ރޭޓުން ވިއްކިއަސް. އަކަފޫޓެއް 3،000ރ. އަށް ވިއްކިއަސް. އެކަން އެޓޭޗްވެގެން އަންނާނީ އަޅުގަނޑުމެންގެ މާސްޓަ ޕްލޭނަށް. މާސްޓަ ޕްލޭނުގައި ހުންނާނެ، ކޮމާޝަލް، ރެޒިޑެންޝަލް ބޭނުމަށް، ޓޫރިޒަމް ޒޯންސް ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
އާބަންކޯއިން އަންނަނީ ފުޅިދިއްގަރުފަޅުގެ މާސްޓަ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
"ރަސްމާލެ" ތަރައްގީ ކުރަނީ ހުޅުމާލެއިން 10 ހެކްޓަރު ބިމާއި 60 ހެކްޓަރުގެ ބިން ފުށިދިއްގަރުފަޅުން 99 އަހަރަށް ދޭ ގޮތަށެވެ. ހަތްދިހަ ހެކްޓަރު ހިލޭ ދިނުމުން "ރަސްމާލެ" ހިއްކާ ކުންފުނިން ފުށިދިއްގަރުފަޅުން 1093 ހެކްޓަރު އާބަން ކޯއަށް ލިބޭ ގޮތަށް ހިއްކައިދޭނެ އެވެ. ފުށިދިއްގަރުފަޅުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގެ ކެމްޕެއިންގައި ވަނީ އިއުލާނު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
22 December 2023
ލަންކާގެ CMCC އަށް ލިބޭ ބިމަކީ ތިރަށުގައި ދިރިއުޅެމުންދާ ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ ކުޑަކުޑަ އުއްމީދެއް ކަމުގައި ދެކެން. # ދައުލަތުގެ ޙަޒާނާއާއި ދައުލަތް ދަރަނިކޮށް އެތައް ސަތޭކަ ބިލިޔަން ޑޮލަރު ނަގައިގެން ކ.އަތޮޅު މާލޭ ކަނޑުފަޅު ހިއްކައި ފުލެޓްއަޅައި މާލޭސަރުކާރުން މިހާތަނަށް އެތަންތަން ދޫކުރުމުގައި ގެންގުޅެފައިވާ ރޭސިސްޓް ޤަބީލާވަންތަ ސިޔާސަތު ދެންވެސް ބަދަލުނުވާނެތީ އަހަރުމެނަށް ބިންކޮޅެއް ގަނެވޭނީ CMCC އަތުންކަން ޔަޤީން.
ކިހާވަރެކޭ
22 December 2023
ބަލަ ތިތަންތަން ތިގޮތަށް ކުރާނެ ކަމެއް ނޭގި އޮންނަތާ ކިތައް އަހަރުވެއްޖެތަ. ތިތަންތަން ހެދީމާރީތީ ހަމަ އެކަނި ވެރިމީހާތައް. ކުރީ ސަރުކާރަކުން، ފަޅުތައް ހިއްކަން ފެށީމަވެސް ތިހާ ހާސާރުތައް އެމުނު. އެތަންތާގައި، އެފަޅުތަކުގައި ދިވެހިންނަށް އާވަޒީފާ ނުލިބޭތަ. ތިމާއަމިއްލަ އަށް ކުރަންނޭގުނު ކަމެއް އެހެންމީހަކު ކުރާތީ ހަދަވެރިވާން ވެސް ބޮޑުވަރު. ވާހަކަދައްކަން ނޭގުނަސް މިވަރުގެ ރައީސެއްނެތް،
ޚިޔާލު2
22 December 2023
މިވަރުގެ ބިޔަ މަޝްރޫޢުތައް ހިންގާއިރު ބޮޑުހޭދައެއް ކުރަންޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތުމަކީ ރައްޔިތުންގެ މަޖިލީހެއް އޮތުމުގެ ބޭނުމެއް ހަމައެއްގޮތަކަސްނެތުމެވެ. އަދި މިއީ މަޝްވަރާގެ އުސޫލާވެސް މުޅިން ޚިލާފު ގެއްލުންބޮޑު ކަމެކެވެ.
ޢެޑްމުންޑޯ
22 December 2023
މިދިވިހިންނަކީ ވަރަށް ދިއުޅިއެއްނުވާ ބައެއް ، މިސަރުކާރުން އަމިއްލައަށް އެބުނަނީ ހުޅުމާލެއިން 10 ހެކްޓަރ ބިން ރަސްމާލެ ޕްރެޖެކްޓް ހިންގާ ކުންފުންޏަށް ދޭވާހަކަ ، މިދިޔަ ސަރުކާރުން ގުޅިފަޅު ހިއްކުމަށްވެސް ހަމަ 10 ހެކްޓަރ ބިން އެއޮތީ ހުޅުމާލެއިން ދީފައޭ ، ތަނެއްދޮރެއް ނޭގުނެއްނު ، ތިބެގެން ކޮމެންޓް ކުރޭ
ސސސސސ
22 December 2023
އެނގިވަޑައިގަންނަވާނޭ ރައްޔިތުންނަށް ސަރުކާރުން ވީވައުދެ ބޯހިޔާވަހިކަމަކީ. މިވައުދު ފުއްދަން ބަޖެޓްގައިޖެހި 400 މިލިއަން ރުފިޔާ އެމްޑީޕީން ވަނީ ވަގައްނަގާފަ. އެކަމަކު ބޯހިޔާވަހިކަން އެމްޑީޕީޔަ ވަގައްނަގާ ހިފެހެއްޓޭނެކަމަ ގަބޫލުނުކުރަން. އަދި އެއީ މިސަރުކާރުން ބޯހިޔާވަހިކަމުގެ ވައުދު ހުއްޓާލުމައޮތް ސަބަބެއްކަމަ ނުދެކެން. ކަންކުރެވޭނީ ކަންކުރަންއެގޭ ބަޔަކަށް. އެމްޑީޕީން ރައްޔިތުންނަށް ހެވެނޭދޭނެ
ަސދފަސދފ
22 December 2023
މާލެ މީހުންނަށް ބިން ދިނުން ގޯސް...އެކަމު ސީއެމްސީސީ އަށް ދިނުން އޯކޭ..
ސުއްޓި
22 December 2023
ސީއެމްސީއަށް ބިން ދިނުމުން، އެދިން ބިމުގެ 18 ގުނަ އިތުރަށް ދިވެހި ރައްޔިތުންނަށް ލިބޭ. މާލޭ ރައްޔިތުންނަށް ދިނުންވެސް އޯކޭ. އެކަމަކު، އެއީ އިންސާފުން އެއްކިބާވެފައިވާ ނިންމުމެއް.
މިހާރުގެ އަގު
22 December 2023
ރިޕޯޓުގަ ހުރި އަގުތަކައް ބިންވިއްކިފަހުން ހިލޭ ބޮޑު އޭރިއާއެއްގެ ބިން ދޫކޮއްފި އެހެންވެ ކުރީގެ އަގުތަކައް ވުރެ މިހާރު ބިމުގެ އަގު ވަރައް ބޮޑުތަން ކުޑަވާނެކަމައްފެނޭ.
ދޮހޮއްތު
22 December 2023
ހަބޭސް ގެ ދޮރުވެރިކަން އެންމެނައް.. ތިޔަ ފަޅު ތިތާ އޮންނަތާ މިގައުމައް ވީދުވަހެއްވީ ވީކަމެއް ހަރާން
ލަތީފް
22 December 2023
ސަރުކާރުން ބޮޑެތި މަޝްރޫއުތައް ފަށަން ވަނީ ވަރަށް ރަނގަޅަށް ދިރާސާތައް ކުރެވިގެން އެ މަޝްރޫއެ ކުރިޔަށްގެންދާ ގޮތަކުން ދިވެހި ރައްޔިތުންނަށް އެންވެސް ގެންލުމެން ނުވާނެގޮތަކަށް ބަލައިގެން. ބިޑް އުސޫލުން ދިނަސް އަދި ބަދަލުގެ ގޮތުގައި ބިން ދޭގޮތަށް ނުވަތަ ރަށް ރަށް ދިނަސް އަގު ކުރެވި ހިސާބު ޖެހިގެން
ވިއްކާލީޔޭ
21 December 2023
ވިއްކާލީ، ވިއްކާލީ، ވިއްކާލީ! ދުވަހަކުވެސް ލިބިފައިނެތް ކަނޑެއް ވިއްކާލިކަމުގެ ތުހުމަތުކުރަމުން ވެރިކަމަށް އައިބަޔަކު ރާއްޖެއިން 70 ހެކްޓަރުގެ ބިން 99 އަހަރަށް ވިއްކާލައިފި. އެބިމުގައި ބޭރުބަޔަކު ބޭނުންކަމެއް މިހާރުކުރެވޭނެ. ކެމްޕޭނުތެރޭގައި ބުނިހެން މިރާއްޖޭގެ އެންމެ އިންޗިއެއްވެސް އެންމެ ވެލިފުކެއްވެސް ބޭރުބަޔަކަށް ދޭން އަހަރެމެން ބޭނުމެއްނޫން. ވިއްކާލިބިން ހޯދާ! ލަންކާވެސް އައުޓު.