އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: މިހާރު
21 ޑިސެމްބަރ 2023 - 20:00
ކުރީ ސަރުކާރުން އެންމެ ފަހުން، މާލެ ރަށްވެހިންނަށް ދިން ގޯތީގެ ތެރެއިން އާބަންކޯގެ އިހްތިސާސްގައި ހިމެނޭ ބިންތަކުން ދިން ގޯތީގެ ބަދަލުގައި އެ ކުންފުންޏަށް މާލެ އަތޮޅުން ދެ ފަޅާއި ފައިސާގެ އަދަދެއް ދޭން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ދެ ފަޅުގެ އިތުރުން ގާތްގަނޑަކަށް 7.9 މިލިއަން ރުފިޔާ ވެސް ސަރުކާރުން ދޭން އެއްބަސްވެފައި އެބަ އޮތް ކަމަށެވެ.
ގުޅީފަޅުން ސަރުކާރުން ދޫކުރި ގޯއްޗެއް ލިބުނު ބަޔަކު ގޯތި ލިބުނު އޭރިއާގައި މަޑުކޮށްލައިގެން -- ފޮޓޯ: ނިޝާން އަލީ / މިހާރު
"ދެ ލެގޫނެއް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެއްވާފައި އެބަ އޮތް. އެއީ އެއްބައި. އޭގެ އިތުރުން 7.7-7.9 [މިލިއަން ރުފިޔާ]އާ ދެމެދުގެ އަދަދެއް ހޯދަން ސަރުކާރާއެކު ވާހަކަދެކެވެމުން މިދަނީ އެ އަދަދު ދައްކާނެ ގޮތަކާ ގުޅޭ ގޮތުން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ވަނީ މާލެ ސަރަހައްދުން 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޭ އިރު ހުޅުމާލެއިން 1،351 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރީގެ990
22 December 2023
ޙިޔާ ފްލެޓް ކުލީގެ ބަދަލުގައި އާބަންކޯ އަށް ފަޅުތަކެއް ދެމާ. ވައި ނޮޓް
ފާފު
22 December 2023
ދިން ފަޅުގެއަގަށްވާ ފައިސާއާ ދިން ފައިސާ އަކީ ގޯތި ލިބުނު މީހުންގެ އަތުން ނަގަންޖެހޭ ފައިސާ.
ޑޮކްޓާރ. ބަނާނާ
22 December 2023
މި މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ އާބަން ކޯ އިން ވަނީ ހިފަހައްޓާފަ. ޢަދި ފަޒުލް އަށް ދަންނަވަން އެހުރިހާ ބިންތަކަކީ މަގުގެ މެދުން ނާއި ޕޭމަންޓް ތަކުން ޖަންކްޝަން މަތިން ދީފައިވާ ބިންތަކެއްނޫން! ބޭ ނުންވަނީ މަޖިލިސް ވޯޓް ނިމުމުން މި ބިންތައް ނަގަން! ރައްޔިތުން ބޯހިޔާ ވަހިކަމޭ ބުނާއިރު ލަދުކޮބާ!!!!
ނިކަމެތި މަރިޔަމް
22 December 2023
ޢަހަރެން ނަށް ހުޅުމާލެ ފޭސް 2 . ޢިން ލިބުނު ގޯތީގައި ފާރުރާނަން ފޯމުލުމުން ފައިސާ ނަގާފަ ފާރުގެ ފުރަތަމަ ގާބަރި ރޭނުމުން ވަކިސަބަބެއް ވެސް ނުބުނެ ފާރުރޭނުން އާބަންކޯ އިން ވަނީ ހުއްޓުވާފަ.. މިއީ ތޯ މުއިއްޒު ގެނައި އިންސާފު!
ކެރެދި ބެއްޔާ
22 December 2023
ގޯތި ތަކުގައި އެއްވެސް މަސައްކަތެއް ކުރަން ހުރަސް އަޅަނީ މަޖިލިސް ގެ މެމްބަރުން ގެ ވޯޓް ނިމެންދެން.. ވޯޓް ނިމުމުން ގޯތި ބަދަލު ނުދީ އަތުލަން ފަސޭހަވާނެތީވެ..
ނާޑުވާ
22 December 2023
ތިޔަ ބުނާ އާބަންކޯ އަކީ އެހެން ޤައުމެއްގެ ތަނެއްތަ? އެތަނަށް ލިބޭ ފަިސާ އާ ބިމާ ލިބެނީ ކާކަށްތަ? ދެކޮޅުޖެހޭ ވާހަކަ ދައްކަންވީނުން. ހުޅުމާލެ ހިއްކާފަ ދިނީ ކޯޗެއް އަތުލާފަ ތަ?
ހުދު ހުދު
21 December 2023
ވެރިކަމައް މާލޭ މީހަކު ހޮވާފަ ދެން މާލެ އައް ކޮއްދޭ ކަންތައް ފެނިގެން ނޭވާ ހޮޅިޔައް އެޅެންޔާ ވަރައް ދެރަ
އޮނަރަބްލް އަފީފު ދީދީ
22 December 2023
ވެރިކަމުގައިހުންނަ މާލެތެރޭމީހާ ބޭނުންކޮންމެއެއްޗެއް ހެދޭގޮތަކަށްނޫން ޤއ އޮތީ. ރައްޔިތުނަށް ބާރުވެރިކަންލިބޭގޮތަށް އޮތް ޤާނޫނުއަސާސީގެ 72 ހ ގައި ބުނާގޮތަށް "ދާއިރާގެ ރަށްވެހިންގެތެރެއިންމީހަކު މަޖިލީހަށްއިންތިހާބުކުރަން" ތެދުވޭ. ކ.އަތޮޅުމާލެތެރޭމީހާއަށް އަމިއްލަރަށުގެ އަމިއްލަދާއިރާގެ ގޮނޑިދޫކޮށްނުލާ. ޕާޓީއަށް ނުވަތަ ޕާޓީމީހާއަށްވޯޓުދޭންބޭނުންނަމަ ޕާޓީއަށްހުށަހަޅައިގެން ދާއިރާގެ "ރަށްވެހިންނަށް" އެކަނި ޕްރައިމެރީގައި ބައިވެރިވުމަށް ފުރުސަތުހޯދާ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
21 December 2023
މުއިއްޒުސަރުކާރުގެ ބުރޯއަކީ ފަޒުލްކަމަށްވެދާނެ. ޚުދު އެމީހަކީ މުއިއްޒުކަމަށްވެސް ވެދާނެ.
ޢިމްސާފ
21 December 2023
ހިޔާއޭ ކިޔައިގެން އަގަ ނެތްތަނަށް ހުޅުވި މާލޭ މީހުމްތައްކޮބާ. މިއޮތީ އެތައް ބިލިއަން ޑިލަރެއް ތި ބިންތްކަށް އަހަރެމެން ރާއްޖެތެރޭ މީހުންގެ ޓެކްސް ފައިސާއިން ހަރަދު ކޮއްފަ. ކޮބާ އިންސާފު
ސަދަން
21 December 2023
އަނެއްކާ ތިތަން އެހެން ބަޔަކަށް ވިއްކާ ނުލާނެތަ؟
ބުއްދި އިސްކުރޭ
21 December 2023
މާލޭ މީހުނަށްޓަކާ ގައުމު މުޅިން އޮޅުންބޮޅުން ވީނު މިއޮއް. ގަންމާލެ ކިޔާފަ މާލޭމީހުން ގެންގޮސް ލ ގަމުގަ މާލެއެއް ހަދާދެންވެއްޖެއްނު މިހާރު. ތިފަޅުތައް ހިއްކިޔަސް ތިތާ ބަޔަކު އާބާދުވެ އުޅެވޭނީ ލައްކަދުވަހުން. މަގުހަދާ ނަރުދަމާއަޅާ ވަސީލަތްތައް ގާއިމްކުރާހާ ހަކަތައެއް ދިވެހި އިގްތިސާދުގައެއް ނެތް. ވަސީލަތްތައް ގާއިމްވެ މިހާރުވެސް މީހުން އާބާދުވެއުޅޭ ތަނެއް ތަރައްގީކުރަން އުޅުން އެއީ ބުއްދިވެރި ގޮތަކީ. މިހާރު ތިހަދަނީ ކޮސް. މާލެއަކާ ހެދި އަވަދިވަނީތި
ދޯޕައްޓާ
21 December 2023
ބަލަ މިރަށުން ގޯތިދިންއިރު ކައުންސިލަށް ފަޅުރަށްތަކެއްނުދޭ، ނުވީތާކަށް ޖެހިގެންއޮތް ފަޅުރަށްތައްވެސް މާލޭ ކޮންމެވެސްމީހަކަށް ދިނީ. މާލޭމީހުން ކުންފުންޏެއް މެދަށްލައިގެން ދައުލަތުގެ ބައިތުލްމާލާއި ދައުލަތުގެ މުއްސަނދިކަން ޕަކަޅާކުރަމުންދާއިރު އަހަރެމެން ހޮވާފަތިބި މެންބަރުން މިކަންކަން ރޭކާނުލާތީ ދެރައީ.