އޭސީޕީ ޝުޖާއު (ކ) އާއި ނަވީން
24 ޑިސެމްބަރ 2023 - 13:51
އާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓެންޓް ކޮމިޝަަނަރު އަލީ ޝުޖާއު އައްޔަން ކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ލަފާދީފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުޅުވައިލުމުން ޝުޖާއުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން ވެސް އެ މަގާމަށް ކުރިމަތިލެއްވި އެވެ. އެ ދެ ބޭފުޅުންގެ ނަން ވެސް ޕޮލިސް ބޯޑަށް މިނިސްޓަރު ފޮނުއްވި އެވެ.
ޕޮލިސް ބޯޑުން އެ ނަން ދިރާސާކުރިއިރު، ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅަން އެ ބޯޑުން ކުރިއްސުރެ އެކުލަވާލާފައިވާ ކްރައިޓީރިއާ އަށް ނަވީންގެ ޝަރުތު ހަމަނުވި ކަމަށް އެނގިފައި ވެ އެވެ.
ދެ ނަން ދިރާސާކުރުމަށް ފަހު ޕޮލިސް ބޯޑުން ނިންމީ ކޮމިޝަނަރުގެ މަގާމަށް ޝުޖާއު އައްޔަން ކުރަން، މިނިސްޓަރަށް ލަފާ އެރުވުމަށެވެ. މިނިސްޓަރު އިހުސާން މިއަދު ވަނީ ޕޮލިސް ބޯޑުގެ ލަފާ ލިބިވަޑައިގެންނެވިކަން "މިހާރު" އަށް ޔަގީންކޮށް ދެއްވި އެވެ.
ފުލުުހުންގެ ހިދުމަތުގެ ގާނޫނު ބުނާގޮތުން ޕޮލިސް ކޮމިޝަނަރު ކަމަށް ނަގަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަން ކުރުމަށް ފަހު ކަމަށް ގާނޫނުގައި ވެ އެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން އެ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެކްޓިން ކޮމިޝަނަރުގެ މަގާމު މިހާރު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޕޮލިސް ކޮމިޝަނަރަކު އައްޔަން ނުކޮށް މިހާ ހިސާބަށް ލަސްކުރީ ޕޮލިސް ބޯޑުން ދިން ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ އޮފިސަރުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގައި ހުންނެވި އަހުމަދު މުހައްމަދުގެ މައްސަލަ ޝަރުއީ މަރުހަލާ އިން ނިމޭ ގޮތެއް ބެލުމަށެވެ.
އެކަމަކު، މި މަހުގެ 13 ގައި ހައި ކޯޓުން ނިންމީ އަހުމަދު މުހައްމަދާ އެކު އިތުރު ހަތަރު އޮފިސަރަކަށް އަލުން ވަޒީފާ ދިނުން މަޑުޖައްސާލަން ހައި ކޯޓުން ނެރެފައިވާ ވަގުތީ އަމުރު މުރާޖައާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލުހެއް
25 December 2023
ފުލުހުންގެ ވެރިޔަކަށް ލާނެ މީހަކު ނޭގިގެން ސަރުކާރު ހަނާ ވަނީއެވެ. ދެން އެއްމެފަހުން ފުލުހުންގެ ތެރޭގައިވެސް ތިބި ހިންގުން ތެރިކަމެއް ނެތް ބަޔަކަށް ތިޔަތަނުގެ ކޮންޓްރޯލް ލިބި، ފުލުސް އޮފީސް ދާނީ ޚަރާބުގެ މަގަށެވެ. ސަރުކާރުގެ ސިޔާސީ އެއްވެސް ޚަރުދަނާ ކަމެއް ނެތްކަން މިކަމުން ސާބިތުވާނެއެވެ.
ދޭއް ހަތަރެއް
24 December 2023
ކުރިން ޝަރުތު އިއްލާންނުކޮށް އެޕްލައިކުރީމަ، ޝަރުތު ފެހީ ފުލުހުންގެ ތަޖްރިބާ ގިނަ މީހާ ބާކީކޮށް ޕްރިންސިޕަލެއް ހޮވޭގޮތައް، ނަވީން އިޓްސް ނޮޓް ފެއަރ ޕްރޮސެސް.
ބަޑި ވާޒާރު ބުނި ސަންފައިން
25 December 2023
ދޭއް ހަތެރެއް ހާދަ ވިސްނުނުން ކޮށި ނޭގޭ ބޭފުޅެއް ދެއްތޯ. ބަލަ ތިޔަ ކަމިޝަނަރަކަށް އަލީ ސުޖާ ނޮމިނޭޓް ވީ ކްރައިޓީ ރިއަރ އެއް ހަދާ އެއަށް ޕޮއިންޓް ދީގެން. ތަޖްރިބާ ހުރުމަކުން އަދި ނުނިމޭ ދުރޫސުލް އަހުލާގް ކޮބާ؟ ޕްރިންސިޕަލް ގެ އިތުރުން ސުޖާއު އަކީ އެސިސްޓެންޓް ކަމިޝަނަރ އަދި ދެން މިހަރުގެ ކަމިޝަނަރު....
ރިއަލިޓީ10
25 December 2023
ތި ތަޖުރިބާ އަށް ވުރެ ޒަމާނީ ވިސްނުމާ އެޑިއުކޭޓެޑުވުމާ ޑިސިޕްލިން މާ މުހިންމު
ޒެޑޭޒެޑް
24 December 2023
ރައްރަށުގައި ކުއްކުރާ މީހުންނާ ގުޅުން އޮންނަ ފުލުހުންނައް އަހުލާގީ ފިޔަވަޅު އަޅުއްވާ ރަގަޅު މީހުން ލާދީ
ޕޮލިސް ބޯޑަށް..
24 December 2023
މަބުނީ ފުލުހައް ފޮނުވާ ސިޓީ ތަކައް އާއްމު އުސޫލުން ވަކި ދުވަހެއް ތެރޭ ތެރޭ ޖަވާބު ނުދެވެނީ ކީއްވެތޯ ޕޮލިސް ބޯޑުން ބަލާބަލަ
އިސްމާއިލް ފުޅި
25 December 2023
ސުޖާއު ދެން ތިޔަ ސިޓީ ތަކަށް ޖަވާބު ކަނޑައެޅޭ ދުވަހެއްގެ ތެރޭ ދެއްވާނެ ކަމަށް އުއްމީދު ކުރަން.. ބުނަންތަ އެއީ ފުލުސް ބޯޑްގެ ޒިއްމާ އެއްނޫން.
އެދުރުބ
24 December 2023
ސުޖާޢު ސަރ އަކީ ވަރަށް ރަނގަޅު ބޭފުޅެއް، ވަރަށް ވިސްނުންތޫނު ވަކި އަތަކަށް ބުރަނުވެ ކަންކަން ނިންމަވާ ރަނގަޅު ބޭފުޅެއް، އިޚްލާޞްތެރި ޚުލްޤު ހެޔޮ ރަނގަޅު ބޭފުޅެއް، އަބަދުވެސް ސުޖާޢު ސަރއަށް ކާމިޔާބީއަށް އެދެން އަދި ޤައުމީ ޚިދުމަތުގައި ތެދުވެރިކަމާއެކު ހުންނެވުމަށް އެދެން.
ޑޮކްޓާރ. ބަނާނާ
24 December 2023
ތޭންކްސް މރ. ޕްރެޒިޑެންޑް! ސަރުކާރު ގެ ނިންމުން ވަރަށް ފުރިހަމަ!. ޢަލީ ސުޖާއު ގެ ކަމިޝަނަރު ކަމުގެ ދަށުގައި ފުލުހުންގެ މުައައްސަސާ އަށް ހެޔޮ ބަދަލު ތަކެއް ގެނެވި ރައްޔިތުން އުފާވާ އަދި ހިތްހަމަޖެހޭ ހިދުމަތެއް ދެއްވާނެކަމަށް އުއްމީދު ކުރަން.. މަރުހަބާ ކަމިޝަނަރު! ވ. ސަލާމް
އަލީގް
24 December 2023
މީކަމު ނުދާ ކަމެއް ހަމަ ބުނެލީ
214
24 December 2023
ޑިއުޓީ އަށް ނިކުމެއްފައި ކޮފީގައި ޑިއުޓީ ނިންމާލާ މީހުންނަށް ކަމުނުދާނެ.
ފެކޭ
24 December 2023
ނަވީނައްވުރެ މާ ބޮޑުތަނުންވެސް ރަގަޅުވާނެ
ާބަޑި ވައިޒަރު ސޯ.
24 December 2023
ޢަލީގް ދެން ކަމުދާ ކަމެއްވެސް ލިޔެލިނަމަ. ޢަލީ ސުޖާ ހޮވާފައި ވަނީ ޕޮލިސް ބޯޑުން. .ނޭގޭނަމަ ކޮމެންޓް ނުކުރޭ.
އަލްމުދިޝް
24 December 2023
ރައްޔިތުންނަށް ހަރާންކޯރުވާ ވެރިން ނަށް ރުހުން ދިނުމަކުން ރައްޔިތުންގެ ސީޓީތަކަށް ވާނުވާ އެއް ނުބަލާނެއެވެ. އެކަން ބޮލާލާ ޖަހާނީ ގައުމާއި ރައްޔިތުންނަށް ގައްދާރު ވާން ޓްރެއިނިން ކޮށްފަ ތިބި ބަޔަކު ލައްވާ އެވެ. ތިމާމެންގެ ހަލާކަށް އިސްކޮށްފަ ތިބޭ މީހުން ހަރާން ކޯރުވާން ފުރުސަތު ދޭނަމަ ސަހަލި ވެރިކަމެއް މުއިއްޒުވިޔަސް ދެން ނުުރާނެއެވެ.
އަލިބޭބެ
24 December 2023
މަރުހަބާ، ފުލުހުންގެ ތެރޭގައި މިހާރު އޮތް ސިޔާސީ ކަންތައްގަނޑުން އެ ތަން ދުރުކޮށް އެތަން ރަނގަޅުކުރާނެ ކަމަށް އުންމީދު ކުރަން. ސިޔާސީ ފިކުރުގައި މުސާރަ ނަގައިގެން ތިބެ މަސައްކަތެއް ނުކޮށް ކޮފީ މޭޒުގައި ތިބޭ ފުލުހުން ރުޅި އަންނާނެ. އެކަމަށް ނުބަލާ ފަހަތަށް ނުޖެހި މަަސައްކަތްކުރައްވާތި.
ޥަވވވ
24 December 2023
2 ސިޔާސީ އަމިއްލަ ފައިދާއަށް އުޅޭ 2 މީހުން. ތަނުގެ ހަލާކު
ބަލީ
24 December 2023
މަރުހަބާ އަލީ!