ވިޔަފާރި / އެޑްވަޓޯރިއަލް

ނޮވެމްބަރުގެ ނިޔަލަށް 44 ޕޭޝަންޓުންނަށް ހައިޕާބެރިކް އޮކްސިޖަން ތެރަޕީގެ 299 ސެޝަން ދީފި

އޭޑީކޭގައި ހުޅުވި ޗެމްބަރު މަސައްކަތްކުރާ ގޮތް، އެ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފު ކިޔައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

26 ޑިސެމްބަރ 2023 - 11:18

1 comments

ހައިޕަބެރިކް އޮކްސިޖަން ތެރަޕީ އަކީ މި އަހަރާ ޖެހެންދެން ވެސް މާލެއިން ދެވެން ނެތް ފަރުވާއެކެވެ. އާއްމުކޮށް ޑައިވިން އެކްސިޑެންޓުތަކުގައި ޑީކޮމްޕްރެޝަނަށް ދާ މީހުންނަށް ދޭ މި ފަރުވާ އަކީ ދަތިހާލުގައި މާލެއިން ބޭރުގައި ހުންނަ ޗެމްބަރަކުން ދޭން ޖެހުނު ފަރުވާއެކެވެ. އޭރު މި ފަރުވާ ހޮސްޕިޓަލެއްގެ ބޭރުން ލިބެން ހުރުމަކީ ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމެކެވެ.

މި އަހަރުގެ ޖެނުއަރީ މަހު, އޮކްސިޖަން ތެރަޕީ ދޭނެ ޗެމްބަރުތަކެއް ގާއިމުކޮށް އޭޑީކޭއިން ވަނީ ރާއްޖޭގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ހައިޕާބެރިކް ޓްރީޓްމަންޓް ރޫމް ހުޅުވައިފަ އެވެ. މި ތަނަކީ ޑީކޮމްޕްރެސްވާ ޕޭޝަންޓުންގެ އިތުރުން އެކި ބަލިތަކަށް ފަރުވާދެވޭނެ ޔުނިޓެއް ކަމަށް އެ ޔުނިޓު ހުޅުވި ރަސްމިއްޔާތުގައި، އެ ޓްރީޓްމަންޓު ދިނުމުގައި އިސްކޮށް އުޅުއްވާ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖެއަށް ނުހަނު ބޭނުން ޖެހިފައިވާ ޓްރީޓްމަންޓު ޔުނިޓެއް ކަމަށެވެ.

ހައިޕަބެރިކް ޓްރީޓްމަންޓް ޔުނިޓުން ހިދުމަތް ދޭން ފެށިތާ މި ދިޔަ މަހުގެ ނިޔަލަށް 10 މަސްވެފައި ވާއިރު މި ތަނުން މިދިޔަ މަހުގެ ނިޔަލަށް 44 މީހުންނަށް ވަނީ ފަރުވާ ދީފަ އެވެ.

މި ތަނުގެ އެންމެ ފުރަތަމަ ޓްރީޓްމަންޓު ދޭން ފެށީ ފެބްރުއަރީ މަހު އެވެ. އެ މަހު ޑީކޮމްޕްރެޝަންވި ފަސް ޑައިވަރުންނަށް ވަނީ ޓްރީޓްމަންޓު ދީފަ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ޓޫރިސްޓުން ވެސް ހިމެނެ އެވެ. އަދި މާޗް މަހު ޑީކޮމްޕްރެޝަންގެ ތިން މީހަކަށް ފަރުވާދިނެވެ.

މި އަހަރުގެ އޭޕްރިލް މަހަކީ މި ޔުނިޓުން ކެންސާ ކެއާއަށް ފަރުވާ ދޭން ފެށި މަހެވެ. މި މަހު, ޕޯސްޓް ރޭޑިއޭޝަން އިންޖަރީ ހުރި ކެންސާ ޕޭޝަންޓަކަށް މި ތަނުގައި ފަރުވާ ދިނެވެ. މި މަހުން ފެށިގެން އެ ޔުނިޓުން އަންނަނީ ކެންސަރު ފަދަ ބަލިތައް ހުންނަ ޕޭޝަންޓުންގެ ފާރުގަނޑުތަކަށް ދޭން ޖެހޭ ފަރުވާ ދެމުންނެވެ.

މި ތަނުން މެއި މަހު ތިން ޕޭޝަންޓުންނަށް, ޖޫން މަހު ދެ ޕޭޝަންޓުންނަށް, ޖުލައި މަހު އެއް ޕޭޝަންޓަކަށް އަދި އޮގަސްޓު މަހު ފަސް ޕޭޝަންޓަކަށް ފަރުވާ ދިނެވެ.

އޮކްޓޯބަރު މަހު މި ޔުނިޓުން ވަނީ ބްރެއިން އިންޖަރީ ހުރި ޕޭޝަންޓުންނަށް ފަރުވާ ދޭން ފަށައިފަ އެވެ. އެ މަހު އެކި ކޭސްތަކުގެ ޖުމްލަ ފަސް ޕޭޝަންޓަކަށް ހައިޕާބެރިކް އޮކްސިޖަން ތެރަޕީ ވަނީ ދީފަ އެވެ. އަދި މި ދިޔަ މަހު މި ތަނުން 13 ޕޭޝަންޓަކަށް ވަނީ ފަރުވާދީފަ އެވެ.

މި ޔުނިޓުން ފެބްރުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް 299 ޓްރީޓްމަންޓް ސެޝަން ވަނީ ދީފަ އެވެ.

އޭޑީކޭގައި ހުޅުވި ޗެމްބަރު ޔުނިޓު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހައިޕާބެރިކް ޓްރީޓްމަންޓަކީ އޮކްސިޖަން ޗެމްބާގައި ބަލި މީހާ ބައްވާ ހައި ޕްރެޝަރުގައި އޮކްސިޖަން ވަކި ގޮތަކަށް ދީގެން ދޭ ފަރުވާ އެކެވެ. އެ ޓްރީޓްމަންޓުގައި ބަލިމީހާގެ ލޭގެ ނިޒާމަށް ވަންނަ އޮކްސިޖަން ލޭގެ ފެން ބަޔަށް ގިރޭނެ އެވެ. އަދި އެ މީހެއްގެ ލޭގެ ހިނގުން ރަނގަޅު ނޫނަސް، ޓިޝޫ ފްލުއިޑް މެދުވެރިކޮށް ފަރުވާ ބޭނުންވާ ގުނަވަނަށް އޮކްސިޖަން ވަންނާނެ އެވެ.

އެގޮތަށް އޮކްސިޖަން ދިނުމުގެ ސަބަބުން ލޭގައި އޮކްސިޖަން ކޮންސެންޓްރޭޝަން އާދަޔާ ހިލާފަށް މަތިވެ، އާ ލޭ ނާރުތަކެއް އުފެދުމަށް މަގުފަހިވެ، އިމިއުން ސެލްތައް އެކްޓިވޭޓު ވާނެ އެވެ. އަދި ބެކްޓީރިއާ މަރުވެ، ދުޅަ ތިރިކޮށްދޭނެ އެވެ.

އެ ތެރަޕީއަކީ ބަލިމީހާގެ ހުރި ބައްޔަށް ދޭ ފަރުވާގެ އިތުރުން ދޭނެ ތެރަޕީއެކެވެ. އެ ތެރަޕީގެ ނަތީޖާ ފެންނާނީ، ތެރަޕީގެ ބޭރުން ކުރަންޖެހޭ ކަންތައްތައް ވެސް ރަނގަޅަށް ކޮށްގެންނެވެ. އަދި އެކި ބަލިތަކަށް އެ ތެރެޕީ ދޭން ޖެހޭ ގޮތާއި، ތެރަޕީ ސެޝަންތަކުގެ އަދަދުވެސް ތަފާތު ވާނެ އެވެ.

އޭޑީކޭގައި ހުންނަ ހައިޕާބެރިކް ޓްރީޓްމަންޓު ޔުނިޓުގައި ދެ ޗެމްބާ ހުރި އެވެ.

ނޯޓް: މިއީ އޭޑީކޭ ހޮސްޕިޓަލުގެ އެޑްވަޓޯރިއަލް އެކެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑައިވަރުން

26 December 2023

ކޮންކޮން އިންޝުއަރެންސް އަކުން ތޯ ކަވަރ ކުރަނީ ޑައިވް ރިލޭޓެޑް ޓްރީޓްމެންޓްސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454