26 ޑިސެމްބަރ 2023 - 14:42
އާލިއާ ބަޓް އާއި ރަންބީރް ކަޕޫރުގެ ހަމައެކަނި ދަރިފުޅު ރަހާ މީޑިއާ އަށް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.
އެ ދެމަފިރިންގެ އެއް އަހަރުގެ ދަރިފުޅު މީޑިއާތަކަށް ރަހާ ދައްކާލީ، ކްރިސްމަސްއާ ދިމާކޮށް އިއްޔެ އެވެ. އާލިއާ ވިހެއީއްސުރެ ރަހާ ގެންގުޅެމުން އައީ މީޑިއާތަކަށް ފޮރުވައިގެން، ސިއްރުންނެވެ. އަދި އެ ދެމަފިރިން އެކުގައިދާ އެއްވެސް އިވެންޓަކަށް ވެސް ރަހާ ނުގެންދެ އެވެ. އެކަމަކު، އިއްޔެ އޮތް ކަޕޫރު އާއިލާގެ ކްރިސްމަސް ލަންޗަށް ފަހު ޕަޕަރާޒީންގެ ކުރިމައްޗަށް ނުކުމެ އާލިއާ އާއި ރަންބީރު ވަނީ ރަހާއާ އެކު ފޮޓޯއަކަށް ޕޯޒްކޮށްފަ އެވެ.
އާލިއާ އާއި ރަންބީރު ދަރިފުޅާ އެކު ޕޯޒްކޮށްފައިވާ ފޮޓޯތައް މީޑިއާތަކުން ޕޯސްޓުކުރުމުން އެ ދެ ތަރިންގެ ފޭނުން ވަނީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރާއި ރަހާ ވައްތަރު ކަމަށް ބުނެފަ އެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ރަހާގެ ލޯ ރާޖް ކަޕޫރާ ވަރަށް ވައްތަރު ކަމަށެވެ. އަދި އޭނާގެ ނޫ ކުލައިގެ ލޮލުގެ ކަޅިއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.
މީޑިއާތަކަށް ސިއްރުން ރަހާ ގެންގުޅެނީ ކީއްވެތޯ އެހުމުން އާލިއާ މީގެ ކުރިން ބުނެފައި ވަނީ އޭނާ އާއި ރަންބީރުގެ ފުރަތަމަ ދަރިފުޅަށްވާތީ މީޑިއާތަކަށް ރަހާ ދައްކާލަން ޖެހިލުންވާ ކަމަށެވެ. އަދި މީޑިއާގެ ކުރިމައްޗަށް ރަހާ ގެންނަން ނިންމުން އެކަން ކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅި
27 December 2023
މަންމަގެއާ ބައްޕަގެ ލޮލުގެ ކުލައާ ދަރިފުޅުގެ ލޮލުގެ ކުލައާ ތަފާތު...
އަލުއީ ބަޓޫ
27 December 2023
ތިއީ ޕްރޮޑަކްޓެއްްތަ މީޑިއާ އަށް ދައްކަން ؟؟؟؟.
އަޅި އަލީ
27 December 2023
ބޮޑަށް ހީވަނީ މިސްޓޭކެއްހެން! މޮޅުއެއްޗެއް ޖައްސަން އުޅެނިކޮށް އަތަށް ގޮވީ!
ކޮ ކީ
27 December 2023
ކިއުޓު
ސިލްމާ
26 December 2023
އާލިއާ ވައްތަރީ. އެކަމަކު މަދުނޫންބަޔަކަށް އެކުއްޖާ ރަންބީރާވެސް ވައްތަރުވާނެ.
ރަށާ
27 December 2023
ވައްތަރީ ކަރީނާ އާ
އަޅި އަލީ
27 December 2023
އަމީތާބު ދަރި އަބީޝެކާ ވައްތަރު ގޮތެއް އެބަހުރި ދޯ!