އިޒްރޭލުގެ ޓޭންކުތައް ގާޒާގައި. -- ފޮޓޯ: ރޮއިޓާސް
29 ޑިސެމްބަރ 2023 - 06:19
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން މިހާރުވެސް ގެދޮރު ގެއްލި ހާލުގައި ތިބި ޣައްޒާގެ އާންމުން އުޅޭ ހިސާބުތަކަށް އިޒްރޭލުން ވައިގެ މަގުން ހަމަލާތައް ވަރުގަދަކުރިތާ ދެތިން ދުވަސް ފަހުން އެއްގަމު މަގުން ޓޭންކްތަކުގައި ގޮސް ޣައްޒާގެ މެދުތެރެއަށް ވަދެއްޖެ އެވެ.
ޣައްޒާގެ މެދުތެރޭގައި އިޒްރޭލުގެ ޓޭންކުތައް އުޅެނިކޮށް ނަގާފައިވާ ފޮޓޯތައް ފަލަސްތީނުގެ ބައެއް ނޫސްވެރިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
އެއްގަމު މަގުން ޣައްޒާގެ މެދުތެރެއަށް ވަދެ ހަމަލާ ދެމުން ގެންދާއިރު އާންމުން މިހާރު ތިބީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރުވެރިކަމުގަ އެވެ. ހަމަލާތައް މިހާރު ދެމުން ގެންދަނީ މީގެ 12 ހަފްތާ ކުރިން އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ހެދި ހާލުގައި ޖެހިފައިވާ އާންމުން ހިމާޔަތަށް ގޮސް ތޮއްޖެހިފައިވާ ހިސާބުގަ އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި، އިއްޔެއާ ހަމައަސް 24 ގަޑިއިރު ތެރޭ އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި 210 މީހަކު ވަނީ ޝަހީދުވެފަ އެވެ. މި އަދަދާ އެކު އިޒްރޭލުން މިފަހަރުގެ ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު 21،320 އަށް އަރާފައިވާ ކަމަށް ބުންޏެވެ. މިއީ ހިސާރުކޮށްފައިވާ އޮންނަ ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް އެއް ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.
އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހެއްހާ މީހުން މަރާލުމުން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތައް ހުއްޓާލަށް އެކި ގައުުތަކުންނާއި ޖަމާއަތްތަކުން ގޮވާލަމުން ދާއިރު ވެސް އިޒްރޭލުގެ އާދައިގެމަތިން އެ ގޮވައިލުންތަކަށް އިޖާބައެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްރާ އިލު
30 December 2023
ހަމާސް އިން ގައްޒާ މިހަލުގަ ޖެއްސީ.
ހަގުރާމަ ހުއްޓާފަ އެކުގައި އުޅޭ
29 December 2023
ތިޔައީ އަޒްރެއިލްގެ ބިމެއް މިހާރު. 10 އަހަރު ތެރޭގަ މުޅި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމު ތަކުގެ ފެންވަރު ރަގަޅު 5 ސިޓީ ތި ބިމުގައި އެމީހުން އާރާސްތު ކުތާނެ. ޢީރާނު އަދި ތުރުކީ އައް އެއްކަމެއްވެސް ނުވާނެ!
އަލްމުދިޝް
29 December 2023
ގާޒާގެ ބިމުން ތެޔޮނެގުމަށް ބިމުގެ މިލްކްވެރި ފަރާތް ގާއިމްވެ ނިމެނީ އެވެ. މިކަމުގެ ނުރައްކާ އަދި އޮތީ ތުރުކީ އިރާނަށެވެ.
ސަންތިމަރިޔަބު.
29 December 2023
މިއީ ރަސިއާ އަޑީގައި އޮވެގެން އިރާނު މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ހަމާސް އާއި އިޒްރޭލާ ކުރުވި ހަނގުރާމައެއް. މިހަނގުރާމައިން މުސްލިމުން އިތުރަށް ނިކަމެތިވެއްޖެ. ހިތާއި މޭ ކުދިކުދިވެއްޖެ. މިކަމުގެ ފައިދާ ލިބުނީ ރަސިއާއަށް. އެމެރިކާ އަދި ޔޫރަޕުގެ ފޯކަސް ޔޫކުރޭނުން އިޒްރޭލަށް އެނބުރިއްޖެ. އެމެރިކާގެ ސެކެރެޓަރީ އޮފް ސުޓޭޓު އެންތަނީ ބުލިންކެން ވެސް ފާޅުގައި ބުނެފި ޔޫކުރޭނަށް ދޭނެ ހަތިއާރެއް ފައިސާއެއް އެމެރިކާގަ ނެތޭ. މުހިންމީއިޒްރޭލު.