އައިޔޫއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވާހަަކަ ދައްކަވަނީ: އާމްދަނީ ހޯދުމަށް ވަގުފު ބިލްޑިންގެއް އަޅަން ވަނީ ނިންމާފައި.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 ފެބުރުއަރީ 2017 - 15:58
އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް އިތުރަށް އާމްދަނީ ހޯދުމަށް ހުޅުމާލޭގައި ވަގުފް ބިލްޑިންގެއް އަޅަން ނިންމައިފި އެވެ.
މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށް އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އައިޔޫއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ވަގުފު ބިންޑިންގްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި އިމާރާތް އަޅަނީ އިސްލާމިކް ޔުނިވަސިޓީގެ ޑިވެލޮޕްމަންޓް ފަންޑުންނެވެ. ނަމަވެސް އެކަމަށް ހަރަދުވާނެ ފައިސާގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، ވަގުފު ބިލްޑިންގް އެޅުމަށް ބިން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ޝަހީމް ނުދެއްވަ އެވެ.
ވަގުފު ބިލްޑިންގް ކުއްޔަށް ދީގެން ލިބޭ އާމްދަނީން، އިސްލާމިކް ޔުނިވަސިޓީ އާއި ދަރިވަރުންގެ ތަރައްގީ އަދި ކިޔެވުން އިތުރަށް ހަރުދަނާކުރަން މަސައްކަތްތަތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ސްކޮލަޝިޕްގެ ފުރުސަތުތައް ވެސް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މައުހަދުގެ ދުވަސްވަރުން ފެށިގެން ވެސް، ކޮލެޖު ދުވަސްވަރުން ފެށިގެން ވެސް ދައުލަތުގެ ބަޖެޓަށް ބަރޯސާ ވެގެން މިތަން މި ކުރިއަށް ދަނީ. އެއީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވާ ކަމެއް ވެސް މެ. އެކަމަކު ޔުނިވަސިޓީއެއް ކޮލެޖެއް، އޭގެ އަމިއްލަ ވަސީލަތްތައް ހުންނަންޖެހޭ ލާރި ހޯދާނެ،" ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
"އެހެންވެ މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ގޮންޖެހުންތަކަށް ބަލާއިރު، އަމިއްލަ ވަސީލަތްތައް ކޮންމެހެން އަންނަންޖެހޭ. އެހެންވީމަ އަޅުގަނޑުމެން މި ވިސްނީ އަމިއްލަ ވަސީލަތަކަށް ދެވޭތޯ. އޭގެ ތެރެއިން އެންމެ ފުރަތަމަ މަޝްރޫއަކީ މިއީ،" ޝަހީމް ވިދާޅުވި އެވެ.
އާމްދަނީ ހޯދަން އިސްލާމިކް މިނިސްޓްރީން މިދިޔަ މަހުގެ ތެރޭގައި މާލޭގައި ހުޅުވި ވަގުފު ބިލްޑިންގަކީ ވެސް، ޝަހީމް އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ފެެއްޓެވި މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބުފރު
13 February 2017
މިތަނަކީ އައްޑޫ ސިޓީ ގައި އަޅަން ބިން ކަނޑާ ތަން ކުރަހާފަ އޮތް ތަނެއް، މިހާރު ހުރިހާ ކަމެއް މާލެއަށް ބަދަލު ކުރަމުންދާ އުސޫލުން ބަދަލު ކުރީ.
ޝާއިރާ
13 February 2017
ވަޤުފުއަކީ ޝަރުޢީ ހަމަތަކެއް ވާކަމެއް. 3000 ޓީޗަރުންނަށް ކިޔަވާދެނީ ޓާމަކު ދެފަހަރު ދެދުވަހަށް މާލެ ގެނެސްގެން ދުވާލަކު 15 ގަޑި ނަގައިގެން. މިގޮތަށް ކިޔަވާދިނުމުން، ސްޓެޓިސްޓިކްސް ވަރަށް ރަނގަޅުވާނެ. ހުސް ޑިގްރީ ޓީޗަރުން ތިބޭނީ. ނަމަވެސް ކުރިއެކޭ އެއް ފެންވަރު. މުޅި ތަޢުލީމީ ނިޒާމުގައި މި ބައިމީހުން އެތައް އަހަރެއް ވަންދެން އުޅޭނެ. މިކަން ކުރަން އެމްކިޔުއޭގެ މީހުން އެތިބީ ބަދަލުކޮށްފައި. މިއީ ޤައުމަށް، މުސްތަޤްބަލަށް ކުރެވޭ ބޮޑު ޚިޔާނާތެއް. ވެރިންގެ ފެންވަރު....
މާނަ
13 February 2017
ވަގުފު ގެ މާނަ އޮޅިއްޖެ މިހާރު. ތިއީ ވަގުފެއްތަ؟
ހާމިދު
13 February 2017
އެމްއެންޔޫގެ ކޯސްތަކަކަށް އިތުބާރެއްނެތް. އަދި އެތަނުގެ މެނޭޖްމެންޓް ވަނީ ސިޔާސީވެ ހަމަހަކަން ގެއްލިފައި. ފެންވަރު ނެތް ސިލަބަސްތަކަށް ކޯސްތައް ހިންގަނީ. އެކަމަކު އިސްލާމިކް ޔުނިވަރސިޓީގެ ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުވެފައި އެންމެންނަށް ކޭޓާ ކުރާގޮތައް ޕްރޮގްރާމްތައް ދަނީ ރާވަމުން. މިކަމާ އެމްއެންޔޫ ޖެލަސްވި ނަމަވެސް، އެމްއައިޔޫ ގެ އެ މަސައްކަތްތަކަކަށް ހުއްޓުމެއް ނާންނާނެ. ކުރިކުރިއަށް އެމްއައިޔޫ...!
ރަފްސަންޖާނީ
12 February 2017
އަބަދުވެސް ތިކަހަލަ ތާކުން ތާކު ނުޖެހޭ ކަންތައް ކުރުމާއި ރިބަން ކެނޑުމަށް މިވަރުގެ ސަރުކާރެއް ނޯންނާނެ
މަހޭ
12 February 2017
އެމްއެންޔޫއަށް ބިމެއް ނުދޭބާ ހަމަހަމަ އުސޫލުން؟ ހުރިހާ ބިމެއް އިސްލާމިކް ޔުނިވާސިޓީއަށް ލިބުމަކީ ހަމަޖެހޭ އުސޫލެއް ނޫން.
ޒިޔާދު
13 February 2017
މުޅި މާލެއާ ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށެއްގަ އެމްއެންޔޫގެ ބިންތައް. މަދު ތަ؟
ގގ
12 February 2017
ތީ ހަމަ ދައުލަތުގެ ތަނެއް ކުއްޔަ ދީގެން ދައުލަތަށް ވަންނަ ފައިސާ ނުންތޯ. ދައުލަތުގެ ބިމެއްގައި ދައުލަތުން އިމާރާކޮށް ކުއްޔަދެނީ ލިބޭ އާމްދަނީ އެއީ ދައުލަތުގެ ރެވެނިއު!
ނިރު
12 February 2017
ޝުކުރިއްޔާ
ލޯބި ދޮމްބެ
12 February 2017
މަރްހަބާ
އިބޫ
12 February 2017
އިސްލާމިކް ޔުނިވަރސިޓީ އެންޑް ރިއަލް އެސްޓޭޓް ކިޔަންވީނު. ދައުަލތުގެ ފިނޭންސް މިނިސތްރީން ދޯ ދއުަލތަށް ފަނޑް ހަމަޖައްސާނީ... ކޮންމެ ބަޔަކު އަމިއްލަ އަށް ބިންވެރިންނަށް ވެގެން މިގޮތެއް ކަމަކު ނުދާނެ