29 ޑިސެމްބަރ 2023 - 16:06
އާ އަހަރު ފެށުމާ ގުޅިގެން އަންނަ ބަންދުގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ރ. އަށް 100ޖީބީ ޑޭޓާ ނެގޭ އޮފާ މިހާރު ވެސް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިއީ ދިރާގުގެ ކަސްޓަމަރުންގެ އެދުމުގެ މަތިން ހުޅުވައިލި ފުރުސަތެކެވެ. ސަތޭކަ ޖީބީގެ ޑޭޓާ ލިބޭ މި އޮފާގައި އެކި މުއްދަތަށް 100 ޖީބީ ޑޭޓާ ނެގޭނެ އެވެ.
- ތިން ދުވަހަށް 100ރ. އަށް 100 ޖީބީގެ ޑޭޓާ
- ހަތް ދުވަހަށް 225ރ. އަށް 100 ޖީބީގެ ޑޭޓާ
- 15 ދުވަހަށް 400ރ. އަށް 100 ޖީބީގެ ޑޭޓާ
- 21 ދުވަހަށް 550ރ. އަށް 100 ޖީބީގެ ޑޭޓާ
- 30 ދުވަހަށް 750ރ. އަށް 100 ޖީބީގެ ޑޭޓާ
ދިރާގުން ބުނި ގޮތުގައި މި ޕެކުތަކާ އެކު ކަސްޓަމަރުންނަށް ގޭމްކުޅެ، މިއުޒިކް ސްޓްރީމްކޮށް، ފިލްމު ނުވަތަ ސީރީޒް ބަލައިލެވޭނެ އެވެ.
މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިސްޕިސް
29 December 2023
މީ މޮޔަކަމެއް.އިންޓަރނެޓްނުލައި އުޅެންދަސްކުރަންވެއްޖެ އަގު ހުރިގޮތުން މިހާރު
1828
29 December 2023
ތިޔަ ޕެކެޖްތައް ހުންނަތާ ކިތައްމެ ދުވަހެއް. ދިރާގު އަދި އުރީދޫގައިވެސް. ދިރާގް އަދި އުރީދޫ ކަސްޓަމަރެއްގެ ހައިސިއްޔަތުން މި އެދެނީ ތިން ދުވަހަށް 100ރ. އަށް 100 ޖީބީގެ ޑޭޓާ އިން ޕެކެޖް، ހަމައެކަނި ތިން ދިވަހަށް އިން ތަންކޮޅު 30 ދުވަހަށް ބަދަލުކޮށްލަ ދީ.
ތާއީދު
29 December 2023
ސުމަކީ އެއްވެސް އެއްޗެއް ނޫން. ތިނެއްްގެ ފަހަތަށް ސުމެއް އިތުރުކޮއްލިޔަކަށް އިތުރަށް ޖީބީއެއް ނުދާނެ ދެއްތޯ. ރަނގަޅު ހިޔާލެއް ހަމަ!