ފަލަސްތީނުގެ ކުރީގެ ރިލިޖަސް އެފެއާޒް މިނިސްޓަރު ޔޫސުފް ސަލާމާ. އޭނާ ވަނީ އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަވެފައި.
01 ޖެނުއަރީ 2024 - 05:32
ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ކުރީގެ ވަޒީރެއްގެ ގެޔަށް ހަމަލާދީ އޭނާ އަވަހާރަކޮށްލައިފި އެވެ.
ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ އާއި ހަމާސް އިން ބުނީ ކުރީގެ ރިލިޖަސް އެފެއާޒް މިނިސްޓަރު ޔޫސުފް ސަލާމާ، 68، އަވަހާރަވީ އަލް މަޣާޒީ ރެފިއުޖީ ކޭމްޕް ސަރަހައްދަށް ދިން ހަމަލާއެއްގައި ކަމަށެވެ.
ހަމާސްއާ ވާދަވެރި ފަތަހަ ޖަމާއަތާ ގާތް ބޭފުޅެއްގެ ގޮތުގައި ބެލެވޭ ސަލާމާ ވަޒީރުކަން ކުރެއްވީ ފެބްރުއަރީ 2005 އިން މާޗް 2006 އަށެވެ.
އޭނާ އަކީ އަގްސާ ހަރަމްފުޅުގައި ދީނީ ނަސޭހަތް ދެއްވުމުގައި ވެސް އުޅުއްވި ބޭފުޅެކެވެ.
ސަލާމާ އަވަހާރަކޮށްލި ހަމަލާއާ ބެހޭ ގޮތުން އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.
އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލުމުން ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައ ފަލަސްތީނުގެ 21،800 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާދިޢު
03 January 2024
މުސްލިމުންނަށް ނަޞްރު ލިބޭނެ ލަހުންވިޔަސް ފަހުން ވިޔަސް އިންޝާﷲ. ދެރަކަމަކީ މުސްލިމުންގެ އެއްބައިވަންތަކަން މާބޮޑަށް ހީނަރުވެފައިވާތީ. ދުވަހެއް އަންނާނެ މުސްލިމުން އެކަތިގަޑަކަށްވެ އެންމެން އެކީގައި އެއްބައެއްގެ ގޮތުގައި މުޝްރިކުންނާއި ދެކޮޅަށް ތެދުވާނެ. އެއީ ނަޞްރުގެ ދުވަސް އިންޝާﷲ!
މޫޙުއްމާ
01 January 2024
ރަނގަޅުގޮތަކީ ބައިޑްންގެ އެހީއާއިކު ނަތަންޔާހޫ ޝާހީދުކޮށްލައފިޔޭ.