އިޒްރޭލު ސިފައިން ޣައްޒާގައި. -- ފޮޓޯ: އޭއެފްޕީ/އިޒްރޭލް އާމީ
04 ޖެނުއަރީ 2024 - 05:57
ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ކުއްލި އަދި ވަރުގަދަ ހަމަލާތަކުގައި ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހަކު ސަލާމަތްކުރަން އިޒްރޭލު ސިފައިން ކުރި މަސައްކަތުގެ ތެރޭ އެ މީހާ މަރުވެފައިވާކަން އިއްޔެ ކަށަވަރުކޮށްދީފަ އެވެ.
އިޒްރޭލު ސިފައިން ބުނީ ރަހީނުކުރި 250 މީހުންގެ ތެރޭގައި ހިމެނޭ ސަރާ ބަރޫޝް މަރުވީ ސަލާމަތްކުރަން އުޅެނިކޮށް މިދިޔަ މަހުގެ 8 ގައި ކަމަށެވެ. ފަލަސްތީނުން ވަނީ ބަރޫޝް މަރުވިކަން ޑިސެމްބަރު 9 ގައި އިއުލާނުކޮށްފަ އެވެ. އަދި އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ ވީޑީއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ.
"މިވަގުތު އެ ހާދިސާގެ ތަފްސީލެއް ނެތް. އޭނާ މަރުވީ އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ކަމެއް ނުވަތަ ނުވަތަ ހަމާސް އިން ގަސްތުގައި ހަމަލާ ދީގެން ކަމެއް ނޭނގެ،" އިޒްރޭލު ސިފައިން ނެރުނު ބަޔާނުގައި ބުންޏެވެ.
ހަމާސް އާއި ފަލަސްތީނުގެ އެކި ޖަމާއަތްތަކުން ރަހީނުކުރި އިޒްރޭލު މީހުންގެ ތެރެއިން 129 މީހަކު އަދިވެސް ތިބީ ބަންދުކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހީނާ
04 January 2024
ރަހީނު ކުރުމަކީ ހާދަ ނުބައި ކަމެކޭ.
ސެމިލް
05 January 2024
ޔަގީން، އިސްލާމްދީނުގެ އަސާސްތަކާހިލާފަށް ކަންކަންކުރުމުން އޭގެދެރަ ހަމަމުސްލިމުންނަ!