މާލެ ޖަލު: ޖަލު ބަދަލުކުރަން ނިންމީ އެ ޖަލާ ޖެހިގެން ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރުކުރަމުން އަންނާތީ ކަމަށް ކަރެކްޝަނުން ބުނި.--
06 ޖެނުއަރީ 2024 - 16:36
ބޮޑުތަކުރުފާނު މަގުގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބިމުގައި ގާއިމްކޮށްފައި ހުރި މާލެ ޖަލު ބަންދުކޮށްފި އެވެ.
މިދިޔަ އޮގަސްޓު މަހު، ދަރުމަވަންތަ ސްކޫލު ބޭނުންކުރަން ފެށިއިރު ވެސް ބެލެނިވެރިންގެ ކަންބޮޑުވުމަކީ ސްކޫލުގައި ހޯލެއް ނެތުމެވެ. މިނިސްޓްރީން ކުރިން ވެސް ހަމަޖައްސާފައި އޮތީ، ސްކޫލާއި ޖެހިގެން އޮތް ޖަލު ހުސްކުރުމަށްފަހު އެ ތަނުގައި ހޯލު އަޅާށެވެ. ނަމަވެސް އެކި މައްސަލަތަކާހެދި ކިޔަވަން ފެށުނު އިރު ވެސް އޮތީ އެ ބިން ނުލިބި އެވެ.
ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަަރުކާރުގެ އެތަނުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކޮށް، ޕޮލިސީތަކާ އެއްގޮތަށް މިއަދުން ފެށިގެން މާލެ ޖަލު ބަންދުކޮށްފައިވާ ކަމަށެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް: އެ ސްކޫލުގައި މިހާރު 800އެއްހާ ދަރިވަރުން ކިޔަވަމުންދޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
"ޖަލު ބަންދުރަން ނިންމީ، ޖަލާ ޖެހިގެން ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރުކުރަމުން އަންނާތީ، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު،" އެ ބަޔާނުގައިވެ އެވެ.
ޖަލު ބަންދުކުރި ނަމަވެސް އާއްމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް މި މަހުގެ 12ގެ ނިޔަލަށް އެ އިމާރާތުގެ ކައުންޓަރުން ލިބޭނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.
މާލޭގައި އެ ޖަލު ބޭނުން ކުރަން ފެށީ 2008ވަނަ އަހަރު އެވެ.
ދަރުމަވަންތަ ސްކޫލާއި އެ ސްކޫލާއި އިންވެގެން އޮންނަ ބިމުގައި ހުރި މާލެ ޖަލު: އެ ސްކޫލު ދަރިވަރުން މިހާރު ބޭނުންކުރަމުން ދަނީ ދެ ދެ ބްލޮކް ދޭތެރޭ އޮތް ކޮމްޕައުންޑުގައި ޓާފް އަޅައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެޑިޔުކޭޝަން މިނިސްޓަރު މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވެފައި ވަނީ ޖަލު ހުސްކޮށް، މިނިސްޓްރީއަށް ބިން ހަވާލުކުރާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު އެ ތަން ދަރުމަވަންތަ ސްކޫލާ ހަވާލުކުރާނެ ކަމަށެވެ.
އެ ސްކޫލުގައި ހޯލެއް ނެތުމުން ވަގުތީގޮތުން މިހާރު އެކަމަށް ބޭނުން ކުރާނީ ދެ ބްލޮކް ދޭތެރޭ އޮތް ކޮމްޕައުންޑުގައި ޓާފް އަޅައިގެންނާއި ސްކޫލު ތެރޭގައި ހުރި އެހެން ހުސް ޖާގަތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމާތ
07 January 2024
ޖަލު ފެންނަން ހުރީމަ ފަހަރެއްގަ ރަގަޅު އަސަރެއްވެސް ކޮށްފާނެ ދޯ
އުދުހޭ
06 January 2024
ކިޔަވައިގެން ޖަލަށް؟
ޚޮލޯނު
06 January 2024
ޖަލުގެ ކުދިންވެސް އިންތިހާބާ ދިމާކޮއް ހުރީ ޗުއްޓީގަ، ދަރުމަވަންތަ ކުދިން ޖަލުގެ ހޯލް ބޭނުން ކުރުމަކީ މައްސަލައެއްނޫން. ށެއާރިން އިސް ކެއާރިން
ލަބްޔާ
06 January 2024
ސްކޫލު އިމާރާތުގެ ހޯލެއް ނުލައި ސްކޫލު އެޅީ ކީއްކުރަން. މީ ކޮން ކަހަލަ ބްރާންތިން އުޅޭ ގައުމެއް~
ސައުދީ
06 January 2024
ސްކޫލްއަޅަން އެސްޖޭ ކޮންސްޓްރަކްޝަން އަށް ދިން 94 މިލިޔަން ތެރޭގައި ސުކޫލްގެ ހޯލް ނުހިމެނޭ ބާ
ސުޕަރ ބުރާންތި
07 January 2024
މަށަ ކަލޭކަހަލަ ފުއްޕާ ކޮމެންޓޭޓަރުން މިގައުމުގައި ތިބިލެއް ގިނަވީމާ ރަނގަޅު އެއްކަމެއް ވެސް ނޯންނާނެ. ޖަލުނަގާ ހޯލުވެސް ހަދާދޭގޮތަށް އޮތީ.
ދުރުމީމީ
06 January 2024
ރައީސް މުއިޒުއަކީ ޑިޒިޝަންނަގަން ވަރަށް ކުޅަދާނަ ބޭފުޅެއް! ކިތަންމެ ދެކޮޅުވާން ބޭނުންވިޔަސް މިހާ ސަޅި ރައީސްއެއް އަދި ހަމަ ނާދޭ! ސާބަހޭ ރަޢީސް!