07 ޖެނުއަރީ 2024 - 08:59
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް ދުވަހެއްގައި ސީޕްލޭން އެންމެ ގިނަ ދަތުރުކުރުމުގެ އާ ރެކޯޑެއް ގާއިމުވެފައިވާ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ޓީއެމްއޭ، މޯލްޑިވިއަން އަދި މަންޓާ އެއާގެ 649 އެއާޓްރެފިކް މޫވްމަންޓްސް މިދިޔަ އަންގާރަ ދުވަހު ރެކޯޑުކުރެވިފައިވާ ކަމަށެވެ.
މިއީ އެއް ދުވަހަކު، އެންމެ ގިނަ އަދަދަކަށް ސީޕްލޭން ދަތުރުތައް ރެކޯޑު ކުރެވުނު ދުވަސް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ ކުރިން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ސީޕްލޭން މޫވްމަންޓްސް ރެކޯޑުކުރެވިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދުވަހު ވެލާނާ އެއާޕޯޓުގައި 629 ސީޕްލޭން ދަތުރު ރެކޯޑުކޮށްފައިވެ އެވެ.
އެ ދުވަހު އެހެން މަތިންދާބޯޓުތަކާ އެކު 839 ފްލައިޓު މޫވްމަންޓު ވެލާނާ އެއާޕޯޓުގައި ވަނީ ރެކޯޑްކޮށްފަ އެވެ.
އެއް ދުވަހުގެ ތެރޭގައި ސީޕްލޭން ދަތުރުތަކުގެ އާ ރެކޯޑެއް ގާއިމުކޮށްފައި މިވަނީ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށެވެ.
މިދިޔަ އަހަރު 1.8 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ އިރު، މި އަހަރު އެ އަދަދު ދެ މިލިއަނަށް އަރުވަން ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒުހިފައިފަ އެވެ.
މުޅި ދުނިޔޭގައި ވެސް ރާއްޖެއަކީ ސީޕްލޭންގެ އެންމެ ބޮޑު ފްލީޓު އޮޕަރޭޓްކުރާ ގައުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
07 January 2024
ދައުލަތް ދަރަނިކޮށް އެތައް ބިލިޔަން ޑޮލަރު ނަގައިގެން ކ.އަތޮޅު މާލޭ އެއަރޕޯޓް ތަރައްޤީ ކުރަމުން އެބަދޭ. މަހުޖަނުންގެ ރިސޯޓް އިސްތިހާރު ކުރަން ދައުލަތުގެ ބަޖޭޓުން އެތައް ބިލިޔަން ރުފިޔާ ޙަރަދުކުރޭ. ޖެޓް ފިއުލް ފަދަ ޓްއަރިޒަމާއި ގުޅުންހުރި އެތައް ހިދުމަތް ތަކަށް ސަބްސިޑައިޒު ކުރާއިރު ރިސޯޓް ހެދުމުގެ ނަމުގައި "ހިތުހުރި އެއްޗެއް ބޭނުން އަދަދަކަށް" ޑިއުޓީފްރީކޮށް އެތެރެ ކުރެވޭ!؟ މަހުޖަނުންގެ ވިޔަފާރި ހިންގާދެނީ ދައުލަތުގެ ޙަޒާނާއިން ޙަރަދުކޮށްގެންތޯ!؟
އޮނަރަބްލް އަފީފު ދީދީ
07 January 2024
ރާއްޖޭގެ ޤުދުރަތީމުއްސަނދިކަމާއި ވަސީލަތްބޭނުންކޮށްގެން ދިވެހިންގެމަދުބަޔަކާއި ބިދޭސި އެތައް ކުންފުނިތަކެއް ދުނިޔޭގެ އެންމެމަތީދަރަޖައިގެ ބިލިޔަނަރުންނަށް ވެގެންދާއިރު (މިމީހުންގެފަރާތުން ޓެކްސްގެގޮތުގައި އައިސްކްރީމް އެއްގެ އަގުގެމިންވަރުލިބޭއިރު އެވެސްދައްކާނީ ހިތައްއެރިފަހަރަކު މަދުބައެއް. ޓެކްހަށް މަކަރުހެދުމާއި ޓެކްސްނުދެއްކުމަކީ އާދައެއް) ދިވެހިން ހަމަ ރެކޯޑޭކިޔަކިޔާ އުފާވެފައި ތިބޭތިބުމަކީ ވަރަށްދެރަކަމެއް. ޙައްޤަކީ "ހޯދާ އެއްޗެއް" އިގޭތޯ.
ބަބުރުއްސާދާ
07 January 2024
ވެލާނާ ނަން ކަމަކުނުދޭ. ތިތަނަށް ކިޔަން އެންމެ އައުލާކަން ބޮޑީ މުހައްމަދު ތަކުރުފާން އިންޓަނޭޝަނަލް އެއަރ ޕޯޓް، އެމަނިކުފަނު ރައްޖެ ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތްކޮށް އަޅުގަޑުމެންނަށް މިނިވަންކަމުގެ ފޮނިރަހަ ގެނެސްދެއްވީ އެހެންވީމަ އެފަދަބޭފުޅަކަށް އެމީހެއްގެ ހައިބަތާގުޅޭ ފުރިހަމަ ދަރަޖަ ދެންޖެހޭނެ. ހޯދައިދިނީ ވަރަށް މުހުންމު މިނިވަންކަމެއް އުދުހުމަކީވެސް މިނިވަންކަމުގެ ބައެއް، އެހެންވީމަ މާގުޅޭ.