އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވާހަކަ ދައްކަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު
07 ޖެނުއަރީ 2024 - 12:10
ސިޔާސީ ޕާޓީ އުފެއްދުމުގެ ހޯދުމަށްޓަކައި އެކަކަށް ވުރެ ގިނަ މީހުންނަށް ވެސް ހުށަހެޅޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
އެ ގަވައިދުގައި މިހާތަނަށް އޮންނަ ގޮތުން ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭނީ އެންމެ މީހަކަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އެއީ ގިނަ ބައެއްގެ ކަންބޮޑުވުމާ އެކު، އެ ކޮމިޝަނުން މަޝްވަރާކޮށްގެން ގެނެސްފައިވާ އިސްލާހެއް ކަމަށެވެ.
ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނައި އާ އިސްލާހުގައި ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި އެކަކަށް ވުރެ ގިނަ މީހުންނަށް ހުށަހެޅިދާނެ ކަމަށެވެ. އެ ކަމަށް އެދި ހުށަހަޅާ ފޯމާ އެކު، ޕާޓީ އުފައްދަން ބޭނުންވާ މީހުންގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއި ކުށުގެ ރިކޯޑު ފޯމު ހުށަހަޅަންޖެހޭނެ ކަމަށް ގަވައިދުގައި ވެ އެވެ.
ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދޭތާ ހަތް ދުވަހުގެ ތެރޭގައި އެ ހުއްދަ ލިޔުމުން ދޭން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އީސީ އިން ދިނުމުން، ޕާޓީ ރަޖިސްޓަރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
07 January 2024
ތިޔައީ މިގައުމު ގައި މުޅިން ފެއިލް ވެފައިވާ ސިސްޓަމެއް. މިހާރު ތަންދޮޜު އޮޅުން ފިލާ މީހުން ތިޔަ ސިސްޓަމުގައި ބައިވެރި ނުވޭ. ޥ ސަލާމް
އަންދަރޭ
07 January 2024
މިގައުމުގައި ހާދާ ފިކުރެއް އެބައޮތޭދޯ ކިތައް ޕާޓީތޯ އޮންނަންޖެހެނީ. އެއްވެސް ކަމެއްގައި ކޮންޓްރޯލެއް ނެތީމައޭ މައްސަލައަކީ ދެން ޕާޓީގެނަމުގައި ކުނިބުނި ހަދައިގެން މިހަކު ބަލާލާއިރު އޭނަގެ ނަން ދެތިން ޕާޓީގައި ރަޖިސްޓްރީ ކުރެވިފައި. ހަމައެއްލަމައެއްނެތްތަނުގައި އިލެކްޝަން ކޮމިޝަނަކަށް ރަގަޅަށް މޮނިޓާރވެސް ނުކުރެވޭ.