ޚަބަރު / މާލެ ސިޓީ ކައުންސިލް

ސައިފް: ރީތިކޮށް ބާރަށް، މާލެ ހައްލުކޮށްދެވޭނީ އަޅުގަނޑަށް

11 ޖެނުއަރީ 2024 - 20:10

14 comments

މުޅި މާލެ ވަށާލާފައި އޮތީ ހުސް މައްސަލަ އެވެ؛ މި ކަންބޮޑުވުގެ ވާހަކަތައް ސަރުކާރުތަކާއި މާލޭގެ މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން ދައްކަމުންދާތާ ޒަމާންތަކެއް ވެއްޖެ އެވެ. އުމުރުން 7 އަހަރުން ފެށިގެން ސައިފް ފާތިހް (އައިކޮ) ވެސް އަޑު އަހަން ޖެހުނު މި ވާހަކަތަކަށް އޭނާގެ ތައުލީމީ ހަޔާތް ނިންމައި އަމަލީ މަސައްކަތަށް ނުކުމެވަޑައިގަތް އިރު ވެސް ހައްލެއް ނާދެ އެވެ.

ހުސް ވާހަކަތަކަކަށް ފަހު ތަންފީޒު ނުވުމުގެ ނަތީޖާ އަކީ މާލޭގެ ހުރިހާ ކަމެއް ގޯހުން ގޯހަށް ދިއުމެވެ. ޑިމޮކްރެޓްސް އިން މާލޭގެ މޭޔަރަކަށް އޭނާ ނުކުމެވަޑައިގެން އެ ހުންނެވީ އިތުރަށް އެ ޝަކުވާ މާލޭގެ ރައްޔިތުން ކުރަން ނުޖެހޭ ގޮތް ހެދުމަށެވެ. ވޯޓު ހޯދުމުގެ ބޭނުމުގައި ކޮންމެ ފަހަރަކު މާލޭ ރައްޔިތުންނަށް ހުވަފެންތަކެއް ދެއްކިޔަ ނުދޭން ކަމަށް ވިދާޅުވި އެވެ.

"މާލޭ ރައްޔިތުންނަށް ހައްލެއް ހޯދަން ކުރަން ޖެހޭ އެއްވެސް ކަމެއް މިހާތަނަށް ކުރެވިއްޖެތޯ؟ އެއްވެސް ޕޮލިސީއެއް ތަންފީޒު ކުރެވިއްޖެތޯ؟ ހަމަ ތިބެގެން، މައްސަލަތައް ބޮޑުވެގެން ވާހަކަ ދެއްކިއަސް ޝަކުވާ ކުރިޔަސް ހައްލެއް ނާންނާނެ،" ސައިފް ވިދާޅުވި އެވެ.

"ހައްލު އަޅުގަނޑުގެ އަތުގައި އެބައޮތް، މިއީ އަޅުގަނޑު އެ މަސައްކަތް ފަށައިގަންނަވަންވީ ވަގުތު. އިހު ކަންތައް ކުރި ގޮތަށް ކޮށްގެން މި ރަށް ހައްލެއް ނުކުރެވޭނެ."

ސައިފް "މިހާރު"އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި މޭޔަރު ކަމަށް ނުކުންނެވީ މައްސަލަތަކާއި ހައްލުތައް ލިޔެގެންނެވެ. އެކަން ތަންފީޒު ކުރާނެ ގޮތާއި ބަޖެޓާއި ހޭދަވާނެ މުއްދަތު އޭނާ ހުށަހެޅި މެނިފެސްޓޯއިން ފެންނަން އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"މާލޭ ރައްޔިތުންގެ މަސްލަހަތު އިސްކުރަން އަޅުގަނޑު މި ނުކުތީ، އަޅުގަނޑު މިދައްކާ ވާހަކަތައް ތަންފީޒުކުރަން ވެސް ކުރިމަތިވާނެ ދަތިކަމެއް ނެތް،" ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި މާލޭގެ މަގުތައް އޮތް ހަލާތާއި ވެހިކަލްތައް ނުތަކާ ވަރަށް އޮތުމާއި ހަމައެއްލަމައެއް ނެތި މާލޭގައި ބިދޭސީން ދިރިއުޅެން މަޖުބޫރުކޮށްފައި އޮތުން ފަދަ ގިނަ މައްސަލަތަކަށް އޭނާގެ އަތުގައި ހައްލު އެބައޮތެވެ.

ސައިފްގެ މެނިފެސްޓޯގައި ހިމެނި ކަންކަން

ބޯހިޔާވަހިކަމާއި މަސްތުވާތަކެތި

މަގުތައް

އާއްމު ވެއްޓާއި ވަސީލަތްތައް

ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް

ހިންގުމާއި ހިދުމަތްތައް

ލޭންޑްޔޫސްޕްލޭން

ވިލިމާލެ

ހުޅުމާލެ

ބޯހިޔާވަހިކަން: ވަގުތުން ހައްލު ހޯދެން އެބައޮތް

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ސައިފް ދެއްކެވީ ގޮޅާގެ އާއި ވިސެންޒާ އިންނެވެ. ކޮންމެ ގެއެއް 10-12 ބަޔަކަށް ބަހާލާއި ދަތީގައި ދިރިއުޅެން މަޖުބޫރުވެފައިވާ އިރު މިވަގުތު ވެސް އެ އާއިލާތަކަށް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ސައިފް ކެމްޕޭން ކުރައްވަނީ.

އޭނާ ވިދާޅުވި ގޮތުގައި، މިގޮތަށް ވަރަށް ހާލުގައި މާލޭގެ ރައްޔިތުން ގަނަތެޅެން ވަނީ ދޫކޮށްލައިފަ އެވެ.

ސައިފްގެ ވިސްނެވުމުގައި މާލޭގެ ބޯހިޔާވަހިކަމަށް އެންމެ އަވަސް ހައްލެއް ގެނެވެން އޮތް އެއް ކަމަކީ ކައުންސިލް ހައުސިން ތައާރަފްކުރުމެވެ. އެއީ ނިކަމެތިން އަމިއްލައަށް ގޮތެއް ހޯދެންދެން، ކުޑަ އަގެއްގައި ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސައިދިނުމެވެ.

"ވަގުތުން ވަގުތަށް ވެސް ކައުންސިލް ހައުސިން ހޯދާފައި ދޭންޖެހޭ،" އޭނާ ވިދާޅުވި އެވެ.

"10-15 އަހަރުން ހައްލު ހޯދެން އޮތް ގޮތުގެ ވާހަކަ ދެއްކުން ހުއްޓާލަންވީ. ދަތިތަކާއި ހަލާކުވެގެންދާ އާއިލާތަކަށް މިހާރު ރިލީފެއް ހޯދައިދޭންވީ. ގުޅީފަޅު ނުވަތަ ވަށައިގެން ހުރި ފަރުތައް ހިއްކައިގެން އެތަންތަނަށް ބަދަލުވެވެންދެން ވެސް ސޮލިއުޝަނެއް ހޯދައިދޭން ޖެހޭ."

ކައުންސިލް ހައުސިންއަކީ މާލޭ މޭޔަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު ވެސް ތާއީދުކުރެއްވި ސިޔާސަތެއް ކަމަށާއި ކައުންސިލުން އެއްބާރުލުން ދީގެން އެކަން ނުވާންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ކޯޅުމުގައި މާލެ ފިތެން ދޫކޮށްނުލާ"

މާލޭގެ ހައްލަށް ހޯދަން ޖެހޭނީ ސަރުކާރު ނިސްބަތްވާ ޕާޓީގެ ބޭފުޅެއް ކަމަށާއި އިދިކޮޅު ކެންޑިޑޭޓު ނުހޮވައިފި ނަމަ މާލެ އަނެއްކާވެސް އޮންނާނީ ސަރުކާރުން އިހުމާލުވެފައި ކަމަށް ދައްކާ ވާހަކައަކީ ސައިފް ވިދާޅުވި ގޮތުގައި ތާކުންތާކު ނުޖެހޭ ވާހަކަތަކެވެ.

ވަކި މީހަކު މޭޔަރަކަށް ހުންނަން މާލޭގެ ރައްޔިތުން ބޭނުން ނުވާ ކަމަށާއި ބޭނުމީ މައްސަލަތަކަށް ހައްލު ހޯދޭނެ މީހެއް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރާ އެއްކޮޅު ދެކޮޅޭ ބުނާތީ ވަރަށް އުނދަގޫ. ސަރުކާރުގެ މަސްލަހަތެއް ނެތް، މީގައި އޮތީ މާލޭ މީހުންގެ މަސްލަހަތު. އަޅުގަނޑު އެއްކޮޅުވާނީ މާލޭގެ ރައްޔިތުންނާ. މާލޭ މީހުން މީހުންގެ މަސްލަހަތާ ނުގޮތަކަށް އަމަލުކުރާ ފަރާތަކާ އަޅުގަނޑު ކޯޅޭނަން. އަދި އެއީ ކޮންމެ ބޭފުޅަކަށް ވިޔަސް،" އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން މިހާތަނަށް ވެސް އޭނާ ވާނީ މާލޭގެ ރައްޔިތުންނަށް ސާބިތުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ. އިހްލާސްތެރިކަމާ އެކު މާލޭގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާނެ ކަމަށް ވިދާޅުވި އެވެ.

ސައިފްގެ ކެމްޕޭންގައި މީހަކާ ވާހަކަ ދައްކަވަނީ.

"އަޅުގަނޑު މިދައްކަނީ ސިޔާސީ ރެޓޮރިކެއްގެ ވާހަކައެއް ނޫން. އަޅުގަނޑު މިދައްކަނީ މިއޮތީއޭ މައްސަލަ. މިއޮތީއޭ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ތި މައްސަލައަށް ހައްލުކުރަން ހަދާ ގޮތަކީ. މިއޮތީއޭ މާލެއާ ގުޅޭ ހައްލު، އެއަށް ފައްތައިގެން އެކަން ކުރެވޭނެއޭ،" ސައިފް ވިދާޅުވި އެވެ.

"މާލޭގެ މައްސަލަތައް ޕޮލިޓިކަލް ބޮޑު ހައިޖާނެއްގެ ތެރޭގައި ފިތިގެންދާން ދޫކޮށްނުލެއްވުމުގެ ގޮތުން އަޅުގަނޑަށް ވޯޓު ދޭން ޖެހެނީ،"

ވިލިމާލެ އާއި ހުޅުމާލެ: ޒަމާނީ ބަދަލުތަކެއް ގެންނާނަން

ސައިފް ވިދާޅުވި ގޮތުގައި ވިލިމާލެއާ މެދު ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. މުނިސިޕަލް ހިދުމަތް ދިނުމުގައި ވެސް އޮތީ ވަރަށް ފަރުވާކުޑަކޮށްފައި ކަމަށް ވިދާޅުވި އެވެ.

"މުޅި ރަށުގެ އެކި ތަންތަނުގައި ކުނި ފުނިވަރުތައް އެބަހުރި. ވެމްކޯއަކުން ކުނި ސާފެއް ނުކުރޭ. އަޅުގަނޑު ދަންނަވަމުން މި އަންނަނީ އެއް މަސް ތެރޭގައި ކުނިތައް ސާފުކޮށްދޭނަމޭ،"

ގުދުރަތީ ރީތި ބީޗެއް އޮންނަ ހަމައެކަނި އަވަށަކީ ވިލިމާލެކަން ފާހަގަކުރައްވައި ސައިފް ވިދާޅުވީ އެތަނަށް ތަރައްގީ ގެންނަން ޖެހޭނީ ތިމާވެށީގެ ގޮތުން ގެއްލުން ނުލިބޭ ގޮތަށް ކަމަށެވެ. ހާއްސަ ސިފަތަކެއް ލިބިފައިވާ އެ އަވަށް ރައްކާތެރިނުވާނެ އެއްވެސް ކަމެއް ކުރަން ތާއީދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ވިލިމާލެއަށް އެބައޮތް 500 ހައުސިން ޔުނިޓްގެ މަޝްރޫއެއް އަޅުގަނޑުމެން ކައުންސިލްގައި ތިބެގެން ވޯޓުލައިގެން ނިންމާފައި. އަޅުގަނޑު އެކަން ވިލިމާލޭގައި ބާރަށް ކޮށްދޭނަން، އެ ހައުސިން ޔުނިޓްތަކުގެ ޑިޒައިނާއި ކޮން ބާވަތެއްގެ ހައުސިންތޯ ނިންމައި ވިލިމާލޭގެ ޔުނީކް ފީޗާސް ނުގެއްލޭ ގޮތަށް 500 ހައުސިން ޔުނިޓްގެ މަސައްކަތް ކޮށްދޭނަން،" ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ ހުޅުމާލޭގައި ވެސް މުޅި އަވަށަށް އުކާފައި ހުރި ވެހިކަލްތަކާއި ކުނި ފުނިތައް ނަގައި ސާފުކުރާނެ ކަމަށެވެ. އެ އަވަށަކީ އާއްމުންނަށް އަމާން ރައްކާތެރި ހިތްހަމަޖެހިގެން ދިރިއުޅެވޭ ތަނަކަށް ސިޓީ ކައުންސިލުން ހަދާނެ ކަމަށް ވިދާޅުވި އެވެ.

"މާލެ ޕްލޭން ކުރުމުގައި މި ދަސްވި ކަންކަމުން ހުޅުމާލެއަކީ ޒަމާނުގެ އާބަން ޑިޒައިނަށް، ޕޮލިސީސް އަށް ތަރައްގީ ކުރެވޭ ތަނަކަށް ހަދާނަން."

ހިޔާ ފްލެޓުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުން އަންނަ ކަން ފާހަގަކުރައްވައި ސައިފް ވިދާޅުވީ އިޖުތިމާއީ މައްސަލަތަކުގެ ބޮޑު ހާއްޔަކަށް އެތަން ބަދަލުވުމުގެ ކުރިން އަޅާލަން ޖެހެ އެވެ. ހިޔާގެ އާބާދީއަށް ހޯދަން ޖެހޭ ހައްލުތައް މެނިފެސްޓޯގައި ހުށަހާޅާފައި ހުންނާނެ ކަަމަށް ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވި ގޮތުގައި މާލޭގެ ގޮޅިތަކުގައި ތާށިވެ ހާސްކަމުގައި ތިބި އެންމެންނަށް ވެސް ގޮތެއް ހޯދައިދޭން ޖެހެ އެވެ. މަގުތައް ވެހިކަލްތަކުން ލުއިކޮށް ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ނުކުމެ އުޅެވޭނެ ގޮތަށް ހަދައި ޕާކުތައް އިތުރުކުރާނެ ކަަމަށް ސައިފް ވިދާޅުވި އެވެ.

އެ ނޫން ގޮތަކަށް މާލެ ބޭއްވުމަކީ، ސައިފް ވިދާޅުވި ގޮތުގައި، ދެވޭ އަނިޔާއެކެވެ.

ސައިފް ވިދާޅުވީ މާލޭގައި ތަރައްގީކުރާ ޕާކުތަކަކީ ސެކިއުރިޓީން ބައިތިއްބައި 24 ގަޑިއިރު ހުޅުވާ ތަންތަނަށް ބަދަލުކުރާނެ އެވެ.

"އިރާދަކުރެއްވިއްޔާ މާލޭގެ ރައްޔިތުން މަގުމަތިވިޔަކަ އަޅުގަނޑު ނުދޭނަން. އެބިއުސިވް އެންވާރަމަންޓުން އެސްކޭޕްވެލެވޭނެ ޕާކުތަކާއި މައިޒާންތައް ހައިދޭނަން. ނޭދެވޭ ކަންކަން އެތަންތަނުގައި ހިނގިޔަ ނުދޭން ސެކިއުރިޓީން ލާފައި 24 ގަޑިއިރު ހުޅުވާނީ."

ސައިފް ހުޅުމާލޭގައި ކެމްޕޭން ކުރައްވަނީ.

އޭނާ ވިދާޅުވި ގޮތުގައި ހަފުތާއަކު 5 ދުވަހު އެތަންތަނުގައި ހިލޭ ކަސްރަތު ކްލާސްތައް ވެސް ހިންގައިދޭނެ އެވެ.

"މާލޭގެ އަވަށްތަކުގެ މިސްކިތްތަކުގައި ސިޓީ ކައުންސިލުން ޓީޗަރުން ލައިގެން ހިލޭ ކުދިންނަށް ގުރުއާން ކިޔަވައިދޭނަން. ބެލެނިވެރިންގެ އަތުން އެދާ ހަރަދު ކުޑަކޮށްދޭނަން."

ސައިފް ވިދާޅުވި ގޮތުގައި އޭނާ ހޮވަން ޖެހެނީ މާލޭގެ ހައްލު އޭނާގެ އަތުގައި އޮތުމުންނެވެ.

"ވަރަށް ކުރިއްސުރެން ސިޔާސީ ކަންކަމާއި ސިޔާސަތުގެ ވާހަކަ މިދައްކަނީ. ވޭތުވެދިޔަ ދެ އަހަރު ބައިގައި ކައުންސިލަރެއްގެ ހައިސިއްޔަތުން މާލޭ މީހުންގެ ޝަކުވާތަކާ މެދު ވިސްނައި ފިކުރުކުރަމުން ދިޔައިން. 24 ގަޑިއިރު އެ ނޫން ކަމެއް އަޅުގަނޑުގެ ބޮލުގައި ނެތް. މިހާރު މިނުކުތީ މާލޭގެ ރައްޔިތުންނަށް ޖުމްލަ ހައްލެއް ހޯދައިދޭން،" ސައިފް ވިދާޅުވި އެވެ.

14 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައިނީސް

12 January 2024

ބުރޯ ބީ ރިއަލެސްޓިކް ނެތޭ ބުރޯއަށް ފުރުސަތެއް މިފަހަރަކު ވަރަށް ސޮރީ

The name is already taken The name is available. Register?

ކުޑަސޮރު01

12 January 2024

ސާބަހޭ ސައިފް - ކުރާނެ ކަންކަން ސާފު ފެންފަދައިން ތިޔަކިޔަދެނީ - އަޅުގަނޑު ހަމަ ސާބަހާ އައްސެރިބަސް .

The name is already taken The name is available. Register?

މައި ސަން

12 January 2024

ލުކްސް ލައިކް އަންނި

The name is already taken The name is available. Register?

ޢަދުލު

12 January 2024

ކައުންސިލް ހައުސިންގ އަޅަންފައިސާ ހޯދަނީ ކިހިނެއްތޯ. ސަރުކާރު ބަޖެޓުގަ ފައިސާއެއްނެތް. ކިހާދުވަހަކުން ކިހާ ހައުސިންގ އެއްގެ ވާހަކަތޯ ތިދައްކަވަނީ. ކަންކުރާނެގޮތުގެ ވާހަކަޔާ އެއްކޮށް ތިވާހަކަ ދައްކަވާ. ޓީކީ ކުރެވޭނެ ކަމެއްނޫން. ވޯޓުހޯދަން ދައްކާ އަޗާތަޅާ ވާހަކަ. ދައުރު ނިމިގެންދާއިރުވެސް ބުނާނެ ސޜުކާރުން ބަޖެޓު ނުދިނިއްޔޭ.

The name is already taken The name is available. Register?

ޖޫލްސް

12 January 2024

އެކި ގޮތްގޮތަށް އަތް ބަޅުކޮށްކޮށްފަ ފޮޓޯ ނަގާފަ ނޫހުގަ ޖެހިޔަސް މާލެ މީހުން ނަށް އެނގޭ ތީގެން މީހަކަށް ކޮށްދެވޭނެ މާބޮޑުކަމެއް ދެން ނެތްކަން. މިއުޅެނީ 10 އަހަރުން ފެން ހިންދާނުލެވިގެން

The name is already taken The name is available. Register?

އިސްމާލު2

12 January 2024

ޕާމަނަންޓް ރެސިޑެންސީ އުފައްދާ، މާލެ ރައްޔިތުން ނޫން، މާލޭގައި ދިރިއުޅޭ މާލެ އަށް ނިސްބަތް ނުވާ ފަރާތްތަކަށް، މާލޭ އާއި ގުޅޭ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްޤު ހޯދައިދޭން ވަކާލާތު ކުރާ މީހަކަށް މާލޭ ރައްޔިތުން ދޭނެ ވޯޓެއް ނޯންނާނެ. މިތަނުގައި ޑިމޮކްރަސީ އަދީ ތިޔަ ވިސްނާގޮތަށް ކުރިއަރާފައި އަދި ނެތް.

The name is already taken The name is available. Register?

ސަމަރޭ

11 January 2024

އެކަކަށް އެއް ކަމެއްވެސް ނުވާނެ.. ދައުރު ހަމަ ކޮށްފަ ލިބުނު މޮޅަކާއިގެން ކޮންމެ މީހަކުވެސް ފައިބައިގެންދާނީ.. ޖެހޭނީ މީގެ ކުރިންވެސް ޖެހުނު ތާނގަ.. ލައްކަ އަނގަ ތަޅާނެ ކޮންމެ މީހެއްވެސް.. އެއް ކަމެއްވެސް ބަދަލެއް ނުވާނެ..

The name is already taken The name is available. Register?

ގުއްބުއްދީން ޙިކްމަތްޔާރް

11 January 2024

އަމީނަށް ނާސިރަށް މައުމޫނަށް ނަޝީދަށް ވަހީދަށް ޔާމީނަށް އިބޫއަށް މުއިއްޒަށް ހައްލުނުވި ކަންތައް ހައްލުކުރާނެ ފޯމިއުލާ މީނާގެ އަތުގާ އެބައޮތް. ހަމަ ހައްލީ އެހެނިހެން ފޯމިއުލާތައް އާޒިމާއާ އާޒިމާ ހުސެން ވަހީދުވެސް އެބަ ގެންގުޅޭ. މަހިތަށްއަރާ ދެން މިގައުމަށް ރައީސެއްގެ ބޭނުމެއް އެބައޮތްބާވައޭ.

The name is already taken The name is available. Register?

ކޭޑީކޭ ފަންކާ

11 January 2024

ސައިފް ގެ ވާހަކަ ވަރަށް ދެދު ވަރަށް ބަރާބަރު.. އެހެނަސް ތި ވާހަކައިގެ މަގުން ހިނގޭނެކަމާއި މެދު ޝައްކު.

The name is already taken The name is available. Register?

ލައިމް

12 January 2024

ސައިފްގެ އިންޓެގިރިޓީ ދައްކައިފި. އެނަނޫނީ ބުނާކަމެއް ކުރާނެމީހެއްނެތް. މިއީ ހަގީގަތަކީ!

The name is already taken The name is available. Register?

ޙުސްއަނގަ

11 January 2024

ކުރިމަތިލީ ޕާޓީ އެނގުނު ހިސާބުން ފޫހިވެއްޖެ. ނުވެސް ކިޔަން އިތުރަކަށް. ބޮލަށް ބަރުވެގެން އިސްތިއުފާ ދިން ރައީސްގެ ޕާޓީގެ ބަސްތަކަކީ ބުހުތާނެއް.

The name is already taken The name is available. Register?

ސަލްސީ

12 January 2024

ބަލައެޕާޓީއަކީ އެނެްމެމީހެއްގެފަހަތުުންދުވާ ޕާޓީއެއްނޫން. ޕާޓީގެ އިސަްމަގާމެއްގަވެެސްނެތް އަދި ސިޔާސީކަންކަމާ މިވަގުތުދުރުގަހުރީވެސް. އެވަރުންައަދިވެސް އެމީހަކާ ނައްޓާނުލިވެގެންތިއުޅެނީ ކީއްވެބާ؟ ލަދުވެތި. މިކެންޑިޑެައަކީ އަދިއެންމެ ރަގަޅުފޯމިއުލާ ގެންުގުޅޭ މީހާ. ސޯ އޭނައަށް ވޯޓްދޭން ހައްގު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454