ފިނޭންސް މިނިސްޓްރީގެ އިމާރާތް. އެ މިނިސްޓްރީން ވަނީ 8.5 ބިލިއަން ރުފިޔާ ހޯދަން އިއުލާނުކޮށްފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
11 ޖެނުއަރީ 2024 - 11:25
ސަރުކާރުގެ ބަޖެޓު ޑެފިސިޓަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ދަރަނީގެ ގޮތުގައި ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިނޭންސުން ކުރި އިއުލާނުގައި ބުނީ، ލޯނު ނުވަތަ ޓްރެޝަރީ ސެކިއުރިޓީގެ ގޮތުގައި އެ އަދަދަށް ފައިސާ ބޭނުންވާ ކަމަށެވެ.
ސަރުކާރުން ބަޖެޓު ޑެފިސިޓްގެ ގޮތުގައި 14 ބިލިއަން ރުފިޔާ މިއަހަރު ހޯދަން ޖެހެ އެވެ. އޭގެ ތެރެއިން 3.9 ބިލިއަން ރުފިޔާ ހޯދަނީ ޑޮމެސްޓިކް މާކެޓުން ނުވަތަ ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ނުވަތަ ބޮންޑާއި ޓީބިލް މެދުވެރިކޮށެވެ. ބާކީ 12.3 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ ބޭރުންނެވެ. ބޭރުން ހޯދަނީ ބަޖެޓް ސަޕޯޓު ލޯނާއި ގްރީން/ބްލޫ ބޮންޑާއި ޕްރޮޖެކްޓްތަކަށް ހޯދާ ލޯނުތަކެވެ.
ސަރުކާރުން މިވަގުތު އިއުލާނުކޮށްފައިވަނީ ޑެފިސިޓް ހަމަޖައްސަން ބޭނުންވާ 60 ޕަސެންޓް ފައިސާ އެވެ.
ފިނޭންސުން ބުނީ، ސަރުކާރުން ހިންގަން ހަމަޖެހިފައިވާ ހާއްސަ ޕްރޮޖެކްޓްތަކަށް މިފައިސާ ބޭނުން ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ އާއި އުމްރާނީ ތަރައްގީ އާއި ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް ވެސް ހޭދަކުރާނެ އެވެ.
ދައުލަތަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުން ކުންފުނީގެ ޕްރޮފައިލާއި ވޭތުވެދިޔަ ފަސް އަހަރުގެ މާލީ ހިސާބުތަކާއި އެ ފައިސާ ފޯރުކޮށްދެވޭނެ ވަގުތާއި ޓާމްސް އެންޑް ކޮންޑިޝަންތައް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަދުލު
12 January 2024
އިސްރާފުބޮޑުކޮށް ބޭނުން ނުވާވަރަށް ޑެޕިއުޓީ މިނިސްޓަރޫންނާ ސްޓޭޓް މިނިސްޓރުން ލައިގެން ދައުލަތް ބަނގުރޫޓުކުރަނީ. ވަޒީރަށް ލަފާދޭންވެސް ވަޒީރު ފެންވަރުގެ މުސާރާގަ އެތައް ބައެއް. މީތޯއިޚްލާސްތެރި ގޮތުގަ ދައުލަތް ހިންގުމަކީ. ނުވަތަ މީ ދައުލަތް ފެލާލާ ގާތްކުދިންކޮޅަށް ޖީބުތައްފުރާލަ ދިނުން ނޫންތޯ.
ހުސް ގޮހޮރު
12 January 2024
ރާއްޖެ ދަރާވިކުނީ މިއަދަކު ދެންމެއަކު ނޫން! އަދި ކުއްލިއަކަށް ބަޑަށްޖެހިގެން ހައްލެއް ވެސް ނުކުރެވޭނެ. އެކަމަކު ސުވާލަކީ ސީރިއަސްކޮށް ރަނގަޅު މިސްރާބަށް ހޭ ދެންވެސް މިދަނީ؟
ފުޅުބެ
12 January 2024
ކޮބާ ހީވޭ . އަދިވެސް ހުޅުމާލެ އިން ބިން ހިލޭ ބަހާ . ބިން ހިލޭ ނުލިބިގެން ހޭބޯ ނާރާއިގެން އުޅުނު މާލެ މީހުން އަތުން ހޯދާ.
އަބްޑޫޅް +
12 January 2024
އަހުރެންގެ ގޭ ފޯނަށް ގުޅާލާ އިނގޭ.
ސާބަހޭސާބަހޭ
11 January 2024
ލިބޭވަރަކުން ފުއްދައިގެން އުޅެންވެއްޖެނު. މިހާރުވެސް ދަރަނި އިންތިހާއަށް ބޮޑުވެގެން ދާއިރުވެސް މިފެންނަނީ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި، އާސަންދައިން އިތުރު ކަންކަމަށް ހޭދަކުރުމާއި، ޖޫރިމަނާތައް މާފުކުރުމާއި، އަގުބޮޑެތި ބިންތައް ހިލޭ ދިނުމާއި، މިނޫނަސް ދައުލަތަށް ލިބެންއޮންނަ އެތައް ފައިސާއެއް ދޫކޮށްލައި އަދި ރައްޔިތުންނަށް އެތައް ކަމެއް ހިލޭ ކޮށްދޭތަން. މިކަންކަން ހުއްޓާލަން ވެއްޖެނު.
ހަބޭސްހަބޭސް
12 January 2024
ކަންއޮތީ ތިޔަހެނެވެ. އެކަމަކު ރައްޔިތުންގެރޭގައި ގިނައީ ނުވިސްނާމީހުނެވެ. ވެރިކަމަށްއައުމަށް ނެތްވަރުދައްކަން އެބަޖެހެއެވެ. ރައްޔިތުންހައްލުވަން ވާންނުވާވަރުގެ ވަޢުދުތަކެއް ވާންއެބަޖެހެއެވެ. ކޮންމެރަށަކަށް ވަޔާއި ކަނޑުމަގުން ބައިނަލްއަޤުވާމީ ދަތުރުފަތުރުކޮށް މުދާއުފުލޭގޮތްހެދުމަކީ ރައްޔިތުންދެކޭ ހުވަފެނެކެވެ. ރަށްތައް ތަރައްގީކުރާއިރު އެއާއިއެއްވަރަށް މާލެސަރަޙައްދުވެސް ތަރައްގީ އެބަކުރުވައެވެ. ދެކޮޅުޖެހޭނެ އެއްގޮތެއްނެތި ދަރަނީގެ އޮއިވަރުޖެހިފަ.
ސާޖި
11 January 2024
ރައީސް އޮފީހުގައި 20 މިނިސްޓަރުން ކޮންމެ މިނިސްޓްރީއެއްގައި 10 ނާއިބުން، 5 އެސްޕީޑީ، މުސާރަދޭން ރައްތޔިތުން ނަމުގައި ލޯނު، މޮޅު ރާއީސްއެއް
ގުދުގުދާބެއްޔާ
11 January 2024
ނާށިގަނޑު ހިފައިގެން ސަލާންޖަހާ ހިސާބައް މުއިޒްގެ ސަރުކާރު ދިޔައީތަ؟ ދިވެހިން ބޯން އުޅުނު ބޮޑި ބޮވިފަ މިވަނީ!
ދަރަނި ހަސަނާ ޖެހުނު މީދާ
11 January 2024
މިއީ އަލަށް ކުރާކަމެއް ނޫން. ބޭރުގެ އެކި ފަރާތްތަކުން ޕްރައިވެޓްކޮށް ކޮންމެ އަހަރަކު ނަގާ. މިފަހަރު ތަފާތަކީ އާންމުކޮށް އިއުލާން ކޮށްގެން ބޭނުން ފަރާތްތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ. އޭރުން އެންމެ ރަގަޅު ރޭޓެއް ދެނެގަނެވި އަގުހެޔޮކޮށް ނަގަން ފުރުސަތު ލިބެގެންދާނެ. 49 ބިލިއަންގެ ބަޖެޓެއް ފާސްކޮށް 8 ބިލިއަންގެ ބަޖެޓް ޑެފިސިޓް އޭ ބުނީމަ އެފައިސާ ހޯދަނީ ކިހިނެއް ކަމަށް ދިވެހިން ހީކުރަނީ؟
ދަރަނި ހަސަނު
12 January 2024
މީދަލެއްކަމަކު ތިބުނީ ވާ ތެދެއް. ކޮންމެ އަހަރަކު ބޮޑު ޑެފިސިޓެއް ފޫބެއްދީ ކީއްކޮށްގެންތަ؟ ޑެފިސިޓް ޒީރޯއާ ކައިރިއަށް ހިފަން ވެއްޖެ. ސަލާންޖެހުނުގެ އަޅުވެތިކަމުން އަރާގަންނަން ހަނގުރާމަ ކުރަންވީ އަވައްޓެރިންނަކާ ނޫން. އެއީ އެތެރޭގެ ހަނގުރާމައެއް!
ލޯންސްޓާ
11 January 2024
ސަތޭކައެތަކެއް ޑެޕިއުޓީ މިނިސްޓަރުންނަށް މުސާރަދޭން ފައިސާ ހޯދަން ޖެހޭނެތާ!
ސާޖިދާ
11 January 2024
ފިނޭންސް މިނިސްޓްރީ ނަމުގަ ދަރަންޏަށް ލާރި ހޯދަން ސްކޭމަރުން މީސްމީހުންނަށް ގުޅަން ނުފަށައިފިއްޔާ ރަނގަޅު..