އައިޑީކާޑެއް.-- ފޮޓޯ: މިހާރު
18 ޖެނުއަރީ 2024 - 16:08
މައުލޫމާތު ބަދަލުވެފައިވާ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ފަހުން އައިޑީކާޑު ހަދައިދޭނީ މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވުނަސް އެކަމުގެ އިއުތިރާޒު ނުކުރާ ނަމަ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނެފި އެވެ.
އަންނަ މާޗު 17 ގައި ބާއްވަން ތައްޔާރުވަމުން އަންނަ މަޖިލިސް އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނާ އެކު، ޑީއެންއާރުން ބުނީ، އެ އިންތިހާބުގެ ވޯޓާސް ލިސްޓު ފައިނަލްކުރަން ޖެހޭތީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އައިޑީކާޑު ހަދަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ނަމަވެސް، މައުލޫމާތު ބަދަލުވެގެން އޭގެ ފަހުން އައިޑީކާޑު ހަދައިދޭނީ، އެ މީހުންނަށް މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވުނަސް، އެ މީހުން އިއުތިރާޒު ނުކުރާ ކަމުގައިވާ ކަމަށް ވެސް ބުންޏެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ކުރިއެކޭ ވެސް އެއްފަދައިން 18 އަހަރުން މަތި ފަރާތްތަކުގެ މައުލޫމާތު ބަދަލުކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެމުން ދާނެ ވާހަކަ ވެސް ދެންނެވީމެވެ،" އެ އިއުލާނުގައިވެ އެވެ.
އީސީން ވަނީ އެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އާއްމުކޮށްފަ އެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލައި2021
19 January 2024
ހައްލަކީ ދައިމީ އެޑްރެސް އުވާލުން. އެމިހަކު އަާއްމުކޮށް ދިރިއުޅޭ ދައިރާ އަކަށް އެމީހަކަށް ވޯޓުލުލުގެ ހައްގުދިނުން. މިހާރު މި ރާއްޖޭގަ މި އަމަލުކުރާ ދާއިމި އެޑްރެސް ސިސްޓަމަކީ ދުނިޔޭގެއެހެން ގައުމުތަކުގަ ވޯޓުލާރެޖިސްޓުރީ ހެދުމަށް ބޭނުން ކުރާއެއްޗެއްނޫން ސަބަބަކީ އެތަނެއްގަ ދުވަހަކު ދިރިނޫޅޭބަޔަކު ބޭނުން މީހަކު އެބަ އިންތިހާބުކުރެވޭ މިހާރު މިއޮތްގޮތުން.
ކީކޭ ބުނާނީ!
19 January 2024
އޭ މޮޔައިންނޭ، ހުރިހާކަމެއް ވޯޓުލުމާ ނުގުޅުވާށޭ. ރައްޔަތުންގެ އައިޑީ ކާޑު ހަދާ މިންގަޑުތައް މާކުރީގައި ކަނޑައަޅާފައި އޮއްވާ ތިހެދީ ކޮންފަދަ ހަޑިއެއްތަ!!
ހެހެހހެހ
19 January 2024
އައިޑީ ކާޑް މުއްދަތުހަމަވާކަން މާކުރިން އިނގޭއިރު އަދި މައުލޫމާތު ބަދަލުވާކަންވެސް އިނގޭއިރު އެންމެފަހުވަގުތާޖެހެންދެން މަޑުކުރަނީ ކީއްވެ ؟؟؟
ލޮލްޒ
19 January 2024
ކޮން ހަޑިއެއް. މައުލޫމާތު ބަދަލުވެގެން ލިސްޓާ ދިމާނުވީމަ އެންމެ ފުރަތަމަ ހަޅޭފަޅޭ ޖަހާނީވެސް މިކަަހަލަ މީހުން. އެހެންވީމަ މި ކުރެވެނީ ކީއްކަން އަންގައިދިނުން ހަމަ މުހިއްމު.
ސުމެއް
19 January 2024
"އަންނަ އާދިއްތަ ދުވަހުގެ ފަހުން އައިޑީކާޑު ހަދައިދޭނީ މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވުނަސް އެކަމުގެ އިއުތިރާޒު ނުކުރާ ނަމަ" މިކަހަލަ ވާހަކައެއް ބުނާނީ ވަރަށް ޒިންމާދާރުކަން ކުޑަވީމަ. ގަސްތުގައި ކެހި ދިނުމަށް މަގެއް ހޯދަން ކޮށިމަގެއް މިއޮތީ. މިނޫން ގޮތަކަށް އިންތިޒާމު ކުރެވެންވާނޭ
ވާންޗޮ
19 January 2024
އަންތަރީސް. ކާޑު މުއްދަތު ހަމަ ވެގެން ކުރިން އިން ފޮޓޯ އެއް މިހާރަކު ނެތް. އެކަމަކު އައިޑީ ނަމްބަރެއް ބަދަލެއް ނުވާނެ. ދެން ކީއްވެ ވޯޓު ނުލެވެން ވީ؟؟؟
ބައްބެ
18 January 2024
ވޯޓުލުމުގެ ހައްގައް އުނިކަމެއް އަންނަ ގޮތަށް ނިންމޭތޯ؟
ނޫލެން
18 January 2024
ނޫޅެން ރޯދަމަހު ވޯޓުލާން ދާކަށް. ތިއޮޔީ ގައުމު. ވީދާ ނޮޅައިގެން ކައި.
ވަކަސޮރު
18 January 2024
ރޯދަމަސްވީމާ ހާދަވަރެކޭ ތިވަނީ ދެއްތޯ
ސިރި ސޭ ނޯ
18 January 2024
ވޯޓާ ދިމާކޮށް ވާކަމެއްތަ މިއީ، ދިވެހީންގެ މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު އައުކުރަންޖެހެނީ؟ ބުރުގާ އަޅަނީތަ؟ އައު ނަމެއް ކިޔަނީތަ؟ އުފަން ތާރީހު ބަދަލުވަނީތަ؟ ދާއިމީ އެޑުރެސް ބަދަލުވަނީތަ؟ ކިޔެއްތަ ވެފަ މި ތިބެނީ ދިވެހީންނަށް؟ މިކަމަށް އެބަޖެހޭ ހަރުދަނާ އުސޫލުތަކެއް ހަދަން. ވަކި ދާއިރާއަކަށް ވޯޓުލާން ކުރާ ކަމެއްހެން ހާދަ ހީވެޔޭ މިހާރު.
ޙޯމްލޭމްޑް
18 January 2024
ދިސް އިޒް އަ އަރަތް
ރިޔާޒު ރަށީދު
18 January 2024
މައުލޫމާތު ބަދަލުވިއްޔާ ދިވެހިރައްޔިތުކަން ކެނޑެނީތަ؟ މީ ކޮންކަހަލަ ނިޒާމެއް؟ އައިޑީ ނަމްބަރު އޮންނާނެ. ކުރީގެ އެލިއާސް އޮންނާނެ.
ބޭބީސް
18 January 2024
މައުލޫމާތު ބަދަލުވީމަ ވޯޓްލާތަން ވެސް ބަދަލުވޭ އެހެންވެ އެވާހަކަ އެބުނީ
ައިންކޮޕަޓެސް
18 January 2024
ކަންކަން ނުކުރެވެންޔާ އިސްތިއުފާދީފަ ކަންކުރެވޭ ބަޔަކަށް މަގާމު ދީ!