އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ މިއަދު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުކުރައްވަނީ. --ފޮޓޯ: ޑިފެންސް މިނިސްޓްރީ
21 ޖެނުއަރީ 2024 - 19:05
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތާ އެއްގޮތަށް، ހުރިހާ ގައުމަކާ ވެސް ހަމަހަމަ، ވަކި ކޮޅަކަށް ބުރަނުވާ ރަހުމަތްތެރި ގުޅުމެއް ބާއްވާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ބިރުދެއްކުމާ ކުރިމަތިލާނީ އިހުތިރާމާ އެކު އެކަމަކު ވަރުގަދައަށް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޣައްސާން މިހެން ވިދާޅުވީ އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، ޣައްސާނާއި އެކުއިލީނޯ މިއަދު ބައްދަލުކުރައްވައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖެ އާއި އެމެރިކާ އާ ދެމެދު ދިފާއީ ގޮތުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން މަޝްވަރާ ކުރެއްވި ކަމަށެވެ.
އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ މިއަދު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުކުރައްވަނީ. --ފޮޓޯ: ޑިފެންސް މިނިސްޓްރީ
އަދި މި ބައްދަލުވުމުގައި ޣައްސާން ވަނީ ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތާ އެއްގޮތަށް، ހުރިހާ ގައުމަކާ ވެސް ހަމަހަމަ، ވަކި ކޮޅަކަށް ބުރަނުވާ ރަހުމަތްތެރި ގުޅުމެއް ބާއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ޑިފެންސުން ބުންޏެވެ.
"...ބިރުދެއްކުމާ ކުރިމަތިލާނީ އިހުތިރާމާ އެކު އެކަމަކު ވަރުގަދައަށް ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމުގެ ނިޔަތުގައި،" ޑިފެންސުން ކުރި ޕޯސްޓުގައި ބުންޏެވެ.
ޣައްސާންގެ އިތުރުން އެކުއިލީނޯ މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް އާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ މިއަދު ޑިފެންސް ޗީފް އަބްދުއްރަހީމާ ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްއެންޑީއެފް
އެ ބައްދަލުވުމުގައި އެމްއެންޑީއެފް އިން ބުނީ، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ އިތުރުން ސަރަހައްދީ ސަލަމާތާއި ރައްކާތެރިކަމަށް ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
22 January 2024
މިހާރު ތިބާގޮތަކީ އެކެއްގެ އުނގުން ނުކުމެގެން އަނެކެއްގެ އުނގަން ވަންނަނީ
ވާލުސޮރު
22 January 2024
ކޮބާ ކޮބާ، އިހްތިރާމުގެ ޒިޔާރަތެއްނޫން، ބިރުދެއްކުމުގެ ޒިޔާރަތެއް. ގައްސާނު ފޮނި ނުކަނޑާ... ބިރުދައްކަންޏާ ބިރު ގަންނަންޖެހޭނީ. ތިހާ ހަކަތައެއް އަހަރެމެންގެނެތް. އިންޑިޔާ އާ އެމެރިކާ ނުރުހޭގޮތަށް އުޅެގެން ތިބުނާ އިންތިގުލާލެއްވެސް ސަލާމަތެއް ނުކުރެވޭނެ.
ޖަމާލު އަބޫބަކުރު
22 January 2024
ޔަމަނުގެ ހޫތީން އެމެރިކާ އަށް ދޭކަހަލަ އިންޒާރެއް ތިޔަދިނީ. ވަރަށް ހަރުކަށި ރައްދެއް.
އައްސަރިބހސާބަސް
22 January 2024
އަހަރެމެން ބިރުވެތިވަނީ އެއްމެ ފަރާތަކަށެވެ އެއީ އެއްކައުވަންތަ ކަލާންގެއެވެ. ދެދުނިޔޭގެ ވެރި ރަސްކަލާންގެ އެވެ.އިސްލާމުންގެ މާނަޔަކީ ސަބްމިޟަން ޓުދަ ވިލް އޮފް ގޯޑް. އަހަރެމެންނަކީ މިނިވަނުން ބިރު ނުދެއްކޭނެ.
ހައްސާން މުހައްމަދު
22 January 2024
އިބޫ އަކީ މީގެ އަނެއްކޮޅު. އިންޑިޔާ ބުނި ގޮތް ހަދައިގެން އޭނަ އުޅުނީ. ކީކޭ ބުނާނީ.
އައްބާސް މުހައްމަދު
22 January 2024
ހީވޭ ކަމެއްހެން. ރައީސް މުއިއްޒްގެ ސަރުކާރު އިބޫހެން ނުވާނެ. ތަފާތު ވާނެ.
ގުޅިގެން އުޅެން އެނގުން މުހިއްމު
22 January 2024
ތަފާތުވެގެން ބޮޑުވަރަކަށް ވާނީ އީރާން ނުވަތަ އުތުރު ކޮރެއާ ވަރެއްނު.
އިފާދާ
22 January 2024
ރަނގަޅު. ސަރުކާރުން އަމަލްކުރަނީވެސް ތިހެން. އެމަންޒަރު ފެނިގެން ދޭ އެބަ. މިސާލަކަށް އިންޑިޔާ ބުނިހާ ގޮތެއް މިހާރު ނަހަދާ.
ޓިނޭ
22 January 2024
އިންޑިޔާ ބުނާގޮތް ހަމަ ހަދަން ޖެހޭނީ. ނަހަދަންޏާ ވެރިކަމަކު ނުބަހައްޓާނަން.
ތިހާމް މުހައްމަދު
22 January 2024
ސާބަހޭ ގައްސާން. ބޮޑު ގައުމެއް ކުރިމަތީވެސް ކުޑަކަކޫ ނުޖަހާތި.
ހަމަދު ސަލީމް
22 January 2024
އަހަރުމެން ސައިޒުން ކުޑަވިޔަސް ބިރެއް ނުދެއްކޭނެ.
ރޮނގާލި
22 January 2024
ނަގާ ފާރުބުޑަށް ޖެހީމަވެސް ތެދުވެ ވެލިފޮޅާލާފަ ބުނާނެ ނިކަން ދެންޖަހާބަލާށޭ. ތީވެސް އުޅޭ ވައްތަރެއް.
ހަމްދޫނު
22 January 2024
ރައީސް މުއިއްޒްއަކީ ގަޓު ހުރި ވެރިއެއްކަން ސާބިތުވާނެ. އިންޑިޔާ ސިފައިންވެސް އުސޫލުގެ ތެރެއިން ބާލާނެ.