26 ޖެނުއަރީ 2024 - 22:32
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ވަގުތީ އަމުރަށް ތަބާވާން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.
ދެކުނު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރު ޖޯން ޑޮނޮޚުވޭ ވަނީ އިޒްރޭލުން މިއަދުން ފެށިގެން މަސް ދުވަސް ތެރޭގައި، އަމުރާ ގުޅޭ ގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކުރައްވައިފަ އެވެ.
އެ އަމުރަށް މަރުހަބާ ވިދާޅުވެ، ޒަމީރު މިރޭ އެކްސްގައި ވިދާޅުވީ ކޯޓުގެ ނިންމުމުން ބައިނަލްއަގުވާމީ ގާނޫނުގެ ބާރު ފެނިގެން ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ މި އަމަރު ނިސްބަތްވާ ހުރިހާ ފަރާތްތަކުން މި އަމުރަށް ފުރިހަމައަށް ތަބާވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
#Maldives welcomes the order by the @CIJ_ICJ on the request by South Africa to deliver preliminary measure citing that Israel is in breach of the Genocide Convention.
— Moosa Zameer (@MoosaZameer) January 26, 2024
This ruling demonstrates the power of international law. We hope that all parties involved in this ruling abide…
އަދި ޒަމީރު ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް ރާއްޖޭން ގޮވާލައި ގޮވާލުން މިރޭ ވެސް ތަކުރާރުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލަސްތީނުގައި ހަގީގީ އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެންނެވެ.
އައިސީޖޭން ވަގުތީ އަމުރު ނެރުމަށް ނިންމީ ކޯޓުން ފަހުގެ ނިންމުން ނިންމުމުގެ ކުރިން ޣައްޒާގެ ހާލަތު މިހާރަށް ވުރެ ވެސް ނުރައްކާ ހާލަތަކަށް ހިނގައިދާނެ ސަބަބުތައް ހުރުމުން ކަމަށާއި މިހާރު ވެސް ޣައްޒާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ.
މިއީ ޖެނޮސައިޑް ކޮންވެންޝަންގައި ބުނާ ޝަރުތުތައް ހަމަނުވާ އަދި އެކަށީގެންވާ ހެކި ވެސް ނެތި ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެހެންވެ މި މައްސަލަ ބާތިލްކުރުމަށް އިޒްރޭލުން ކޯޓުގައި އެދުނެވެ. އެކަމަކު ފަނޑިޔާރުންގެ ނިންމެވުން އިއްވަވަމުން ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައި ހުރި ކަންކަމަށް ބަލާއިރު ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ މި މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެންވާ ކަމަށް ނިންމީ އެވެ.
މި ފަހަރު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކެއްގައި 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކުގަ އެވެ. މި ހަމަލާއަށް ފަހު ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ހަމަލާދޭން ފަށައި މިހާތަނަށް 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު މިއީ އިޒްރޭލުން މިހާތަނަށް ޣައްޒާއަށް ދިން އެންމެ އަނިޔާވެރި ހަމަލާތަކެވެ.
އިޒްރޭލުގެ ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔަހޫދީ
28 January 2024
ކަލޭމެން ތީ އިސްރާޢީލަށް އައިސީޖޭއަށް ތަބާވާން ގޮވާލަން އެންމެ ރަގަޅު ގައުމް. ފުރަތަމަ އަމިއްލަ ގުއިފޯލި ފިލުވަބަލަ. ހުރިހާ މުސްލިމުނަށް ވެސް ހައްގު ނެތް ގައުމެއް. ޝީޢީއެއް ރާފިދީއެއް ސޫފީއަކަށް ވެއްޖެ ނަމަ ޤަތުލު ކުރެވޭނެ ގައުމެއް ގާނޫނީ ގޮތުން. ހަމާސްއަކީ ޝީޢީން ކަމަށް ވޭ. ކަލޯމެންގެ ސްޓޭންޑަޑުން އެމީހުންނަކީ ޝަރީޢާގެ ތެރޭން މުރްތައްދުން ގޮތުގައި ޤަތުލު ކުރެވޭނެ ބަޔެއް. ރައްޔިތުކަން ވެސް ނިގުޅާއި ގަނެވޭނެ ބަޔެއް.
ޔަހޫޒާ
28 January 2024
ޒަމީރޫ އިސްރާޢީލަކީ ހުރިހާ މުސްލިމުނާއި ޢަރަބިންނާއި އެންމެންގެ ހައްގުތައް ކަށަވަރުކޮށްފައިވާ މިނިވަން ޑިމޮކްރަސީއެއް. 2 މިލިޔަން މުސްލިމުން އަރަބިން ޔަހޫދީއެކޭ ތަފާތެއް ނެތް ގޮތުން ޙައްގުތައް ލިބިގެން ދިރިއުޅޭ ގައުމެއް. ރައްޔިތުންގެ ގޮތުގައި. އެކަމަކު ބަޔަކު ކަލޯމެންގެ ރާއްޖެ ދަހޭގަށް ގެންގޮސްބަލަ ވާގޮތް ބަލަން.
ދަހޭގް
28 January 2024
ހުކުމްގައި އިޒްރޭލުން ޖެނަސައިޑް ހިންގަޔެކޭ ނެތް އިނގޭތޯ. އޮތީ ޖެނަސައިޑަކުން ސަލާމަތް ކުރަން ފިޔަވަޅު އަޅަން. މުސްތަގްބަލްގައި ޖެނަސައިޑަކަށް ދާނޭ ފުރްސަތު އޮތުމުން އެ މަގަށް ދާން ހުރި ކަންތައް ބަލާ އެކަމަށް ފިޔަވަޅު އަޅަން. އެ ވަރު ނޭންގޭ މީހުން ތިޔަ ތަރްޖަމާ ކުރަނީ
ލެބޯޓަރީ ސިމާދު
27 January 2024
ތިޔަހެން ގޮވާލާފައި ދިވެހި ނޫސްތަކުގައި ޖެހީމާ ލައްކައެކޭ ހީވާނެއެވެ. ބަހާއި ޢަމަލާއި ދިމާ ނުވާ ސަރުކާރެކެވެ.
އައްލާ
27 January 2024
ޒައިދު އާ އަލީ ރަމީޒާ ދެމީހުންވެސް ގޮވާލަންވާނެ. އެމީހުންގެ ގޮވާލުންތަށް ހާދަ މަދުވެއްޖޭ. ކުރީގަ ގަހަކުން ފަތެއް ހެލިލިޔަށް ގޮވާލާނެ. ބެހިލާނެ. ނުބެހޭ އެއްކަމެއް ނުމެހިނގާނެ. ނޭގޭ ކަމެއްނުމެ އޮންނާނެ.
ާބެންޖަމީން
27 January 2024
ރާއްޖޭގެ އިޒްރޭލް އަށް ތާއީދުކުރާ މީހުންނަަށް ވ ބޮޑަށް ޝުކުރިއްޔާ.
ފޮނިމުއީނު
27 January 2024
އެހެންތަ ޒަމީރު ގޮވާލައިފި ދެއްތޯ. އެހެންވީމަ ތިކަން ދެން ތި ހަމަޖެހުނީ. އެމީހުން އެބަލަނީ ދިވެހިރާއްޖޭން ގޮވާލާތޯ!
ތެޔޮބާޖް
27 January 2024
އައިޖޭސީ ގެ އަމުރަށް ތަބާނުވިޔަސް ޒަމީރު ގޮވާލީމަ ޖެހޭނީ ހުއްޓާލަން. އެހެން ނޫނިއްޔަ ކުޅިދައްކާލާނެ.
އަބްޑޫޅް +
27 January 2024
މި މޫސަބޭ އެހެން ބުނީމް، އިޒުރޭލު މީހުންނަށް ފަހަރުވާ ލެވޭނެ ދޯ؟