ރައީސް ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން އެ މަނިކުފާނު އުޅުއްވުމުން ވަރަށް ގިނަ ފިއްތުންތައް ކުރިމަތިވެވަޑައިގެންނެ ކަމަށް.
ރައީސް މުއިއްޒާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ސަލާން ކުރައްވަނީ.
14 ނޮވެމްބަރ 2025 - 23:51
އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ އެކު، ރާއްޖެ އިން ގުޅުން ބާއްވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވާހާ ހިނދަކު އިޒްރޭލާ އެކު ރާއްޖެ އިން މަރުހަބާ ނުކިޔާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި އެތައް ހާސް ބަޔަކާ އެކު، ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ރީތި ބީޗުތަކާއި މޫދުތައް ފަލަސްތީނުގެ ރައްޔިތުން މަރައި، އަނިޔާވެރިވާ ބަޔަކަށް މަރުހަބާ ނުކިޔާނެ ކަމަށެވެ. ހާއްސަކޮށް، ރާއްޖެ އިން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރީ އެ ސަބަބުތަކަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ގިނަ ފިއްތުންތައް އައި ޕާސްޕޯޓު ބޭންކުރަން އުޅުނީމާ. ޓޫރިޒަމް ހަލާކުވާނެއޭ، އެހެން ކަންތައްތައް ވާނެއޭ. އަޅުގަނޑު ގަބޫލުކުރީ އެއީ އެކަން ވާނެ ގޮތެއް ނޫން ކަމަށް. އެއީ މިއީ ޑިމޮކްރަސީއޭ، ޑިމޮކްރަސީގައި ކަންކަން ވާން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް. މި ސަރުކާރަކީ ރައްޔިތުންނާ އެކީގައި އޮތް ސަރުކާރެއް. މި ސަރުކާރުން އަޑުއަހާނީ ރައްޔިތުންގެ އަޑު. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަމުން ދާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޕީއެންސީގެ މިރޭގެ ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ މަނިކުފާނު ވިދާޅުވީ، އިޒްރޭލު ފިޔަވައި އެހެން ހުރިހާ ގައުމަކާ އެކު ގުޅުން ބަދަހިކޮށް، މި ސަރުކާރުން މަސައްކަތް ކުރަނީ ދިވެހިންނަށް ކަންކަން ފަހިވާ ގޮތަށް ކަމަށެވެ.
"މޯލްޑިވްސް ފަސްޓް ޕޮލިސީއަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު، އެ ގޮތަށް މިއަދާ ހަމައަށް ކަންތައް ކުރަމުން މި އައީ. ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައީސްގެ މަގާމުގެ ހުވާ ނޮވެމްބަރު 17، 2023 ގައި ކުރެއްވުމަށް ފަހު، ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް ދިވެހިންނަށް ދެއްވި ޔަގީންކަމަކީ ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ފަލަ، ރަތް ރޮނގު ކުރަހާލުން ކަމަށެވެ. އެއީ ހަގީގީ މާނައިގައި ދެއްކެވި ވާހަކައެއް ކަމަށާއި މިއަދު އަމަލީ ގޮތުން އެ ސިޔާސަތު ތަންފީޒު ކުރައްވާ ކަމަށެވެ.
މިރޭ ބޭއްވި ޕީއެންސީގެ ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ދިފާއީ ކަންކަން ވަރުގަދަ ކުރަން މަސައްކަތްޕުޅު ކުރައްވަނީ ވެސް ރަތްރޮނގު ދަމަހައްޓަން ބޭނުންފުޅުވާތީ އެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ މި ސިޔާސަތުގެ ދަށުން އިތުރު ކާމިޔާބީތައް މި ގައުމަށް ލިބިގެންދާ ތަން. އެއީ އެހީގެ ގޮތުންނާއި މަޝްރޫއުތަކުގެ ގޮތުންނާއި އެހެނިހެން ފައިދާތައް ގައުމަށް އިރާދަކުރެއްވިއްޔާ ކުރަމުންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝަމްސުއްދީން
15 November 2025
އިޒްރާއީލް ގެ އައުވާނުންނާ ގުޅުން ބޭއްވިޔަސް އެންމެ ރަގަަޅުދޯ
ހެހެހެހެހެހހަހަ
15 November 2025
ސައުދީ ޔޫއޭއީ ފަދަ ޖައްބާރުންނާވެސް
ޑރ ވާންޗޯ
15 November 2025
އިޒްރޭލަކީ ގައުމެއްނޫން ، އޮކިއުޕައިޑް ޓެރިޓަރީއެއް.
ށސ11
15 November 2025
ފަލަސްތީނު ސުންނާފަތިކޮށް ގަތުލުއާންމުތައް ހިންގީ އިސްރޭލުއަންޏެެއްނޫން. ޓެރަރިސްޓުއރމެރިކާއާގުޅިގެން. އެބައިގަނޑާ ގުޅުން ކަނޑަންޖެހޭ
ކޯލާ
14 November 2025
އިޒްރޭލުގެ އެހީތެރިންނާވެސް؟
ޙެޔޮހިތުން
14 November 2025
ސާބަހޭ ރައީސް… މާތްﷲ މަނިކުފާނަށް ހެޔޮ ތައުފީޤުދެއްވާށި! އާމީން