ސިވިލް ކޯޓު: އަމިއްލަ ކުންފުންޏަކަށް 35 މިލިއަން ރުފިޔާ ދައްކަން ފެނަކަ އަށް ވަނީ އަންގާފައި
28 ޖެނުއަރީ 2024 - 11:55
ދަރަނީގެ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ސަރުކާރުގެ ކުންފުނި، ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އިތުރު 35 މިލިއަން ރުފިޔާގެ ހުކުމެއް ކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ ޕަވާ އިންޖިނިއަރިން ކިޔާ ކުންފުންޏަކަށް ފެނަކަ އިން ދައްކަން ޖެހިފައިވާ ފައިސާތަކެއް ނުދައްކާ އޮތުމުގެ ސަބަބުން އެ ކުންފުނިން ދައުވާކުރުމުންނެވެ.
ދައުވާގައި އެ ކުންފުނިން އެދިފައިވަނީ ފެނަކައަށް ސަޕްލައިކޮށްދިން ޖަނަރޭޓަރުތަކާއި ކޭބަލްތަކަށް ދައްކަން ޖެހޭ 30.43 މިލިއަން ރުފިޔާ ނަގައިދިނުމަށާއި އެ ކުންފުނީގެ ފިހާރައިން ފެނަކައިން ނެގި މުދަލަށްވާ 4.8 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކަނޑައެޅީ ދައުވާގައި ޕަވާ އިންޖިނިއަރިން އިން ބުނާ ފައިސާތަކަކީ ފެނަކައިން ދައްކަން ޖެހޭ ފައިސާތަކެއްކަން ސާބިތުވާ ކަމަށެވެ. އެހެންވެ އެ ފައިސާ އެއް މަސް ތެރޭ އެކީ އެއް ފަހަރާ ދައްކާ ހަލާސްކުރަން ފެނަކައިގެ މައްޗަށް ކޯޓުން އަމުރުކުރި އެވެ.
މީގެ ކުރިން ވެސް ފެނަކައިގެ މައްޗަށް މިފަދަ ހުކުމްތައް ސިވިލް ކޯޓުން ކޮށްފައިވެ އެވެ.
ކުންފުނީގެ އޮޕަރޭޝަނަށް ބުރޫއަރާ މިންވަރަށް، 4.1 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
ކުންފުންނި ހިންގުމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވެފައިވަނީ 871 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ފައިސާ ދެއްކުމުގެ ޕްލޭނެއް އެކުލަވާލައި، ވީހާ ވެސް ގިނަ ކުންފުނިތަކަށް ވީ އެންމެ އަވަހަކަށް ފައިސާ ދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
28 January 2024
ސިޔާސީ ބައެއް މީހުން އެތައް ބިލިއަން ރުފިޔާ އެއްވަނީ ކުންފުނިތަކުން ވަގަށް ނަގާފަ އެވެ.އެމީހުން އަތުން ފައިސާ ހޯދަން މަސައްކަތެއް ނުކުރެ އެވެ. ދެން ޓެކްސް ބޮޑު ކޮށް ފައިސާ ދައްކަން ޖެހެނީ ރައްޔިތުންނެވެ.
ކާލިގަނޑު
28 January 2024
އެމީހުންއަތުން ފައިސާ ހޯދޭނީ އެންޓި ކޮރަޕްޝަންކިޔާތަނަކުން މައްސަލަ ބެލިދުވަހަކުން: އެތާއެތިބީ ބަޔަކުމީހުން އިސްކޮށްފައިތިބި ބައެއް؛ މައްސަލަތަކުގައި ފައި ފަޅައިގެން ހިނގޭވަރުވީމާ މައްސަލަތައް ހިނގައި ގަންނާނެ.
އިބް
28 January 2024
ތީ ޔާމީނު ދައުރުގަ ނަގާފައި ހުރި ތަކެރި. ތިކަމުގެ ޒިންމާ ނަގަން ޖެހޭނީ މިހާރުގެ ސަރުކާރުން.
ގޮއްޔެ.
28 January 2024
އެއްމަސްތެރޭ ބިމުއަޑިއަށް ތި ފައިސާ ދައްކާނީ
މިއެހެ
28 January 2024
އަހުރެން ޒީރޯ ޓެލްރެންސް ވެރިކަން ފައްކާނޫން އުތަ
ވާދޫ ބޮޑުވަގު
28 January 2024
އެކަމަކުވެސް ލަދުހަޔާތެއް ނެތިގެން ރައްޔިތުންނަށް ހެޔޮއެދޭވަރު ގައްދޫ ދާއިރާއަށް ކުރިމަތިލައިގެންނޯ އުޅުއްވަނީ
ލެބޯޓަރީ ސިމާދު
28 January 2024
މިއީ ސައީދުގެ މައްސަލައަށް ވުރެންް މިހާރުގެ މެނޭޖްމަންޓްގެ ނާގާބިލުކަމެވެ. ފެނަކައަކީ ކުންފުންޏަކަށް ވެފައި ކްރެޑިޓް އުސޫލަކީ ކުންފުނި ހިންގާން އޮންނަ އެއްޓޫލެވެ. ވިޔަފާރީގެ އުސޫލުން މިއީއަކީ މައްސަލައެއްވެސް ނޫނެވެ. ނަމަވެސް ނޫސް ކޮންފަރެން ބާއްވަައި ފެނަކަ ބަރަހަނާކޮށް ފެނަކައިގެ ވިޔަފާރީގެ އެއްބަސްވުންތަށް ހާމަކުރުމުން ދެން ވިޔަފާރިވެރިން ފެނަކައާއި މެދު ވިޔަފާރީގައި ބިރުހީވެ ނުވާން އޮތް ހުރިހާ ކަމެއްވެސް ވާނެއެވެ. އަދިވެސް ކޮސް އަނގަތަޅާށެވެ.
ސީޒަން ޖެކްޝަން
28 January 2024
ފެނަކައަށް ތިކަން ވާންޖެހޭނެ. ޝަހީމުވެސް އެ އައިގޮތަށް އައިސް އެދައްކާ ޚަލާސްކުރީ 27 މިލިޔަން.
ޢަހު
28 January 2024
ފެނަކައިގެ އމްޑީ އަކީ ކިޔަވައިގެން ހުރި ގާބިލު މީހެއް ޔަގީން ކަމަކީ ވައްކަމެއް ނުކުރާނެކަން މުޢާޒް އަކީ ރަނގަޅު މީހެއް
ޅަސޮރު
28 January 2024
އަދިވެސް ވަޒީރުންނަށް ޖެއްސުން ކުރެވޭތޯ ހިތްވަރުކުރޭ.